Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
އެބޯލާ

އެބޯލާ ބައްޔަށް އޮކްސްފޯޑުން އާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

ކޮންގޯގައި ފެތުރެމުންދާ އެބޯލާގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ބަންޑިބުގްޔޯ" އަށް އޮކްސްފޯޑް ޔުނިވަރސިޓީން އާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރަމުން. ކޮވިޑް ވެކްސިން އުފެއްދި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރާ މި ވެކްސިންގެ ޓެސްޓުތައް މިހާރު ފަށާފައިވާއިރު، ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މީގެ ކްލިނިކަލް ޓްރަޔަލްތައް ފެށޭނެ ކަމަށް ލަފާކުރެވޭ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ބަލިމަޑުކަމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މި ވެކްސިން ބޭނުންކުރާނީ ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންނަށް އިސްކަންދޭ "ރިންގް ވެކްސިނޭޝަން" އުސޫލުން.

ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 14:34
ސައިންސްވެރިޔަކު ލެބޯޓްރީގައި ތަހުލީލުތައް ކުރިއަށް ގެންދަނީ.

ސައިންސްވެރިޔަކު ލެބޯޓްރީގައި ތަހުލީލުތައް ކުރިއަށް ގެންދަނީ. | ގެޓީ އިމޭޖަސް

އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިން އަންނަނީ އެބޯލާ ބައްޔާ ދެކޮޅަށް މަދު މަސްތަކެއްގެ ތެރޭގައި ބޭނުންކުރެވޭނެ އާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށް މަރުކަޒުވެފައިވާ މި ބަލިމަޑުކަމުގައި މިހާތަނަށް 750 މީހަކަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، 177 މީހަކު ވަނީ މަރުވެފައެވެ.

މި ފަހަރު ފެތުރެމުންދަނީ އެބޯލާގެ ނިސްބަތުން މަދު ބާވަތެއް ކަމަށްވާ "ބަންޑިބުގްޔޯ" އެވެ. މި ބާވަތުގެ ބަލިޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން މަރުވާއިރު، މިއަށް އަދި ކާމިޔާބު ވެކްސިނެއް ހޯދިފައެއް ނުވެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި ބަލިމަޑުކަން ކޮންޓްރޯލުން ނެއްޓި، ތަޖުރިބާކުރަމުންދާ ވެކްސިން ބޭނުންކުރަން ޖެހިދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އެ ފަރާތްތަކުން އަންނަނީ ވަރަށް އަވަސް ދުވެއްޔެއްގައި މަސައްކަތް ކުރަމުންނެވެ.

މި ވެކްސިނަކީ ކާމިޔާބު އެއްޗަކަށް ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނެތެވެ. ވެކްސިންގެ ކާމިޔާބީ ކަށަވަރުކުރުމަށްޓަކައި ޖަނަވާރުން ބޭނުންކޮށްގެން ކުރާ ދިރާސާތަކާއި، އޭގެ ފަހުން އިންސާނުން ބޭނުންކޮށްގެން ކުރާ ޓްރަޔަލްތައް ކުރިއަށް ގެންދަން ޖެހެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ އާދީއްތަ ދުވަހު ވަނީ މިއީ ބައިނަލްއަގުވާމީ ގޮތުން ސަމާލުކަންދޭންޖެހޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް، މިއީ މުޅި ދުނިޔެއަށް ފެތުރިފައިވާ "ޕެންޑެމިކް" އެއް ނޫންކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މި ބަލީގެ ނުރައްކާ އޮތް މިންވަރު "ހައި" ނުވަތަ މަތީ ދަރަޖައަކުން "ވެރީ ހައި" ނުވަތަ ވަރަށް މަތީ ދަރަޖައަކަށް އުފުލާފައެވެ. އެ ޖަމިއްޔާގެ އެންމެ ފަހުގެ މައުލޫމާތުތަކުގައިވާ ގޮތުން، އެ ސަރަހައްދުގެ އެހެން ގައުމުތަކުގައި ބަލީގެ ނުރައްކާ މިހާރު އޮތީ މަތީ ދަރަޖައެއްގައެވެ. ނަމަވެސް ބައިނަލްއަގުވާމީ ފެންވަރުގައި މި ނުރައްކާ އަދި އޮތީ ދަށް މިންވަރެއްގައެވެ.

މި ވެކްސިން އުފެއްދުމުގައި ސައިންސްވެރިން ބޭނުންކުރަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެ ޓީމުން ތަރައްގީކުރި ޓެކްނޮލޮޖީއެވެ.

"ChAdOx1" ގެ ނަމުން ނަންދެވިފައިވާ މި ޓެކްނޮލޮޖީއަކީ ތަފާތު އެކި ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ގޮތަށް ވަރަށް އަވަހަށް ބަދަލުކޮށްލެވޭ ފަދަ ފްލެކްސިބަލް ޓެކްނޮލޮޖީއެކެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މި ޓެކްނޮލޮޖީ ބޭނުންކުރީ ކޮވިޑް ވައިރަހުގެ ޖެނެޓިކް ކޯޑު ހިމަނައިގެންނެވެ.

މިފަހަރު މި ޓެކްނޮލޮޖީ ތައްޔާރުކޮށްފައިވަނީ އެބޯލާގެ "ބަންޑިބުގްޔޯ" ބާވަތުގެ ޖެނެޓިކް ކޯޑު ބޭނުންކޮށްގެންނެވެ.

މި ވެކްސިން އުފެއްދުމުގައި ބޭނުންކުރަނީ އާންމުކޮށް ޗިމްޕަންޒީ އަށް ޖެހޭ އަރިދަފުސް ރޯގާގެ ވައިރަހެކެވެ. ނަމަވެސް، މިއީ އިންސާނުންނަށް ރައްކާތެރި އެއްޗަކަށް ހެދުމަށްޓަކައި ޖެނެޓިކް އިންޖިނިއަރިންގެ އެހީގައި ބަދަލުތަކެއް ގެނެސްފައިވާ ވައިރަހެކެވެ.

ދިރާސާކުރާ ފަރާތްތަކުން މި ބަދަލުކުރެވިފައިވާ ވައިރަސް ބޭނުންކުރަނީ "ބަންޑިބުގްޔޯ" އެބޯލާ ވައިރަހާ ބެހޭ މުހިންމު ޖެނެޓިކް މައުލޫމާތުތައް ހަށިގަނޑުގެ ސެލްތަކަށް ފޯރުކޮށްދިނުމަށެވެ. މީގެ ސަބަބުން، އަސްލު ބަލިޖެހުމުން އެ ބަލި ދެނެގަނެ، އެއާ ދެކޮޅަށް މަސައްކަތްކުރަން ސެލްތަކަށް ދަސްކޮށްދެއެވެ.

މި ވެކްސިންގެ ސަބަބުން ހަށިގަނޑުގައި ބަލި އުފެދުމެއް ނުވަތަ އެބޯލާގެ އަލާމާތްތަކެއް ފެނުމެއް ނުވެއެވެ. އޭގެ ބަދަލުގައި މިއީ ބަލިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑުގެ ދިފާއީ ނިޒާމު ތަމްރީނުކޮށްދޭ އެއްޗެކެވެ.

ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޮކްސްފޯޑްގައި މިހާރު ވަނީ ޖަނަވާރުން ބޭނުންކޮށްގެން ކުރާ ޓެސްޓުތައް ފަށާފައެވެ.

އޮކްސްފޯޑުން ވެކްސިން އުފެއްދުމަށް ބޭނުންވާ މެޑިކަލް ގްރޭޑްގެ މާއްދާތައް ފޯރުކޮށްދިނުމުން، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން މި ވެކްސިން ގިނަ އަދަދަކަށް އުފެއްދުމަށް ވަނީ ތައްޔާރުވެފައެވެ.

އޮކްސްފޯޑް ވެކްސިން ގްރޫޕްގެ ވެކްސިން އިމިއުނޮލޮޖީގެ އިސްވެރިޔާ ޕްރޮފެސަރު ލޭމްބް ބީބީސީ ނިއުސްއަށް ވިދާޅުވި ގޮތުގައި، ވެކްސިން އުފެއްދުމަށް ބޭނުންވާ އަސާސީ މާއްދާތައް އެ ފަރާތަށް ލިބުމާއެކު، ވަރަށް އަވަހަށް އަދި ވަރަށް ގިނަ އަދަދަކަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ކުރިއަށް އޮތް ދެ މަހެއް ނުވަތަ ތިން މަހެއްގެ ތެރޭގައި ކްލިނިކަލް ޓްރަޔަލްތަކުގައި ބޭނުންކުރުމަށް މި ވެކްސިން ލިބޭނެއެވެ.

ޕްރޮފެސަރު ލޭމްބް ވިދާޅުވީ މި މަސައްކަތުގައި އެންމެ އިސްކަމެއް ދެނީ ހަލުވިމިނަށް ކަމަށެވެ. އަދި އާންމުކޮށް މީހުން މި ބަލިމަޑުކަމާ މެދު ކަންބޮޑުވާ ކަމަށާއި، އެންމެ ގޯސް ހާލަތަކަށް ތައްޔާރުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބަލިޖެހޭ މީހުން ދެނެގަތުމާއި ކަރަންޓީނު ކުރުމުން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް އުންމީދު ކުރި ނަމަވެސް، ވެކްސިން އުފެއްދުމުގެ މަސައްކަތް މަޑުޖައްސާލެވެން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ފެތުރެމުންދާ އެބޯލާގެ ބަލިމަޑުކަން ކޮންޓްރޯލްކުރުން އުނދަގޫވެފައިވަނީ، މިއީ މި ވައިރަހުގެ ވަރަށް މަދުން ފެންނަ ބާވަތަކުން ޖެހޭ ބައްޔަކަށް ވާތީއެވެ.

އެބޯލާ ވައިރަހުގެ ހަ ބާވަތެއް ހުންނައިރު، އިންސާނުންގެ މެދުގައި ބޮޑެތި ބަލިމަޑުކަން އުފެދެނީ އޭގެ ތެރެއިން ތިން ބާވަތަކުންނެވެ.

"ބަންޑިބުގްޔޯ" ބާވަތް މީގެ ކުރިން ފެނިފައިވަނީ އެންމެ ދެ ފަހަރުއެވެ. އެއީ 2007 ވަނަ އަހަރު ޔުގެންޑާއިންނާއި 2012 ވަނަ އަހަރު ޑީއާރު ކޮންގޯއިންނެވެ. އޭގެ ފަހުން ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި މި ބާވަތް ފެނިފައެއް ނުވެއެވެ.

އެބޯލާގެ އެންމެ އާންމު ބާވަތް ކަމަށްވާ "ޒައިރް" އަށް ވެކްސިނެއް އުފައްދާފައިވީ ނަމަވެސް، "ބަންޑިބުގްޔޯ" އަށް އަދި ކާމިޔާބު ވެކްސިނެއް ހޯދިފައެއް ނުވެއެވެ.

"ބަންޑިބުގްޔޯ" އަށް ހާއްސަކޮށްގެން އެހެން ވެކްސިނެއް ވެސް އަންނަނީ ތަރައްގީ ކުރަމުންނެވެ. ނަމަވެސް އެ ވެކްސިން ޓެސްޓުކުރުމަށް ތައްޔާރުވުމަށް ހަ މަހާއި ނުވަ މަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވެއެވެ.

އެބޯލާ ވެކްސިންތަކަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ބޭނުންކުރި ގޮތަށް މުޅި އާބާދީއަށް އެއްފަހަރާ ދޭނެ އެއްޗެއް ނޫނެވެ.

އޭގެ ބަދަލުގައި، މި ވެކްސިން ބޭނުންކުރާނީ "ރިންގް ވެކްސިނޭޝަން" ކިޔާ އުސޫލަކުންނެވެ. މިއީ ހަމައެކަނި ބަލިޖެހުމުގެ ފުރުސަތު އެންމެ ބޮޑު މީހުންނަށް ވެކްސިން ދިނުމެވެ. މީގެ ތެރޭގައި ބަލިޖެހިފައިވާ މީހުންނާ ގާތުން ބައްދަލުވި މީހުންނާއި، ބަލިމީހުންނަށް ފަރުވާދޭ ސިއްހީ އެހީތެރިން ހިމެނެއެވެ.

އޮކްސްފޯޑްގެ ދިރާސާ ކުރާ ޓީމުން މީގެ ކުރިން ވެސް ވަނީ އެބޯލާގެ "ސޫދާން" ބާވަތަށާއި "މާބާގް" ވައިރަހަށް މިފަދަ ވެކްސިންތަކެއް އުފެއްދުމުގެ މަސައްކަތް ކޮށްފައެވެ.

އެބޯލާވެކްސިން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންގޯއިން 131 މީހުން މަރުވެ، އެބޯލާ ގެ ބިރުވެރިކަން އިތުރުވަނީ

ކޮންގޯއިން 131 މީހުން މަރުވެ، އެބޯލާ ގެ ބިރުވެރިކަން އިތުރުވަނީ

20 މެއި 2026
އެބޯލާ ބަލި ކޮންޓްރޯލް ކުރުން ގޮންޖެހުމަކަށް ވަނީ ކީއްވެ؟ ބަލި ޖެހެނީ ކިހިނެއް؟

އެބޯލާ ބަލި ކޮންޓްރޯލް ކުރުން ގޮންޖެހުމަކަށް ވަނީ ކީއްވެ؟ ބަލި ޖެހެނީ ކިހިނެއް؟

18 މެއި 2026
ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

ކޮންގޯގައި ފެތުރޭ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފި

17 މެއި 2026
އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

އެބޯލާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފި، މިނިސްޓްރީން ބުނީ ޙާލަތު މޮނިޓަރ ކުރަމުންދާކަމަށް

17 މެއި 2026
ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

06 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު