Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ިތިނަދޫ ސިޓީ

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

ތިނަދޫ ސިޓީގެ ތަރައްގީއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު ސަނީފް މި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ޚާއްސަކޮށް ތިނަދޫ އެއަރޕޯޓުގެ މަޝްރޫއު ތިން ފަހަރަށް ބަދަލުކޮށްފައިވާ ކަމާއި، ކުރީ ސަރުކާރުން ފަށާފައިވާ އިންޑަސްޓްރިއަލް ޒޯނާއި ކޯލްޑް ސްޓޯރޭޖް ފަދަ މުހިންމު މަސައްކަތްތައް ހުއްޓިފައިވާކަން އޭނާ ފާހަގަކުރެއްވި. މި ސަރުކާރުން ތިނަދޫއަށް އިތުރު ތަރައްގީއެއް ގެނެސްދޭނެ ކަމުގެ އުންމީދެއް މިހާރު ނެތް ކަމަށްވެސް ސަނީފް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މެއި 2026 | ބުދަ 09:07
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ތިނަދޫ ސިޓީއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް  މިހާތަނަށް ފުއްދާފައިނުވާ ކަމަށާއި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ބަދަލު ކޮށްފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމުގައި ސަނީފް ވިދާޅުވީ، ތިނަދޫ ސިޓީ ތަރައްގީ ކުރުމަށްޓަކައި ރައީސް މުއިއްޒު ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މިސަރުކާރަށް ދެ އަހަރާއި ބައިވެގެން ދާއިރު، އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށް ސަނީފް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ތިނަދޫ އެއަރޕޯޓުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ސަނީފް ވިދާޅުވީ، ތިނަދޫ ރައްޔިތުންގެ ކުރިމަތީގައި އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށާއި، ވަރަށް ބޮޑެތި އުންމީދުތަކެއް ރައްޔިތުންނަށް ދިން ކަމަށެވެ. ނަމަވެސް މިހާރު އެއްބަސްވުން ބާތިލްކޮށްފައިވާއިރު، މިމަޝްރޫއު 3 ފަހަރެއްގެ މަތީން ބަަދަލުވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު މި އެއަރޕޯޓު 12 ރިސޯޓާއެކު ތަރައްގީ ކުރާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. 

ހަގީގަތުގައި ތެދުތެދަށް ދަންނަވާނަމަ ތިނަދޫއަށް ރައީސުލްޖުމްހޫރިއްޔާ ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ފުދިފައިނުވޭ. އޭގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ތިނަދޫގެ އެންމެ ފުރަތަމަ ރިޔާސީ ރޭހުގައި ނުކުމެވަޑައިގެން އުޅުއްވަމުން ވިދާޅުވީ ތިނަދޫ އިންޓަނޭޝަނަލް އެއަރޕޯޓު ކާޑެއްދޫގައި ތަރައްގީ ކޮށްދޭނަމޭ . އެއީ ތިނަދޫއާ ގުޅުވާލައިގެންނޭ. އެހެން ނަމަވެސް އެ ވައުދު އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ތިނަދޫއަށްވީ އެއް ވައުދު އެއީ. އެއާއެކު ތިނަދޫގެ ހޮސްޕިޓަލް ތަރައްގީ ކުރުމާއި، ތިނަދޫގެ މަގުތައް ހެދިގެންދާނެ ވާހަކައާއި ދެން ވެސް ތިނަދޫގައި ނުނިމިހުރި ކުރީ ސަރުކާރުން އޭރު ރައީސް މުއިއްޒު ސަރުކާރާ ހަވާލުވިއިރު އޭގެ ކުރީ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތްތައް ނުނިމި ހުރި މަސައްކަތްތައް ފުރިހަމަ ކޮށްދޭނެ ވައުދަކީ ރައީސުލްޖުމްހޫރިއްޔާ ވެފައިވާ ވައުދުތަކެއް. 
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް

މީގެ އިތުރުން ސަނީފް ވަނީ ތިނަދޫގެ އިންޑަސްޓްރިއަލް ޒޯނުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފަ އެވެ. 

އޭގެތެރެއިން އަޅުގަނޑު ފާހަގަކޮށްލާ ހިތްއޮތީ އެންމެ ބޮޑަށް ޚާއްސަކޮށް ތިނަދޫގެ އިންޑަސްޓްރިއަލް ޒޯނު އެއީ ޕޯޓުގެ މަސައްކަތް އިންޓާނޭޝަނަލް ޕޯޓަކާއެކު އެކުވެގެން ތިނަދޫގެ ގޭސް ފެސިލިޓީއަށް ގޭސް އެޅޭނެ މައި ލައިން ވެސް އެއާ ގުޅުވި ތިނަދޫގައި މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖެއް ވެސް އެބިމުގައި އަޅަން ހުރިހާ މަސައްކަތެއް ކޮށް ބިން ހިއްކާ އަދި އެއާއެކު ކޯލްޑްސްޓޯރޭޖަށް ބޭނުންވާ ހުރިހާ ފެސިލިޓީ ވެސް ގެންގޮސް އިމާރާތުގެ ފައުންޑޭޝަން ލަވަލްގެ މަސައްކަތް ކުރެވި ގޮސްފައި އޮތް މަސައްކަތެއް. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު ދެ އަހަރާއި ބައިވިއިރުގައި އެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނައިސް ހުއްޓިފައި އޮތް ކަން ވަރަށް ހިތާމައާއެކު އަޅުގަނޑު ފާހަގަކުރަން. 
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް

ސަނީފް ވިދާޅުވީ މިސަރުކާރުގައި އިތުރަށް އެސިޓީއަށް ތަރައްގީ ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒަކީ ވައުދު ފުއްދަވާ ރައީސްއެއް ނޫންކަން މިހާރު ރައްޔިތުންނަށް އޭނގޭ ކަމަށެވެ.

ތިނަދޫ ސިޓީއަބްދުﷲ ސަނީފްތިނަދޫ އެއަރޕޯޓުރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

އުޅުއްވަނީ 24 ގަޑިއިރު މަސައްކަތުގައި، އެކަމަކު ބަންދެއް ލިބޭ އިރަށް ސިންގަޕޫރަށް!

26 މެއި 2026
ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

ރަސްމާލެ މަޝްރޫއު އަކީ ދައުލަތުގެ އާމްދަނީ އިން ވައްކަން ކުރަން ޖަހާ ސަކަރާތެއް: މައުރޫފް

26 މެއި 2026
 ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

25 މެއި 2026
ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

25 މެއި 2026
ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް

ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް

25 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު