Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!

ރާއްޖޭގައި ސިޔާސީ ހައްޔަރީން ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، "އަދަދު" ނޫހުގެ ނޫސްވެރިން ހައްޔަރުކުރުމާއި އިދިކޮޅު މުޒާހަރާތަކުން މީހުން ހައްޔަރު ކުރަމުންދާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ސިޔާސީ އެކްޓިވިސްޓުންނާއި ކުރީގެ އިސްވެރިންނަށް ދައުވާކުރުމަކީ ބަދަލުހިފުމުގެ ރޫހު އޮތްކަމުގެ ހެއްކެއް ކަމަށް އާންމު ރައްޔިތުން ދަނީ ބުނަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މެއި 2026 | ހޮނިހިރު 12:01
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ފުޅު ދައްކަވަނީ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ފުޅު ދައްކަވަނީ. | ރައީސް އޮފީސް

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ސިޔާސީ ހައްޔަރީންނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިހާރު ސިޔާސީ ހައްޔަރީންނެއް ނުތިބޭނެ ކަމަށާއި، ބަދަލުހިފުމުގެ ރޫހު ނައްތާލުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. 

ނަމަވެސް ކުރީގެ ސަރުކާރުތަކުގައި އޮތީ ސިޔާސީ ގޮތުން ބަދަލުހިފުމުގެ ސަގާފަތެއް ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިހާރު އެކަން ވަނީ ބަދަލުކުރެވިފަ އެވެ. މީގެ އިތުރުން އިދިކޮޅު ޕާޓީތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ސިކުނޑީގައި އަބަދުވެސް އޮންނަނީ ހަމަނުޖެހުން އުފެއްދުމާއި އަމިއްލަ އެދުން އިސްކުރުމުގެ ވިސްނުން ކަމަށެވެ. އަދި ޑިމޮކްރަސީ ފައްކާކުރުމަށްޓަކައި ޒިންމާދާރު އޮޕޮޒިޝަނެއް އޮތުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް، އަމަލީ މައިދާނުން ފެންނަ މަންޒަރު ތަފާތެވެ. ސިޔާސީ ހައްޔަރީންނާއި، ނޫސްވެރިން ޖަލަށް ލުމުގެ ސަގާފަތެއް ފެށިގެން މިދިޔައީ އެމަނިކުފާނަށް ގިނަ ތުހުމަތު ކުރެވޭ ގޮތަށް އާއްމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާއެކު އެވެ. އަދި އެ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން 10 މެއި 2026 ގައި ނެރުނު އަމުރާ ހިލާފުވި ކަމަށް ނިންމައި، އަދަދު ނޫހުގެ ދެ ނޫސްވެރިން ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލުމާއެކު ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާތަކާއި، އެއްވުންތައް އިތުރުވެގެން ދިޔަ އެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށާއި، މިއީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. 

ސިޔާސީ ހައްޔަރީން ނެތް ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް މިހާރު ވެސް ކޮންމެ ރެއަކު ފެންނަމުންދާ އެއް މަންޒަރަކީ ޕީއެންއެފް އަދި އެމްޑީޕީގެ މުޒާހަރާތަކުން އެތައް ބަޔަކު ހައްޔަރު ކުރާ މަންޒަރެވެ.

އެގޮތުން މުޒާހަރާ ލީޑު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމްޑީޕީ ގައުމީ މަޖިލީހުގެ ހަސަން ހުސެއިން ވެސް އެތައް ފަހަރަކު މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފައިވެ އެވެ. އަދި މީގެ ކުރިން ބޭއްވި މުޒާހަރާއަކުން ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫން ޖަލީލު ވެސް ވަނީ ހައްޔަރުކޮށް ބަންދުކޮށްފަ އެވެ.

މީގެ އިތުރުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ވެސް ސިޔާސީ ނުފޫޒުން ކުރެވޭ ކަމެއް ކަމަށް އާއިލާގެ އިތުރުން ގިނަ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. 

މިގޮތަށް އަނިޔާވެރިވެ، ރައްޔިތުންނަށް ދަތި ކުރަމުންދަނީ މިސަރުކާރުގެ ނޭއްގާނީ އެންމެހައި އަމަލުތައް ފޮރުވުމަށް ކަމަށް ގިނަ މީހުން ތުހުމަތު ވެސް ކުރެ އެވެ. އަދި އެއްވެ އުޅުމާއި، ހިޔާލުފާޅު ކުރުމާއި، ދުލުގެ މިނިވަން ކަމަށް ހުރަސްއަޅަމުންދާނީ ހަގީގަތް ސިއްރު ކުރުމުގެ މަގުސަދުގައި ނޫންތޯ އެވެ. ސިޔާސީ ގޮތުން ޒާތީވެ، އެތައް ބަަޔަކު ޖަލަށް ލުމަށް ބަންދު މުއްދަތު ޖަހަމުންދާ މަންޒަރު ފެންނައިރު، ސިޔާސީ ހައްޔަރީން ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވާތީ، އެމަނިކުފާނަކީ ތަފާތު ''ކެރަކްޓަރ'' ގެންގުޅުއްވާ ބޭފުޅެއް ގޮތުގައި ސިފަކޮށް ރައްޔިތުން ދަނީ މާލާމާތް ވެސް ކުރަމުންނޭ ބުންޏަސް މިއަދު ދޮގަކަށް ނުވާނެ އެވެ.

ނޭޝަން ޗެޓްއައިޝާ ޑޮކިއުމެންޓްރީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

22 މެއި 2026
ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

21 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

21 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބަލައިގެންފި

ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބަލައިގެންފި

19 މެއި 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު