Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕެންޝަން ޤާނޫނު އިޞްލާޙު

ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ޕެންޝަނާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އެ ފައިސާ ނުލިބޭ ގޮތަށް ހަމަޖައްސައި، ޕެންޝަން ފަންޑުގެ ފައިސާ ބޯހިޔާވަހިކަމުގެ ބޭނުމަށް ރަހުނުކުރެވޭނެ މަގު ވަނީ ފަހިކޮށްދީފަ. މީގެ އިތުރުން ފަރުވާ ނެތް ބަލިތައް ތަހައްމަލުކުރާ މީހުންނަށް ފަންޑުން ފައިސާ ދޫކުރުމާއި، ހައްޖުގެ އަޅުކަމަށް ކިއުބައިން ޖާގަ ހޯދުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ އިންތިޒާމު މި ބަދަލާއެކު ވަނީ ގާއިމުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 21 މެއި 2026 | ބުރާސްފަތި 16:47
ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ 21 މެއި 2026 ގައި.

ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ 21 މެއި 2026 ގައި. | ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު ތަސްދީޤު ކުރައްވައިފި އެވެ.

މި ބިލަކީ މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާ އިން ފާސްކުރި ބިލެކެވެ.

Advertisement - newsAdvertisement

މި ގެނެވުނު އިޞްލާޙުގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދޭ ފައިސާއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭނަމަ، އެ ފަރާތަކަށް އަސާސީ ޕެންޝަން ނުލިބޭނެ އެވެ. 

މީގެ އިތުރުން، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ގެދޮރު އިމާރާތްކުރުމާއި، ގެދޮރު މަރާމާތުކުރުމުގެ ބޭނުމަށް އެ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ނުވަތަ ރަހުނު ކުރެވޭނެ އިންތިޒާމު މި ބިލުގައި ވަނީ ހިމަނާފަ އެވެ. 

މި އިޞްލާޙުގެ ދަށުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ފަރުވާ ނެތް ބައްޔެއް ނުވަތަ "ޓަރމިނަލް އިލްނަސް" އެއް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުމެވެ. މިގޮތަށް ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.

ހަމައެއާއެކު، ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި، ކުރީބައިގަ ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ. 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްޕެންޝަން ފަންޑްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

21 މެއި 2026
ނާޒިމް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ސިއްރު ނުކުރަނީ ވޯޓުގެ ހާމަކަން ބޮޑުކުރަން: ޝާހިދު

ނާޒިމް މަޤާމުން ވަކިކުރުމަށް ނަގާ ވޯޓު ސިއްރު ނުކުރަނީ ވޯޓުގެ ހާމަކަން ބޮޑުކުރަން: ޝާހިދު

20 މެއި 2026
ނާޒިމް ވަކިކުރުމުގެ މައްސަލަ: ޖަވާބުދާރީ ވާން ނާޒިމް އަށް ޖުމްލަ 10 މިނިޓު، ބަހުސް އަށް މެމްބަރަކަށް 3 މިނިޓުގެ 1 ފުރުސަތު

ނާޒިމް ވަކިކުރުމުގެ މައްސަލަ: ޖަވާބުދާރީ ވާން ނާޒިމް އަށް ޖުމްލަ 10 މިނިޓު، ބަހުސް އަށް މެމްބަރަކަށް 3 މިނިޓުގެ 1 ފުރުސަތު

20 މެއި 2026
ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

ދައުރު ދަންމާލައިގެން ކުރަން ޖެހޭ "މުހިއްމު މަސައްކަތަކީ" ނާޒިމް ވަކިކުރުން

20 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު