Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ

ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް

ޕީއެންސީގެ ސެނެޓުން ރައީސް މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލި ކަމަށް ބުނެ މީޑިއާއަކުން ފެތުރި ޚަބަރު އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވަނީ ދޮގު ކުރައްވާފައި. އަބްދުއްރަހީމް ވިދާޅުވީ ވަކި ގޮތަކަށް ކަމެއް ނިންމުމަށް ރައީސް މުއިއްޒު ސެނެޓަށް ހުށަހަޅުއްވާފައި ނުވާ ކަމަށާއި، ފިތުނަ އުފައްދައިގެން ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށް. ޕީއެންސީއަކީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ހިންގާ ޕާޓީއެއްކަން ފާހަގަކުރައްވަމުން، މުޅި ލީޑަޝިޕް އޮތީ ރައީސާއެކު ސާބިތުކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 25 މެއި 2026 | ހޯމަ 08:31
މަޖްލިސް އަބްދުލްރަހީމް އަބްދުالله (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއެކު.

މަޖްލިސް އަބްދުލްރަހީމް އަބްދުالله (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއެކު. | ރައީސް އޮފީސް

ފިތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށާއި، މިތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ސާބިތުވެ ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. 

ޕީއެންސީގެ ސެނެޓުން ރައީސް މުއިއްޒުގެ ހުށަހެޅުމެއް ބޭރުކޮށްލައި ނުފޫޒު ކުޑަކޮށްފައިވާ ކަމަށް މީޑިއާއަކުން ރިޕޯޓު ކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމް ވިދާޅުވީ މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމަން ރިޔާސަތުން ޕާޓީގެ ރައީސް، ރައީސް މުއިއްޒު ހުށަހަޅުއްފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ހިންގާ ޕާޓީއެއް ކަމަށެވެ. 

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނުކުރެވޭނެ ކަމަށާއި، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ ކަމަށެވެ.

އަބްދުއްރަހީމް މިކަން ދޮގު ކުރެއްވިއިރު، ޕީއެންސީގެ ސީނިއާ ބައެއް މެންބަރުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ފަހުން ޕީއެންސީން ބޭއްވި ސެނެޓު ބައްދަލުވުމުގައި ރައީސް މުއިއްޒު ހުށަހެޅުއްވީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި، ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށެވެ. ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތުން ރައީސް މުއިއްޒުގެ މި ހުށަހެޅުއްވުމަށް ތާއީދެއް ނުލިބުނު ކަމަށެވެ. އަދި މި ބައްދަލުވުމުގައި ސެނެޓުން ނިންމީ ކޮންގްރެސްގެ ކަންކަން ނިންމުމުގައި ހަމައެކަނި ލީޑަޝިޕަށް ބާރު ދިނުމުގެ ބަދަލުގައި، އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ.

އެހެންކަމުން މިއީ ރައީސް މުއިއްޒުގެ ހުށަހެޅުމެއް ފާސްނުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައިވެ އެވެ.

ޕީއެންސީކޮންގްރެސްޢަބްދުއްރަޙީމް ޢަބްދުﷲރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

25 މެއި 2026

މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

25 މެއި 2026
މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!
24 މެއި 2026

ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

24 މެއި 2026
ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން
24 މެއި 2026

މި ސަރުކާރުގައި މުޒާހަރާ ކޮށްގެން ހައްޔަރު ކޮށްފައި ތިބި މީހުންނަކީ ސިޔާސީ ހައްޔަރީނެއް ނޫން: މުންދު

24 މެއި 2026
މި ސަރުކާރުގައި މުޒާހަރާ ކޮށްގެން ހައްޔަރު ކޮށްފައި ތިބި މީހުންނަކީ ސިޔާސީ ހައްޔަރީނެއް ނޫން: މުންދު
23 މެއި 2026

ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!

23 މެއި 2026
ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!
22 މެއި 2026

2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު

22 މެއި 2026
2023 ވަނަ އަހަރު ހިއްކަން ފެށި ރަސްމާލެއިން މިހާތަނަށް ހިއްކުނީ 60 އިންސައްތަ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު