Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރު ބަލިކަށިވުން

ތިއްބެވީ ރައީސް މުއިއްޒު އާއެކު ގަދަކޮށް، ފެނިގެންދަނީ ދުވަހެއް ދުވަހަކަށް ސަރުކާރު ބަލިކަށިވެގެންދާ މަންޒަރު

ރައީސް މުއިއްޒުގެ ސަރުކާރުން ބާރުތައް މުށުތެރެއަށްލައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަމުންދާ ކަމުގެ ތުހުމަތުތަކާއެކު، ވައުދުތައް ނުފުއްދޭތީ އާންމުންގެ ނުރުހުން ވަނީ އިންތިހާއަށް ބޮޑުވެފަ. ރައްޔިތުންގެ ތާއީދު ގެއްލި ސަރުކާރު ބަލިކަށިވަމުންދާއިރު، ވެރިކަންކުރާ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދި ރައީސް މަގާމުން ދުރުކުރުމުގެ ސިއްރު މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ވަނީ ގަދަވެފަ. މި ނުތަނަވަސްކަމުގެ ތެރެއިން ކެބިނެޓަށާއި ސަރުކާރުގެ އިސް މަގާމުތަކަށް ކުއްލި ބަދަލުތަކެއް ގެންނެވި ނަމަވެސް، ސަރުކާރުގެ ހިންގުން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 25 މެއި 2026 | ހޯމަ 14:28
'ގަދަކޮށް" ކިހާދުވަހަކަށް؟

'ގަދަކޮށް" ކިހާދުވަހަކަށް؟ | ރާއްޖެ އެމްވީ

ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފެނިގެންދިޔައީ، ދެވަނަ ދައުރެއް ކަށަވަރުކުރުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ފެއްޓެވި މަންޒަރެވެ. ގައުމިއްޔަތާއި އިސްލާމީ ވަހުދަތުގެ ނަމުގައި ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ކުރެއްވި މަސައްކަތްތަކާއެކު، އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ރައީސްގެ ކޮންމެ ބަހަކީ ހަގީގަތެއްގެ ގޮތުގައި ދެއްކުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލެއްވުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ ކޮންޓްރޯލް ހޯއްދެވުމަށްފަހު، މިހާރު މިވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށްވެސް ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ގާނޫނުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ހިޔާލުފާޅުކުރުމާއި ސުވާލުކުރުމުގެ ފުރުސަތު ހަނިވެ، ބިރުވެރިކަމެއްގެ ތެރެއަށް ގައުމު ވެއްޓެމުންދާކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވެން ފަށައިފި އެވެ. ދިވެހީން މިއަދު މިއުޅޭ "ދިވެހީންގެ ރާއްޖެ" އަކީ ލިޔެލާ ހަބަރަކުން، ނޫނީ ކޮށްލާ ސުވާލަކުން ވެރިމީހާ ބޭނުންވިއްޔާ، އެމީހަކު ހުރަގެއަށް ލެވިދާނެ ފަދަ ބިރުވެރި ރާއްޖެ އެކެވެ.

އާއްމު ރައްޔިތުންގެ ހާލު މިހެން ހުރި އިރު، މި ސަރުކާރުގެ ވަޒީރުންނާ ވެރިކަންކުރާ ޕީއެންސީ ގެ މަޖްލިސް މެމްބަރުން އަދިވެސް ބުނަމުން ދަނީ ތިމަންމެން އަދިވެސް ގަދަކޮށް މިތިބީ ރައީސް މުއިއްޒު އާއެކު އެމަނިކުފާނު ހިންގެވި މަގަކުން ހިންގަވަން ތައްޔާރަށް ކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރައްޔިތުންގެ ލާބައާ މަންފާ އަށް ކުރެވުނު އެއްވެސް ކަމެއް ނެތްކަމުގެ އަޑުތައް ވަނީ ގަދަވާން ފަށާފަ އެވެ. ވެރިކަމަށް ތިން އަހަރު ފުރެން ކައިރިވާއިރު، ވައުދުތައް ނުފުއްދޭތާނގައި، ކުރިން ލިބެމުންދިޔަ އަސާސީ ހިދުމަތްތަކުގެ ފެންވަރު ވެސް ވަނީ ދަށްވެފަ އެވެ. ތަރައްގީގެ ގިން މަޝްރޫއުތަކެއް ހުއްޓިފައި ހުރުމަކީ ރައްޔިތުންގެ މާޔޫސްކަން އިތުރުވަމުންދާ މައިގަނޑު އަނެއް ސަބަބެވެ.

ކަންކަން މިހެން ހުރި އިރު، ރައީސް މުއިއްޒު އަކީ ވެރިކަމަށް ކުފޫހަމަނުވާ ބޭފުޅެއް ކަން އެމަނިކުފާނުގެ ޕާޓީގެ އިސްފަރާތްތަކުން ވެސް ދިޔައީ ހިތާ ހިތާ ކިޔާލަމުންނެވެ. އެފަރާތްތަކަށް މިކަމުގަ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދައުރުގެ މެދުތެރެއިން ނެގި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންގެ 70 އިންސައްތަ ރައީސް މުއިއްޒު އަށް ނޫނެކޭ ބުނުމެވެ. މިކަމުގެ ސަބަބުން ޕާޓީގެ އެތެރޭގައި ރައީސްއާ ދެކޮޅު ރޫހެއް އުފެދި، ވެރިކަމުން ދުރުކުރުމުގެ މަޝްވަރާތައް ވަނީ ފެށިފަ އެވެ.

ވާން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ރައީސް މުއިއްޒު އަށް ފަހުމުވާން ފެށުމުން ދެން ފެނުނީ ކުއްލި އަކަށް، ރައީސް މުއިއްޒުގެ ލަފާފުޅާ އިރުދުގެ ދަށުން ނޫނީ ފިޔަވަޅެއްވެސް ނާޅާ ކެބިނެޓު މުޅިން އެފުށްމިފުށަށް ޖަހާލި މަންޒަރެވެ. އަރިސް ބޭފުޅުންނަށް އޮތް އިތުބާރު ކުޑަވެ، ސިޔާސީ ގޮތުން އިސްކޮށް ތިއްބެވި ބޭފުޅުންގެ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފަ އެވެ.

އޭގެ ފަހުން ދެން ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ އެއްމެ އަރިސް ބޭފުޅާގެ ގޮތުގަ ފެނުނު "ފަސްޓް ކަޒިން" މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް "ކަތިލުމުގެ" މަސައްކަތް ކުއްލި ގޮތަކަށް ފެށި މަންޒަރެވެ. އަދި ޒަމާންތަކަކަށް ފަހު ބެންޗު ޓީމުގަ ހުންނެވި މަޖިލީހުގެ ރައީސް އަދުރޭ، ކުއްލިއަކަށް ކެޕްޓަން ބޭންޑް އަޅައިގެން ފުރަތަމަ 11 ގަ ކުޅެންފެށި މަންޒަރެވެ. 

ރައްޔިތުންގެ ތާއީދު ގެއްލި ރައީސް މުއިއްޒުގެ ސަރުކާރު ދުވަހެއް ދުވަހަކަށް ބަލިކަށިވެގެން ދާއިރު ވެސް ޕީއެންސީ ގެ އިސްވެރިން ވިދާޅުވަނީ ފިތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށާއި، މިތިބީ ރައީސް ޑރ. މުއިއްޒު އާއެކު ސާބިތުވެ ކަމަށެވެ. ނަމަވެސް އެބޭފުޅުން އެހެން ވިދާޅުވުމަކީ ރައީސް މުއިއްޒު އަށް ސީދާ ގޮތުން ކުރައްވާ މަލާމާތެއް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އޭރު ރައީސް ޔާމިން އަށް އެެއްކޮޅުން ސަނާ ކިޔަމުން، އަނެއް ކޮޅުން އެމަނިކުފާނުގެ ސިޔާސީ ހަޔާތް ކަަފުން ކުރުމުގެ މަސައްކަތް އެ ޕާޓީ ތެރެއިން ކުރި ގޮތަށް، މިއަދު ރައީސް މުއިއްޒު އަށް ސަނާކިޔަމުން، ސިއްރިއްޔާތުގަ ޕީއެންސީ ގެ ބަޔަކު ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ފަށާފަވާކަމުގެ އަޑުތައް މިހާރު ވަނީ ގަދަވެފަ އެވެ. 

ރައްޔިތުންގެ ތާއީދު ގެއްލުމާއި، ޕާޓީގެ އެތެރޭގެ ކޯޅުންތަކުގެ ސަބަބުން ސަރުކާރުގެ ހިންގުން ވަނީ މަޑުޖެހިފަ އެވެ. ސަރުކާރުގެ އިސްވެރިން ކިތަންމެ ވަރަކަށް "ގަދަކޮށް" ތިބިކަމަށް ދެއްކި ނަމަވެސް، ހަގީގީ މަންޒަރު ފެންނަނީ މުޅިން ތަފާތުކޮށް، ނުތަނަވަސްކަމުގެ ތެރެއިންނެވެ.

ޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.

ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީ ފެއިލްވެއްޖެ: ޝަމީމްގެ ހުށަހެޅުމަކީ އޭސީސީ އުވާލައި، އެންމެ ކޮމިޝަނަރެއް ބެހެއްޓުން.

25 މެއި 2026
ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް

ފިތުނަ ފަސާދަ އުފައްދައިގެން ބައިބައި ނު ކުރެވޭނެ، މިތިބީ ރައީސް މުއިއްޒުއާއެކު ސާބިތުވެ: އަބްދުއްރަހީމް

25 މެއި 2026
މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

މާއެނބޫދޫ ބިން ހިއްކުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް، ނަމަވެސް މި މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ!

25 މެއި 2026
ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

24 މެއި 2026

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު