Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

މޮޅާ އެކު ސިޓީ އިން ވަނީ، އެއް ވަނައިގައި އޮތް އާސެނަލްއާ ދެ ޕޮއިންޓަށް ކައިރި ކޮށްފައި. ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ސިޓީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 36 މެޗުން 77 ޕޮއިންޓާ އެކު. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް ލިބެނީ 79 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2026 | ބުރާސްފަތި 05:39
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން ލީގުގެ އުންމީދު ދަމަހައްޓައިފި އެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ އެންޓޮއިން ސެމެންޔޯ އެވެ. އެއީ ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ އަށް މިނެޓު ފަހުން އޮމަރު މާމޫޝް ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ފޮޑެން އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ސިޓީ އިން ވަނީ ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ސަވީނިއޯ އެވެ. އެ ލަނޑު ޖަހަން ސަވީނިއޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ރަޔަން ޗާކީ އެވެ.

މޮޅާ އެކު ސިޓީ އިން ވަނީ، އެއް ވަނައިގައި އޮތް އާސެނަލްއާ ދެ ޕޮއިންޓަށް ކައިރި ކޮށްފަ އެވެ. ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ސިޓީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 36 މެޗުން 77 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް ލިބެނީ 79 ޕޮއިންޓެވެ. 

ލީގުގައި އަންނަ ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އަނެއްކާ ވެސް ލީޑު ފުޅާ ކުރުމުގެ ފުރުސަތު އާސެނަލް އަށް އޮންނާނެ އެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީކްރިސްޓަލް ޕެލަސް

އިތުރަށް ކިޔާލަން

13 މެއި 2026

ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ

13 މެއި 2026
ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ
11 މެއި 2026

ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

11 މެއި 2026
ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން
11 މެއި 2026

ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

11 މެއި 2026
ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
10 މެއި 2026

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި

10 މެއި 2026
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި
06 މެއި 2026

ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: ގާޑިއޯލާ

06 މެއި 2026
ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު