Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި

މެޗުން މޮޅުވެ ސިޓީ ދެ ވަނައިގައި އޮތްއިރު، އެއް ވަނައިގައި އޮތް އާސެނަލްއާ ވަނީ މެޗުގެ އަދަދު ހަމަވެފައި. މިހާތަނަށް ކުޅެފައިވާ 35 މެޗުން 74 ޕޮއިންޓާ އެކު ސިޓީ އޮތީ ދެ ވަނައިގައި. ހަމަ އެ އަދަަދަށް މެޗު ކުޅެގެން އެއް ވަަނައިގައި އާސެނަލް އަށް ލިބެނީ 74 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މެއި 2026 | އާދީއްތަ 04:57
މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ސިޓީގެ ހާލަންޑް އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން ލީގު ރޭހުގައި އާސެނަލްގެ ފުލުގައި ވިއްދައިފި އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި ސިޓީ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ސިޓީ އިން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. ނަމަވެސް، ސިޓީ އަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ ޖެރެޑީ ޑޮކޫ އެވެ. އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ނޯވޭގެ ފޯވާޑު އާލިން ހާލަންޑު ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ސިޓީގެ ތިން ވަނަ ލަނޑު ޖެހީ އޮމަރް މާމޫޝް އެވެ.

މެޗުން މޮޅުވެ ސިޓީ ދެ ވަނައިގައި އޮތްއިރު، އެއް ވަނައިގައި އޮތް އާސެނަލްއާ ވަނީ މެޗުގެ އަދަދު ހަމަވެފަ އެވެ. މިހާތަނަށް ކުޅެފައިވާ 35 މެޗުން 74 ޕޮއިންޓާ އެކު ސިޓީ އޮތީ ދެ ވަނައިގަ އެވެ. ހަމަ އެ އަދަަދަށް މެޗު ކުޅެގެން އެއް ވަަނައިގައި އާސެނަލް އަށް ލިބެނީ 74 ޕޮއިންޓެވެ. ލީގުގައި އާދީއްތަ ދުވަހުގެ ރޭ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އަނެއްކާ ވެސް އާސެނަލް އަށް ލީޑު ފުޅާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: ގާޑިއޯލާ

ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: ގާޑިއޯލާ

06 މެއި 2026
އެވަޓަންއާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު

އެވަޓަންއާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު

05 މެއި 2026
ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

04 މެއި 2026
ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި

ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި

03 މެއި 2026
ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި

ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި

28 އެޕްރީލު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު