Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ފޮރިން ސިޔާސަތާ ޚިލާފު ވެފައިވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ސެނެޓަރު ވޯނާގެ ފާޑު ކިޔުން ޓްރަމްޕް އަށް

ވޯނާ ވިދާޅުވީ، ޓްރަމްޕް ގެންދަވަނީ ވެވަޑައިގެންފައިވާ ކޮންމެ ވަޢުދަކާ ޚިލާފުވެ ވަޑައި ގަންނަވަމުން ކަމަށް. އަދި ނިމުމެއް ނެތް އައު ހަނގުރާމަތައް ފައްޓަވައި، އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްގެ އަގުތައް އުފުއްލަވަމުން ގެންދަވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 މެއި 2026 | ބުދަ 04:51
 ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު މާކް ވޯނާ.

ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު މާކް ވޯނާ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ފޮރިން ސިޔާސަތާ ގުޅޭ ގޮތުން ވެވަޑައި ގެންފައިވާ ވަޢުދުތަކާ ޚިލާފުވެ ވަޑައި ގަންނަވަމުންދާ ކަމަށް ވިދާޅުވެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު މާކް ވޯނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސެނެޓަރު ވޯނާ ވިދާޅުވީ، ހަނގުރާމަތައް ނިމުމަކަށް އަންނަނީ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، ހަގީގަތަކީ އަދިވެސް އެމެރިކާ އިން އީރާން އަށް ޙަމަލާތައް ދެމުންދާ ކަމެވެ. މިކަމުން ދޭހަވަނީ ޓްރަމްޕްގެ ވާހަކަފުޅު ތަކާއި އަމަލީ މަސައްކަތާ ދިމާ ނުވާކަން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ވޯނާ ވިދާޅުވީ، ޓްރަމްޕް ގެންދަވަނީ ވެވަޑައިގެންފައިވާ ކޮންމެ ވަޢުދަކާ ޚިލާފުވެ ވަޑައި ގަންނަވަމުން ކަމަށެވެ. އަދި ނިމުމެއް ނެތް އައު ހަނގުރާމަތައް ފައްޓަވައި، އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްގެ އަގުތައް އުފުއްލަވަމުން ގެންދަވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ފޮރިން ސިޔާސަތު ތަކުގެ ސަބަބުން އެމެރިކާގެ މަސްލަހަތަށް ގެއްލުން ވަމުންދާ ކަމަށް ޑިމޮކްރެޓިކް ޕާޓީ އިން ބުނަމުން ދާއިރު، ވޯނާގެ މި ފާޑު ކިޔުންތައް އަމާޒު ވެފައި ވަނީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި އެވެ. ޚާއްޞަކޮށް އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތް ތަކަކީ ޓްރަމްޕްގެ "ހަނގުރާމަތައް ހުއްޓާލުމުގެ" ވައުދާ ސީދާ ފުށު އަރާ ކަމެއްގެ ގޮތުގައި ވޯނާ ވަނީ ސިފަ ކުރައްވާފައި އެވެ.

މި މައްސަލައިގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާގެ ސިޔާސަތަކީ އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. ސެނެޓަރު ވޯނާގެ މި ވާހަކަތަކާ އެކު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ޓްރަމްޕްގެ ފޮރިން ސިޔާސަތާ މެދު އޮތް ބަހުސް ވަނީ އިތުރަށް ހޫނުވެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާމާކް ވޯނަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ

ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ

27 މެއި 2026
ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން

ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން

26 މެއި 2026
ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި

ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި

26 މެއި 2026
ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް

ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް

26 މެއި 2026
ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ

ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ

26 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު