Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ

އުމުރުފުޅުން މިހާރު 79 އަހަރުވެފައިވާ ޓްރަމްޕް ވޯލްޓާ ރީޑް މެޑިކަލް ސެންޓަރަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހު. ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވާ ޚަބަރާ އެކު، އަނެއްކާ ވެސް އާންމުންގެ ތެރޭގައި ވަނީ އޭނާގެ ޞިއްޙީ ޙާލަތާ ބެހޭ ގޮތުން ގިނަ ސުވާލު ތަކެއް އުފެދިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 05:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޞިއްޙީ ޙާލަތާ މެދު އާންމުންގެ ތެރޭގައި ކަންބޮޑުވުން ތަކެއް އިތުރު ވަމުންދާ ވަގުތެއްގައި، އާންމު ޞިއްޙީ އަދި ދަތުގެ ޗެކަޕެއް ހެއްދެވުމަށްޓަކައި ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަން ޝެޑިއުލް ކުރައްވައިފި އެވެ. 

ޓްރަމްޕް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މޭރީލޭންޑުގައި ހުންނަ ވޯލްޓާ ރީޑް މެޑިކަލް ސެންޓަރަށެވެ. މިއީ ފާއިތުވި 13 މަސް ދުވަހުގެ ތެރޭގައި ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވާ ތިން ވަނަ ފަހަރެވެ. ނަމަވެސް، މީގެ ކުރީ ކޮންމެ ފަހަރެއްގައި ވެސް ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން އެކަމުގެ ފުރިހަަމަ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައިވެ އެވެ. 

އުމުރުފުޅުން މިހާރު 79 އަހަރުވެފައިވާ ޓްރަމްޕް ވޯލްޓާ ރީޑް މެޑިކަލް ސެންޓަރަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ. ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވާ ޚަބަރާ އެކު، އަނެއްކާ ވެސް އާންމުންގެ ތެރޭގައި ވަނީ އޭނާގެ ޞިއްޙީ ޙާލަތާ ބެހޭ ގޮތުން ގިނަ ސުވާލު ތަކެއް އުފެދިފަ އެވެ. 

މީގެ ކުރިން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ޖިސްމާނީ ތަހުލީލު ތަކަކަށް ވޯލްޓާ ރީޑް މެޑިކަލް ސެންޓަރަށް ޓްރަމްޕް ވަޑައިގެންފައިވާ އިރު، އޮކްޓޫބަރު މަހު ވެސް ވަނީ "ޝެޑިއުލްޑް ފޮލޯ އަޕް" އެއްގެ ނަމުގައި ހޮސްޕިޓަލް އަށް ވަޑައިގެންފައި އެވެ. އެ ފަހަރު ވައިޓް ހައުސް އިން މައުލޫމާތު ދިނުމަށް ފަސް ޖެހުނުއިރު، ފަހުން ވަނީ ހިތުގެ ބަލި ތަކުގެ އެއްވެސް ނިޝާނެއް ހުރިތޯ ބެލުމަށް ސީޓީ ސްކޭނެއް ހެއްދެވިކަން ކަށަވަރު ކޮށްދީފައި އެވެ. ނަމަވެސް އެ ޓެސްޓު ތަކުގެ ނަތީޖާ ނޯމަލް ކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ބުނެފައި އެވެ.

މިފަހަރުގެ މެޑިކަލް ޗެކަޕް މި ކުރިއަށް ދަނީ ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގެންފައި ހުންނަ ނިޝާން ތަކެއް ފެނުމާ ގުޅިގެން، އާންމުންގެ ފާޑު ކިޔުން އަމާޒު ވެފައިވާ ވަގުތެއްގަ އެވެ. ވައިޓް ހައުސް އިން ބުނާ ގޮތުގައި އެއީ ގިނަގިނަ އިން މީހުންނާ ސަލާމް ކުރުމުގެ ސަބަބުން ޓިޝޫ ތަކަށް ލިބޭ ގެއްލުމާއި، އެސްޕިރިން ބޭނުން ކުރުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އެހެން ނަމަވެސް، ފަހަކަށް އައިސް ޓްރަމްޕްގެ ދެ އަތުން ވެސް މިފަދަ ނިޝާންތައް ވަނީ ފެނިފައި އެވެ.

ޓްރަމްޕްގެ ޞިިއްޙީ ޙާލަތު ވަރަށް ރަނގަޅު ކަމަށް ވައިޓް ހައުސް އިން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، ވާހަކަ ދައްކަވާއިރު ބަސްތައް އޮޅުމާއި، ބައްދަލުވުން ތަކުގެ ތެރޭގައި ނިދި ޖެހުން ފަދަ ކަންކަން ފާހަގަ ކުރެވޭތީ އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ޓްރަމްޕްގެ ޞިއްޙީ ހާލަތު ރިޕޯޓުކުރާ ވަރަށްވުރެ ގޯސް ކަމަށް ބެލެވޭތީ، ބައެއް ޑޮކްޓަރުން ވަނީ އޭނާގެ ކިބައިން ޑިމެންޝިއާ ނުވަތަ ސްޓްރޯކެއްގެ އަލާމާތްތައް ފެންނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.

އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ޓްރަމްޕް އަށް 80 އަހަރު ފުރޭއިރު، އޭނާ ވެގެންދާނީ އެމެރިކާގެ ތާރީޚުގައި ވެސް މަގާމުގައި ހުންނަވާ އެންމެ ދުވަސްވީ ރައީސް އަށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ، އޭނާގެ ކުރިން ވެރިކަމުގައި ހުންނެވީ ޖޯ ބައިޑަންގެ ޞިއްޙީ ޙާލު ކޮޅާ މެދު ޖޯކު ޖައްސަވައިފަ އެވެ. އަދި ބައިޑަން އަކީ އަބަދު ވެސް ނިދި ޖެހިފައި އިންނަވާ ރައީސެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އެމެރިކާވައިޓް ހައުސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވޯލްޓަރ ރީޑް މެޑިކަލް ސެންޓަރ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ

25 މެއި 2026
އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ

އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ

25 މެއި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ

އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ

25 މެއި 2026
އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް ޓްރަމްޕް އަންގަވައިފި

އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް ޓްރަމްޕް އަންގަވައިފި

25 މެއި 2026
ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި

24 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު