Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް

މުޖުތަބާ ޚާމަނާއީ ވިދާޅުވީ ސަރަހައްދީ ގައުމު ތަކުން އެމެރިކާގެ ބޭސް ތަކަށް ދޭ ތާއީދާއި، ހިމާޔަތް ހުއްޓާލަން ޖެހޭ ކަމަށާއި، އެހެން ނޫނީ އެ ގައުމުތައް ވެސް އީރާންގެ ދެކޮޅުވެރިންގެ ގޮތުގައި ބަލާނެ ކަމަށް. މި ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ހުރުމަކީ ސަރަހައްދީ ގައުމު ތަކަށް ވެސް ނުރައްކާވާ ކަމެއް ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މެއި 2026 | އަންގާރަ 08:34
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ.

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ. | ރޮއިޓާސް

މެދު އިރުމަތީގެ ސަރަހައްދުގައި އެމެރިކާ އަށް އެއްވެސް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

މުޖުތަބާ ޚާމަނާއީ މިހެން ވިދާޅުވެފައި މި ވަނީ، އެމެރިކާ އިން އީރާންގެ ބަނދަރު އައްބާސް އަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފައި ވަނިކޮށެވެ. އެމެރިކާ އިން ބަނދަރު އައްބާސް އަށް ހަމަލާ ދީފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް މަޝްވަރާ ކުރަމުން އަންނަނިކޮށެވެ. 

މުޖުތަބާ ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ ބޭސް ތަކަށް ރައްކާތެރިކަން ދިނުމަށް ސަރަހައްދީ ބާރު ތަކަަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، އެ ސަރަހައްދުގައި އެމެރިކާ އަށް އެއްވެސް ހިމާޔަތެއް ނޯންނާނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޚާމަނާއީ ވިދާޅުވީ، ސަރަހައްދުގައި އެމެރިކާ އިން ހިންގާ އެއްވެސް ހަރަކާތަކަށް ސަރަހައްދީ ޤައުމު ތަކުގެ ތާއީދު އޮންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. 

މީގެ އިތުރުން ޚާމަނާއީ ވިދާޅުވީ، އެ ސަރަހައްދުގައި އެމެރިކާ އިން ހިންގަމުން އަންނަ ޙަރަކާތްތައް ހުއްޓުވަން ޖެހޭ ކަމަށެވެ. އެމެރިކާގެ ސިޔާސަތު ތަކަކީ ސަރަހައްދުގެ ސުލްޙަ އާއި، ރައްކާތެރި ކަމަށް ނުރައްކާވާ ސިޔާސަތު ތަކެއް ކަމަށް ވިދާޅުވެ، އެ ޤައުމުގެ ބާރުތައް ސަރަހައްދުން ނެރެން ޖެހޭ ކަމަށް ވެސް މުޖުތަބާ ޚާމަނާއީ ވިދާޅުވި އެވެ. 

މި ސަރަހައްދުގައި އެމެރިކާގެ ބޭސްތައް ހުންނަ ގައުމު ތަކުގެ ތެރޭގައި ޤަޠަރު، ބަހްރެއިން، ކުވެއިތު، އަދި އިރާގު ހިމެނެ އެވެ. އީރާންގެ އެންމެ އިސް ލީޑަރުގެ މި ބަސް ތަކަކީ، މި ގައުމު ތަކަށް ވެސް ފޮނުވި މެސެޖެއްގެ ގޮތުގައި ބައެއް ފަރާތް ތަކުން ދެކެ އެވެ. އެމެރިކާގެ ބޭސް ހުންނަ މި ޤައުމު ތަކަކީ، އަބަދު ވެސް އެމެެރިކާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމު ތަކެކެވެ. 

މުޖުތަބާ ޚާމަނާއީ ވިދާޅުވީ ސަރަހައްދީ ގައުމު ތަކުން އެމެރިކާގެ ބޭސް ތަކަށް ދޭ ތާއީދާއި، ހިމާޔަތް ހުއްޓާލަން ޖެހޭ ކަމަށާއި، އެހެން ނޫނީ އެ ގައުމުތައް ވެސް އީރާންގެ ދެކޮޅުވެރިންގެ ގޮތުގައި ބަލާނެ ކަމަށެވެ. މި ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ހުރުމަކީ ސަރަހައްދީ ގައުމު ތަކަށް ވެސް ނުރައްކާވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

އިތުރަށް ކިޔާލަން

26 މެއި 2026

ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ

26 މެއި 2026
ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ
26 މެއި 2026

ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި

26 މެއި 2026
ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި
26 މެއި 2026

އީރާންގެ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފި

26 މެއި 2026
އީރާންގެ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފި
25 މެއި 2026

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި

25 މެއި 2026
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި
25 މެއި 2026

އެމެރިކާ އާއެކު ގިނަ ކަންތައް ތަކަށް އެއްބަސްވެވިއްޖެ، އެކަމަކު ސޮއި ކުރެވޭ ވަރެއް ނުވޭ: އީރާން

25 މެއި 2026
އެމެރިކާ އާއެކު ގިނަ ކަންތައް ތަކަށް އެއްބަސްވެވިއްޖެ، އެކަމަކު ސޮއި ކުރެވޭ ވަރެއް ނުވޭ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު