Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް

ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި

ނަތަންޔާހޫގެ އޮފީހާ ހަވާލާދީ އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެފައި ވަނީ، ނަތަންޔާހޫ ހޮސްޕިޓަލް އަށް ގެންގޮސްފައި ވަނީ ދަތުގެ ފަރުވާއެއް ހޯދެއްވުމަށް ކަމަށް. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާގެ އޮފީހުން ވެސް ހާމަ ކޮށްފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މެއި 2026 | އަންގާރަ 05:03
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާާހޫ ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށާއި، ހޮސްޕިޓަލްގައި އޭނާ އަށް ފަރުވާ ދީފައިވާ ކަމަށް އެ ޤައުމުގެ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.

އިޒްރޭލްގެ މީޑިއާ ތަކުގައި އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ، ހޯމަ ދުވަހުގެ ރޭ ނަތަންޔާހޫ ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، އޭރު އޭނާ ގެންދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަ ކޮށްފައި ނުވެ އެވެ. ފާއިތުވި ދުވަސް ތަކުގައި ނަަތަންޔާހޫގެ ޞިއްޙަތާ ގުޅޭ ގޮތުން ވަނީ ގިނަ ސުވާލު ތަކެއް އުފެދިފަ އެވެ. 

އޭގެ ފަހުން ނަތަންޔާހޫގެ އޮފީހާ ހަވާލާދީ އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެފައި ވަނީ، ނަތަންޔާހޫ ހޮސްޕިޓަލް އަށް ގެންގޮސްފައި ވަނީ ދަތުގެ ފަރުވާއެއް ހޯދެއްވުމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާގެ އޮފީހުން ވެސް ހާމަ ކޮށްފައި ނުވެ އެވެ. 

މީގެ މަހެއްހާ ދުވަސް ކުރިން، އުމުރުން 76 އަހަރުގެ ނަތަންޔާހޫ ވަނީ އޭނާގެ ޕްރޮސްޓޭޓް ގްލޭންޑްގައި އުފެދުނު ކެންސަރުގެ ޓިއުމަރަކަށް ފަރުވާ ހޯއްދަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ނަތަންޔާހޫ ވިދާޅުވި ގޮތުގައި އޭނާގެ ސިއްހީ ރިޕޯޓު އާންމު ކުރުން ލަސްކުރީ، އީރާންގެ ވެރިން އެ ރިޕޯޓުގެ ބޭނުން ހިފައިގެން ޕްރޮޕެގެންޑާ ފެތުރުން ހުއްޓުވުމަށެވެ.

އީރާން އާއެކު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ތަކެއް ވެސް ފެތުރުނެވެ. މީގެ އިތުރުން އޭނާގެ ޞިއްޙީ ހާލަތާ މެދު އިޒްރޭލްގެ އެތެރޭގަ އާއި، ބައިނަލްއަގުވާމީ މައިދާނުގައި ވެސް ތަފާތު ވާހަކަ ތަކެއް ވަނީ ދެކެވިފަ އެވެ.

މީގެ ކުރިން ވެސް ޞިއްޙީ އެކި މައްސަލަތަކާ ގުޅިގެން ނަތަންޔާހޫ ވަނީ އެތައް ފަހަރަކު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައި އެވެ. އެގޮތުން 2024 ވަނަ އަހަރު ހާނިއާގެ އޮޕަރޭޝަނެއް ކޮށްފައިވާ އިރު، 2023 ވަނަ އަހަރު ވަނީ އޭނާގެ ހިތުގެ ވިންދު ރަނގަޅު ކުރުމަށް ޕޭސްމޭކަރެއް ލައްވާފައި އެވެ. އަދި މިދިޔަ އަހަރު ގޮހޮރު ދުޅަވުމުގެ މައްސަލައެއް ދިމާވެގެން ގޭގައި ހުންނަވައިގެން ވެސް ނަތަންޔާހޫ ވަނީ ފަރުވާ ހޯއްދަވާފައި އެވެ.

އީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލްބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

26 މެއި 2026

އީރާންގެ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފި

26 މެއި 2026
އީރާންގެ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފި
25 މެއި 2026

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި

25 މެއި 2026
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި
25 މެއި 2026

އެމެރިކާ އާއެކު ގިނަ ކަންތައް ތަކަށް އެއްބަސްވެވިއްޖެ، އެކަމަކު ސޮއި ކުރެވޭ ވަރެއް ނުވޭ: އީރާން

25 މެއި 2026
އެމެރިކާ އާއެކު ގިނަ ކަންތައް ތަކަށް އެއްބަސްވެވިއްޖެ، އެކަމަކު ސޮއި ކުރެވޭ ވަރެއް ނުވޭ: އީރާން
25 މެއި 2026

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ

25 މެއި 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ
25 މެއި 2026

އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ

25 މެއި 2026
އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު