Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފި

އެމެރިކާ އިން ބުނީ މި ހަމަލާ ތަކުގައި މިސައިލު ލޯންޗުކުރުމަށް ތައްޔާރު ކޮށްފައި އޮތް ތަންތަނާއި، އީރާންގެ ބޯޓު ތަކަށް ހަމަލާ ދީފައިވާ ކަމަށް. އީރާން އިން ދެމުންދާ ހަމަލާތަކާ ކުރިމަތިލައި، ވަރަށް ބޮޑަށް ކެތްތެރިކަން ދައްކަމުން އެމެރިކާގެ ސިފައިން ދިފާއު ކުރަމުން އަންނަ ކަމަށް އެމެރިކާއި ން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 04:49
ބަނދަަރު އައްބާސް އަށް ހަމަލާ ދީފައިވާއިރު، އެމެރިކާ އިން ބުނެފައި ވަނީ އެއީ އެ ޤައުމުގެ ސިފައިންގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް.

ބަނދަަރު އައްބާސް އަށް ހަމަލާ ދީފައިވާއިރު، އެމެރިކާ އިން ބުނެފައި ވަނީ އެއީ އެ ޤައުމުގެ ސިފައިންގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް. | ރޮއިޓާސް

އެމެެރިކާ އިން އީރާންގެ ބަނދަރު އައްބާސް އަށް ހަަމަލާ ދީފައިވާއިރު، އެއީ އެމެރިކާގެ ސިފައިންގެ ސަލާމަތަށް އީރާން އިން ކުރި ނުރައްކަލުން ދިފާއު ވުމަށް ދިން ހަމަލާ ތަކެއް ކަމަށް އެމެރިކާ އިން ބުނެފި އެވެ. 

އެމެރިކާ އިން ބުނީ މި ހަމަލާ ތަކުގައި މިސައިލު ލޯންޗުކުރުމަށް ތައްޔާރު ކޮށްފައި އޮތް ތަންތަނާއި، އީރާންގެ ބޯޓު ތަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އީރާން އިން ދެމުންދާ ހަމަލާތަކާ ކުރިމަތިލައި، ވަރަށް ބޮޑަށް ކެތްތެރިކަން ދައްކަމުން އެމެރިކާގެ ސިފައިން ދިފާއު ކުރަމުން އަންނަ ކަމަށް އެމެރިކާއި ން ބުނެފައިވެ އެވެ. އެމެރިކާގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެގައުމުން ބުނެފައިވެ އެވެ.

ހަނގުރާމަ ހުއްޓުމަށް ހަދާފައިވާ އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް ފަހު، މިފަދަ ހަމަލާ ތަކެއް ދިނުން ކުރިން ވެސް ހިނގާފައިވެ އެވެ. އެ ދުވަސްވަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިފަދަ ހަރަކާތްތަކަކީ ހަނގުރާމަ ހުއްޓުމަށް ހަދާފައިވާ އެއްބަސްވުމާ ޚިލާފުވުން ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

އެމެރިކާގެ ފަރާތުން މި ހަރަކާތާ ބެހޭ ގޮތުން ލިބެމުން ދަނީ ވަރަށް މަދު މައުލޫމާތެކެވެ. މި އޮޕަރޭޝަން ކިހާ ފުޅާ ދާއިރާއެއްގައި ހިންގާފައިވާ ކަން އަދި ނޭނގެ އެވެ. މި ހަމަލާ ތަކަކީ އާންމު ކަމަކަށް ވުރެ، ތަފާތު ކަމެއްތޯ ބުނަން އުނދަގޫ ކަމަށް ވެސް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

ނަމަވެސް ޓްރަމްޕް ވަނީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ސުލްހައިގެ އެއްބަސްވުމެއް ވަރުގަދަ ކުރުމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ކަމަށް ދައްކަވައި، އެކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަބައިފަ އެވެ. މީގެ ކުރިން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވެސް ޓްރަމްޕް ވަނީ އީރާން އަށް ހަމަލާ ދިނުމަށް ނިންމި ކަމަށް ހާމަ ކުރައްވައިފަ އެވެ. ނަމަވެސް، ބައެއް ޤައުމު ތަކުގެ ވެރިންގެ އެދުމުގެ މަތިން އެ ހަމަލާ ދިނުން މަޑު ޖައްސާލެއްވީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ފާހަގަ ކުރަމުން އަންނަ ގޮތުގައި، މިފަދަ ހަމަލާއެއް އަމާޒު ކުރި ނަމަވެސް ސުލްޙަ ޤާއިމު ކުރުމަށް ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ތަަކަށް ހުއްޓުމެއް އަންނާނެ ކަމަށް ނުބެލެވެ އެވެ. އެމެރިކާ އާއި އީރާންއާ ދެމެދު މިވަގުތު ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިއަށް ގެންދަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ބަނދަރު އައްބާސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި

25 މެއި 2026
އެމެރިކާ އާއެކު ގިނަ ކަންތައް ތަކަށް އެއްބަސްވެވިއްޖެ، އެކަމަކު ސޮއި ކުރެވޭ ވަރެއް ނުވޭ: އީރާން

އެމެރިކާ އާއެކު ގިނަ ކަންތައް ތަކަށް އެއްބަސްވެވިއްޖެ، އެކަމަކު ސޮއި ކުރެވޭ ވަރެއް ނުވޭ: އީރާން

25 މެއި 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ

25 މެއި 2026
އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ

އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ

25 މެއި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ

އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ

25 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު