Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ

ރޫބިއޯ ވިދާޅުވީ އިބްތިދާއީ ލިޔުމުގައި ބޭނުން ކުރާ ވާހަކަ ތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަ ތަކެއް ދެކެވެމުން އަންނަ ކަމަށާއި، އެހެންކަމުން އެކަމަށް ދުވަސް ކޮޅެއް ނަގާނެ ކަމަށް. ރޫބިއޯ ވިދާޅުވީ އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ އެއްބަސްވުމެއް ޤާއިމު ކުރަން ބޭނުންވެފައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މެއި 2026 | އަންގާރަ 05:07
އެމެރިކާާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ.

އެމެރިކާާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | ގެޓީ އިމޭޖަސް

އީރާންގެ ދެކުނުގައި އޮންނަ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފައިވާއިރު، އެ ހަމަލާ ތަކަށް ފަހު ވެސް އީރާންއާ ވާހަކަ ދައްކަން އެމެރިކާ އިން އޮތީ ތައްޔާރަށް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ. 

އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖައިޕޫރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ހޯމަ ދުވަހު ޤަތަރުގައި ބައެއް ވާހަކަތައް ދެކެވެމުން އަންނަ ކަމަށާއި، ކުރިއަށް ދެވޭނެ މަގެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ރޫބިއޯ ވިދާޅުވީ އިބްތިދާއީ ލިޔުމުގައި ބޭނުން ކުރާ ވާހަކަ ތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަ ތަކެއް ދެކެވެމުން އަންނަ ކަމަށާއި، އެހެންކަމުން އެކަމަށް ދުވަސް ކޮޅެއް ނަގާނެ ކަމަށެވެ. ރޫބިއޯ ވިދާޅުވީ އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ އެއްބަސްވުމެއް ޤާއިމު ކުރަން ބޭނުންވެފައި ކަމަށެވެ.

އެހެން ނަމަވެސް، އެ އެއްބަސްވުމަކީ ރަނގަޅު އެއްބަސްވުމަކަށް ވާން ޖެހޭނެކަން ފާހަގަ ކުރައްވައި ރޫބިއޯ ވިދާޅުވީ، އެހެން ނޫން ނަމަ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. އާދީއްތަ ދުވަހު ރޫބިއޯ ވިދާޅުވެފައި ވަނީ، އީރާން އާއެކު ޓްރަމްޕް ހައްދަވާ އެއްބަސްވުން ވާނީ އެމެރިކާ އަށް ފައިދާކުރާ ރަނގަޅު އެއްބަސްވުމަކަށް ކަމަށެވެ. 

މީގެ އިތުރުން ރޫބިއޯ ވަނީ، އީރާން އިން ބަންދު ކޮށްފައިވާ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާފައި ބޭއްވުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އެކަން ފާހަގަ ކުރައްވައި ރޫބިއޯ ވިދާޅުވީ، އެއް ގޮތަކުން ނުވެއްޖެ ނަމަ، އަނެއް ގޮތަކުން ވިޔަސް އެ ކަނޑު އޮޅި ހުޅުވިގެން ދާނެ ކަމަށެވެ. 

ރޫބިއޯ މިހެން ވިދާޅުވެފައި މި ވަނީ، އެމެރިކާ އިން އީރާންގެ ބަނދަރު އައްބާސް އަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފައިވާ ވަގުތެއްގަ އެވެ. އަދި އެ ހަމަލާ ތަކުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި އޮތް ނުތަނަވަސްކަން ބޮޑުވެ، އިތުރު ހަމަ ނުޖެހުން ތަކެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން ވެސް އޮތް ވަގުތެއްގަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މާކޯ ރޫބިއޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

26 މެއި 2026

13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ

26 މެއި 2026
13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ
26 މެއި 2026

ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި

26 މެއި 2026
ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި
26 މެއި 2026

އީރާންގެ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފި

26 މެއި 2026
އީރާންގެ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފި
25 މެއި 2026

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި

25 މެއި 2026
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި
25 މެއި 2026

އެމެރިކާ އާއެކު ގިނަ ކަންތައް ތަކަށް އެއްބަސްވެވިއްޖެ، އެކަމަކު ސޮއި ކުރެވޭ ވަރެއް ނުވޭ: އީރާން

25 މެއި 2026
އެމެރިކާ އާއެކު ގިނަ ކަންތައް ތަކަށް އެއްބަސްވެވިއްޖެ، އެކަމަކު ސޮއި ކުރެވޭ ވަރެއް ނުވޭ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު