Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޭމްޕް ޑޭވިޑުގައި ޓްރަމްޕް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަނީ

ނިއު ޔޯކް ޕޯސްޓް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގެ އެންމެ މުހިންމު މައުޟޫ އަކީ އީރާންގެ ވާހަކަތައް ކަމަށާއި، ކެބިނެޓުގެ ހުރިހާ މެންބަރުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް. އިގްތިސާދީ ކަންކަން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2026 | ބުދަ 03:41
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ކޭމްޕް ޑޭވިޑް ރިޓްރީޓްގައި ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަން ނިންމަވާފައިވާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ހަބަރު އެޖެންސީ އަކަށް ހާމަ ކޮށްފި އެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމުން އަންނަ މަޝްވަރާތައް ނާޒުކު ފައްތަރެއްގައިވާ ވަގުތެއްގަ އެވެ. މޭރީލޭންޑުގައި ހުންނަ މި ކޭމްޕް އަށް އާންމު ގޮތެއްގައި ޓްރަމްޕް ޒިޔާރަތް ކުރައްވަނީ ވަރަށް މަދުން ކަމަށް ބުނެފައިވެ އެވެ. ޚާއްސަކޮށް ކުރީގެ އެހެން ރައީސުންނާ ޚިލާފަށް ޓްރަމްޕް މި ކޭމްޕް ބޭނުން ކުރައްވާލެއް މަދު ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، ބުދަ ދުވަހު އެ ކޭމްޕުގައި ޓްރަމްޕްގެ ކެބިނެޓުގެ ބައްދަލުވުމެއް ބޭއްވުމަކީ، އެ ބައްދަލުވުމުގެ ނާޒުކު ކަމަށާއި، އެ ބައްދަލުވުމުގެ ސިއްރުކަން އަދި މައްސަލައިގެ ސީރިއަސްކަން ދައްކުވައިދޭ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ނިއު ޔޯކް ޕޯސްޓް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގެ އެންމެ މުހިންމު މައުޟޫ އަކީ އީރާންގެ ވާހަކަތައް ކަމަށާއި، ކެބިނެޓުގެ ހުރިހާ މެންބަރުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އިގްތިސާދީ ކަންކަން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.

ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ މެދު އިރުމަތީގެ ހަނގުރާމަ ނިންމުމަށް އީރާންއާ އެކު އެއްބަސްވުމަކަށް ވަރަށް ގާތްވެފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާތައް އަދިވެސް ވަރަށް އުނދަގޫ ހާލަތެއްގައި ކުރިއަށްދާ ކަމަށާއި، އީރާން އަށް ދިން ހަމަލާތައް އަލުން ފަށަން ޖެހި ދާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވާފައިވެ އެވެ. 

ކޭމްޕް ޑޭވިޑް އަކީ ކުރީގައި އެމެރިކާގެ މުހިންމު ޑިޕްލޮމެޓިކް ހަރަކާތްތައް ހިނގި ތަނެކެވެ. އެގޮތުން ރައީސް ޖިމީ ކާޓާގެ ވެރިކަމުގައި 1978 ގައި އިޒްރޭލް އާއި މިސްރާ ދެމެދު އެއްބަސްވުމެއް ހަދައި ސޮއި ކުރީ މި ތަނުގައި އެވެ. އަދި ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި 2000 ވަނަ އަހަރު އިޒްރޭލް އާއި ފަލަސްތީންއާ ދެމެދު ބޭއްވި ބައްދަލުވުމެއް ވެސް ބޭއްވީ މި ތަނުގައި އެވެ. ނަމަވެސް އެ ބައްދަލުވުން ކާމިޔާބު ނުވި އެވެ.

ޓްރަމްޕް ދެވަނަ ދައުރުގައި ކޭމްޕް ޑޭވިޑް އަށް ވަޑައިގަންނަވާ މިއީ ދެ ވަނަ ފަހަރު ކަމަށް ބުނެފައިވެ އެވެ. ފުރަތަމަ ފަހަރަށް އެތަނަށް ވަޑައިގެންނެވީ 2025 ވަނަ އަހަރުގެ ޖޫން މަހު އެމެރިކާ އިން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އަށް  ހަމަލާ ދިނުމުގެ ކުޑަ ދުވަސް ކޮޅެއް ކުރިންނެވެ. 

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް ތާލިބާން ލީޑަރުންނާ އެކު ކޭމްޕް ޑޭވިޑްގައި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވި ކަމަށާއި، ނަމަވެސް އެމެރިކާ ސިފައިންނަށް ދިން ހަމަލާއެއްގެ ސަބަބުން އެ ބައްދަލުވުން ކެންސަލު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

26 މެއި 2026

ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން

26 މެއި 2026
ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން
26 މެއި 2026

ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި

26 މެއި 2026
ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި
26 މެއި 2026

ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް

26 މެއި 2026
ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް
26 މެއި 2026

ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ

26 މެއި 2026
ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ
26 މެއި 2026

13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ

26 މެއި 2026
13 މަސް ދުވަހުގެ ތެރޭގައި ތިން ވަނަ ފަހަރަށް ޓްރަމްޕް ހޮސްޕިޓަލް އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު