Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ގަލްފުގެ ޤައުމުތަކުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމެއް ނޫން: ޕެޒެޝްކިއާން

އީރާންގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ގައުމުގެ ދިފާއީ ގާބިލުކަން އިތުރު ކުރުމަށާއި، ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ޔުނިވަރސިޓީތަކާއި، ސައިންޓިފިކް މަރުކަޒުތަކުގެ އިތުރުން އިލްމީ ދިރާސާ ތަކަށް ބިނާކޮށް ހިންގާ ކުންފުނި ތަކުގެ އެހީތެރިކަން އަސްކަރިއްޔާ އިން ހޯދަން ޖެހޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މެއި 2026 | އަންގާރަ 10:12
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ރޮއިޓާސް

ގަލްފުގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާ އޮތުމަކީ، އެ ސަރަހައްދުގެ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމެއް ނޫން ކަމަށާއި، އެމެރިކާ އަށް ބަރޯސާވުމަކީ ހަގީގަތާ ޚިލާފު އަދި އެއްވެސް ނަތީޖާއެއް ނުނެރެވުނު ކަމެއްކަން ސަރަހައްދީ ޤައުމު ތަކަށް މިހާރު ޤަބޫލު ކުރެވިފައިވާ ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ. 

އީރާންގެ އަސްކަރީ ކޮމާންޑަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވީ، ދުޝްމަނުން އައު ޓެކްނޮލޮޖީ ތަކާއި ވަސީލަތްތައް ހޯދަމުން ދާތީ އީރާންގެ ދިފާއީ އޮނިގަނޑު ޒަމާނީކޮށް އަދާ ހަމަކުރަން ޖެހޭ ކަމަށެވެ.

އީރާންގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ގައުމުގެ ދިފާއީ ގާބިލުކަން އިތުރު ކުރުމަށާއި، ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ޔުނިވަރސިޓީތަކާއި، ސައިންޓިފިކް މަރުކަޒު ތަކުގެ އިތުރުން އިލްމީ ދިރާސާ ތަކަށް ބިނާކޮށް ހިންގާ ކުންފުނި ތަކުގެ އެހީތެރިކަން އަސްކަރިއްޔާ އިން ހޯދަން ޖެހެ އެވެ.

މީގެ އިތުރުން، އީރާންގެ އަސްކަރިއްޔާ އިން އެމީހުންގެ ފަންނީ ޒިންމާތައް އަދާ ކުރުމުގައި ދައްކަމުންދާ ސާބިތު ކަމަށާއި، ސިޔާސީ އަދި ޕާޓީ ތަކުގެ ކަންކަމުގެ ތެރެއަށް ނުވަދެ މަސައްކަތް ކުރަމުން ދާތީ ޕެޒެޝްކިއާން ވަނީ އަސްކަރިއްޔާ އަށް ޝުކުރު އަދާ ކުރައްވާފައި އެވެ. ޕެޒެޝްކިއާން ވިދާޅުވީ ގައުމީ މަސްލަހަތަށް އިސްކަން ދީގެން އަސްކަރިއްޔާ އިން ގެންގުޅޭ ޒިންމާދާރު އަދި ފަންނީ އުސޫލު ތަކަކީ ގައުމަށާއި މުޅި ނިޒާމަށް ލިބިފައިވާ އަގުހުރި ރައުސްމާލެއް ކަމަށެވެ.

އީރާންގެ ރައީސް ޕެޒެޝްކިއާންގެ މި ވާހަކަފުޅުތައް އައިސްފައި ވަނީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި އެވެ. އީރާން އިން ދެކޭ ގޮތުގައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނީ ބޭރުގެ ބާރުތަކަށް ބަރޯސާ ނުވެ، ސަރަހައްދީ ގައުމު ތަކުގެ މެދުގައި އޮންނަ އެއްބާރުލުމުގެ ތެރެއިންނެވެ. އެހެންކަމުން އަމިއްލަ ދިފާއީ ބާރު ވަރުގަދަ ކުރުމަކީ އީރާންގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ޕެޒެޝްކިއާން ފާހަގަ ކުރެއްވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި

ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި

26 މެއި 2026
ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް

ސަރަހައްދުގައި އެމެރިކާ އަށް ހިމާޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އީރާންގެ ރޫހީ ލީޑަރުގެ އިންޒާރެއް

26 މެއި 2026
ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ

ހަމަލާ އަށް ފަހު ވެސް، އީރާންއާ ވާހަކަ ދައްކަން އެމެރިކާާ އޮތީ ތައްޔާރަށް: ރޫބިއޯ

26 މެއި 2026
ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި

ނަތަންޔާހޫ އަށް ހޮސްޕިޓަލްގައި ފަރުވާ ދީފި

26 މެއި 2026
އީރާންގެ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފި

އީރާންގެ ބަނދަރު އައްބާސް އަށް އެމެރިކާާ އިން ހަމަލާ ދީފި

26 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު