Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއެކު ގިނަ ކަންތައް ތަކަށް އެއްބަސްވެވިއްޖެ، އެކަމަކު ސޮއި ކުރެވޭ ވަރެއް ނުވޭ: އީރާން

ބަޣާއީ ވިދާޅުވީ އެމެރިކާ އިން އެގައުމުގެ ޕޮޒިޝަންތައް ބަދަލު ކުރަމުން ގެންދާތީ މަޝްވަރާތައް އިތުރަށް ދިގު ދެމިގެން ދާ ކަމަށް. މިއީ ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް ވާސިލުވުމަށް ހުރަސް އެޅޭ ބޮޑު ކަމެއް ކަމަށް އީރާން އިން ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2026 | ހޯމަ 11:33
އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ. | ގެޓީ އިމޭޖަސް

ހަނގުރާމަ ހުއްޓުމަށް ކުރަމުން އަންނަ މަޝްވަރާ ތަކުގައި އެމެރިކާާ އާއި އީރާާންއާ ދެމެދު ގިނަ މައްސަލަ ތަކެއްގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ނަމަވެސް އެއްބަސްވުމެއްގައި ސޮއި ކުރެވޭ މިންވަރާ ކައިރިވެފައިވާ ނުވާ ކަމަށް އީރާން އިން ބުނެފި އެވެ. 

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އިސްމާއީލް ބަޣާއީ ވިދާޅުވީ، މަޝްވަރާ ކުރަމުން އަންނަ މައްސަލަ ތަކުގެ ބޮޑު ބައެއްގައި ނިމުމަކަށް ވާސިލު ވެފައިވާ ކަމަށް ބުނުމަކީ ދެކެވޭ ވާހަކައެއް ކަމަށެވެ.

ނަމަވެސް މިކަމުގެ މާނައެއްގެ ގޮތުގައި އެއްބަސްވުމެއްގައި ސޮއި ކުރުމަށް ކައިރިވެފައިވާ ކަމަށް ބުނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބަޣާއީ ވިދާޅުވި އެވެ. މަޝްވަރާ ތަކުގައި އެމެރިކާ އިން އެގައުމުގެ ޕޮޒިޝަންތައް ބަދަލު ކުރަމުން ގެންދާ ކަމަށް ބަޣާއީ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.  

މި ބަޔާން ނެރުނީ އެމެރިކާ އާއި އީރާންއާ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުވުމަށް ކުރިއަށްދާ މަޝްވަރާތަކާ ގުޅިގެންނެވެ. މިދިޔަ ދުވަސް ތަކުގައި ދެ ގައުމުގެ މެދުގައި ވަކި ވަކިން މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އީރާން އިން ބުނެފައިވާ ގޮތުގައި މަޝްވަރާ ތަކުގެ ގިނަ މައްސަލަ ތަކެއްގައި އެއްބަސްވުމަކަށް ވާސިލު ވެފައިވީ ނަމަވެސް، އަދިވެސް ބައެއް މުހިންމު ކަންކަމުގައި ދެ ގައުމުގެ ދެ މެދުގައި ތަފާތުވުން ތަކެއް އެބަ އޮތެވެ. މިކަމުގެ ސަބަބުން އެއްބަސްވުމެއްގައި ސޮއި ކުރުމަށް އަދި ވަގުތު ނަގާނެ ކަމަށް ބެލެވެ އެވެ.

ބަޣާއީ ވިދާޅުވީ އެމެރިކާ އިން އެގައުމުގެ ޕޮޒިޝަންތައް ބަދަލު ކުރަމުން ގެންދާތީ މަޝްވަރާތައް އިތުރަށް ދިގު ދެމިގެން ދާ ކަމަށެވެ. މިއީ ދެ ގައުމުގެ މެދުގައި އެއްބަސްވުމަކަށް ވާސިލުވުމަށް ހުރަސް އެޅޭ ބޮޑު ކަމެއް ކަމަށް އީރާން އިން ބުނެ އެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން މި މަޝްވަރާ ތަކަށް ބޮޑު އުންމީދު ތަކެއް ކުރަމުން ގެންދެ އެވެ. ހަނގުރާމަ ހުއްޓުވުމަށް ދެ ގައުމުން އެއްބަސްވުމަކަށް އައުމަކީ ސަރަހައްދީ ސުލްހަ އަށް މުހިންމު ކަމެއް ކަމަށް ބައިނަލްއަގުވާމީ ލީޑަރުން ވިދާޅުވެ އެވެ.

މި މަޝްވަރާތަކުގެ ނަތީޖާ އަކަށް ވާސިލުވުމަށް އަދި މަސައްކަތް ތަކެއް ކުރަން ޖެހޭނެ ކަމަށް ދެ ގައުމުން ވެސް އެއްބަސްވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްމާޢީލް ބަޣާއީ

އިތުރަށް ކިޔާލަން

25 މެއި 2026

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ

25 މެއި 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ
25 މެއި 2026

އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ

25 މެއި 2026
އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ
25 މެއި 2026

އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ

25 މެއި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ
25 މެއި 2026

އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް ޓްރަމްޕް އަންގަވައިފި

25 މެއި 2026
އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް ޓްރަމްޕް އަންގަވައިފި
24 މެއި 2026

އެއްވެސް ނިންމުމެއް ނިންމާނީ ރޫހީ ލީޑަރުގެ ހުއްދައާ އެކު: އީރާންގެ ރައީސް

24 މެއި 2026
އެއްވެސް ނިންމުމެއް ނިންމާނީ ރޫހީ ލީޑަރުގެ ހުއްދައާ އެކު: އީރާންގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު