Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ

ރޫބިއޯ ވިދާޅުވީ، އީރާން އާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަސް އަރުވާ ނުލައްވާނެ ކަމަށް. އަދި ކޮންމެ އެއްބަސްވުމެއްގެ ދަށުން ވެސް އިޒްރޭލްގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެ ގައުމުގެ ދިފާއުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ އިޚުތިޔާރު އިޒްރޭލް އަށް އޮންނާނެ ކަމަށް އޭނާ ވަނީ ތަކުރާރު ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2026 | ހޯމަ 08:35
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | ގެޓީ އިމޭޖަސް

އިރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި، ނަމަވެސް ކޮންމެ އެއްބަސްވުމެއްގެ ދަށުން ވެސް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިޒްރޭލް އަށް ލިބިގެންވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އީރާންގެ ނިއުކްލިއާ މައްސަލަތަކާ ގުޅޭ ގޮތުން ވަގުތު ކަނޑަ އެޅިފައިވާ، ހަގީގީ އަދި މުހިންމު މަޝްވަރާ ތަކެއް ފެށުމަށާއި ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުގެ ގާބިލުކަން އީރާން އަށް ހޯދައި ދިނުމަށް "ވަރަށް ވަރު ގަދަ" ހުށަހެޅުމެއް މިހާރު ވެސް މޭޒު މަތީގައި އެބަ އޮތް ކަމަށެވެ.

މި ހުށަހެޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، މިކަން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި މިއީ ގަލްފުގެ ގައުމު ތަކުގެ އިތުރުން މުޅި ދުނިޔޭގެ ވެސް ބޮޑު ތާއީދެއް އޮތް ކަމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ. މި މަޝްވަރާ ތަކުގެ ތަފްސީލު ހިއްސާ ކުރެވުނު ކޮންމެ ގައުމަކުން ވެސް މިއީ ހަމައެކަނި ބުއްދިވެރި ނިންމުމެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔޭގެ ސަލާމަތަށް ޓަކައި ކުރަން ޖެހޭ ކަމެއްކަން ގަބޫލު ކުރާ ކަމަށް ވެސް ރޫބިއޯ ވިދާޅުވި އެވެ.

މީގެ އިތުރުން ރޫބިއޯ ވިދާޅުވީ، އީރާން އާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަސް އަރުވާ ނުލައްވާނެ ކަމަށެވެ. އަދި ކޮންމެ އެއްބަސްވުމެއްގެ ދަށުން ވެސް އިޒްރޭލްގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެ ގައުމުގެ ދިފާއުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ އިޚުތިޔާރު އިޒްރޭލް އަށް އޮންނާނެ ކަމަށް އޭނާ ވަނީ ތަކުރާރު ކުރައްވާފައި އެވެ.

އެމެރިކާގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އީރާންގެ ނިއުކްލިއާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށެވެ. ނަމަވެސް މިކަމުގައި އެމެރިކާގެ ބައިވެރިންނާއި، އިޒްރޭލްގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ޓްރަމްޕްގެ ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްއީރާން-އިޒްރޭލް-އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ އެމެރިކާ-އިޒްރޭލު

އިތުރަށް ކިޔާލަން

25 މެއި 2026

އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ

25 މެއި 2026
އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ
25 މެއި 2026

އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ

25 މެއި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ
25 މެއި 2026

އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް ޓްރަމްޕް އަންގަވައިފި

25 މެއި 2026
އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް ޓްރަމްޕް އަންގަވައިފި
24 މެއި 2026

އެއްވެސް ނިންމުމެއް ނިންމާނީ ރޫހީ ލީޑަރުގެ ހުއްދައާ އެކު: އީރާންގެ ރައީސް

24 މެއި 2026
އެއްވެސް ނިންމުމެއް ނިންމާނީ ރޫހީ ލީޑަރުގެ ހުއްދައާ އެކު: އީރާންގެ ރައީސް
24 މެއި 2026

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި

24 މެއި 2026
ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު