Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އަށް ގެއްލުންވާ ފަދަ "ގޯސް" އެއްބަސްވުމެއް ޓްރަމްޕް ނުހައްދަވާނެ: ރޫބިއޯ

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގައި ލަސް ތަކެއް ވަމުން ދަނީ ކީއްވެގެންތޯ ނޫސްވެރިން ސުވާލު ކުރުމުން ރޫބިއޯ ވިދާޅުވީ، މިވަގުތު މަޑު ޖެހިފައި ވަނީ އީރާންގެ ފަރާތުން ލިބެން ޖެހޭ ޖަވާބަކަށް ކަމަށް. އަދި އީރާންގެ ސިޔާސީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ކަންކަމުގައި ގޮތެއް ނިންމައި ރަސްމީ ޖަވާބެއް ދިނުމަށް އެ ގައުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2026 | ހޯމަ 05:28
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ.

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާން އާއެކު ގާއިމުކުރާ އެއްވެސް އެއްބަސްވުމަކީ، އެމެރިކާ އަށް ގެއްލުން ވާނެ ފަދަ "ގޯސް" އެއްބަސްވުމަކަށް ނުވާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ދެއްވައިފި އެވެ.

ރޫބިއޯ މިހެން ވިދާޅުވީ އީރާން އާއެކު ކުރިއަށްދާ މަޝްވަރާ ތަކާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ. ރޫބިއޯ މި ވާހަކަތައް ދައްކަވާފައި މި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރުމުގެ އުންމީދު ބޮޑުވެފައިވާ ވަގުތެއްގަ އެވެ. 

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގައި ލަސް ތަކެއް ވަމުން ދަނީ ކީއްވެގެންތޯ ނޫސްވެރިން ސުވާލު ކުރުމުން ރޫބިއޯ ވިދާޅުވީ، މިވަގުތު މަޑު ޖެހިފައި ވަނީ އީރާންގެ ފަރާތުން ލިބެން ޖެހޭ ޖަވާބަކަށް ކަމަށެވެ. އަދި އީރާންގެ ސިޔާސީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ކަންކަމުގައި ގޮތެއް ނިންމައި ރަސްމީ ޖަވާބެއް ދިނުމަށް އެ ގައުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މި މަޝްވަރާ ތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް އަކީ ގައުމަށް ފައިދާ ނުވާނެ ފަދަ ދަށު ދަރަޖައިގެ އެއްބަސްވުން ތަކުގައި ސޮއި ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމެރިކާގެ މަސްލަހަތު ހިމާޔަތް ނުކުރެވޭ އެއްވެސް މުއާމަލާތެއް ޓްރަމްޕްގެ ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ، އީރާންގެ ނިއުކްލިއާ މައްސަލަ އާއި، ސަރަހައްދީ ހަމަޖެހުމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ޓްރަމްޕްގެ ސަރުކާރުން އަބަދު ވެސް ވަކާލާތު ކުރަމުން ދަނީ އީރާން އާއެކު ކުރާ ކޮންމެ މުއާމަލާތަކީ، އެމެރިކާގެ ގައުމީ ސަލާމަތާއި އިގްތިސާދަށް އެންމެ ފައިދާ ހުރި ގޮތަށް ކުރެވޭ މުއާމަލާތް ތަކެއް ކަމަށް ހެދުމަށެވެ. 

މި މައްސަލައިގައި އީރާންގެ ފަރާތުން ރަސްމީ ޖަވާބެއް ލިބުމުން، ކުރިއަށް އޮތް ފިޔަވަޅުތައް އަޅާނެ ގޮތުގެ ތަފްސީލު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ހާމަ ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާތަނަށް އީރާން އިން މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ

އިތުރަށް ކިޔާލަން

25 މެއި 2026

އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ

25 މެއި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ
25 މެއި 2026

އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް ޓްރަމްޕް އަންގަވައިފި

25 މެއި 2026
އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް ޓްރަމްޕް އަންގަވައިފި
24 މެއި 2026

އެއްވެސް ނިންމުމެއް ނިންމާނީ ރޫހީ ލީޑަރުގެ ހުއްދައާ އެކު: އީރާންގެ ރައީސް

24 މެއި 2026
އެއްވެސް ނިންމުމެއް ނިންމާނީ ރޫހީ ލީޑަރުގެ ހުއްދައާ އެކު: އީރާންގެ ރައީސް
24 މެއި 2026

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި

24 މެއި 2026
ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި
24 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު

24 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު