އީރާނުގެ ނިއުކްލިއާ ޕްރޮގްރާާމް ނައްތާލުމަށް، ޓްރަމްޕް އާއި ނަތަންޔާހޫ އެއްބަސްވެއްޖެ
ޓެލެގްރާމް މެދުވެރިކޮށް ނަތަންޔާހޫ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އީރާންގެ ނިއުކްލިއާ ނުރައްކާ ނައްތާލުމަށް ޓަކައި އެ ގައުމުގައި ހުރި ނިއުކްލިއާ މުއްސަނދި ކުރާ މަރުކަޒުތައް އުވާލަން ޖެހޭ ކަމަށް. އަދި އީރާންގެ ބިމުގައި މިހާރު މުއްސަނދި ކޮށްފައި ހުރި ނިއުކްލިއާ މާއްދާތައް، އެ ގައުމުން ބޭރު ކުރަން ޖެހޭނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް
އީރާން އާއެކު އެކުލަވާލާ ކޮންމެ އެއްބަސްވުމެއްގައި ވެސް، އެ ގައުމުގެ ނިއުކްލިއާ ނުރައްކާ ނައްތާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެ ވަޑައިގެންފި އެވެ.
މިކަން ހާމަ ކުރައްވައި ނަތަންޔާހޫ ވިދާޅުވީ، އީރާންގެ ނިއުކްލިއާ މަޝްރޫއުގެ ސަބަބުން ކުރިމަތި ވެފައިވާ ނުރައްކާތައް އެއްކޮށް ނައްތާލުމަށް ދެ ބޭފުޅުން ވެސް ތާއީދު ކުރައްވާ ކަމަށެވެ.
ޓެލެގްރާމް މެދުވެރިކޮށް ނަތަންޔާހޫ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، އީރާންގެ ނިއުކްލިއާ ނުރައްކާ ނައްތާލުމަށް ޓަކައި އެ ގައުމުގައި ހުރި ނިއުކްލިއާ މުއްސަނދި ކުރާ މަރުކަޒުތައް އުވާލަން ޖެހޭ ކަމަށެވެ. އަދި އީރާންގެ ބިމުގައި މިހާރު މުއްސަނދި ކޮށްފައި ހުރި ނިއުކްލިއާ މާއްދާތައް، އެ ގައުމުން ބޭރު ކުރަން ޖެހޭނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
މީގެ އިތުރުން ލުބުނާންހިމެނޭހެން، ހުރިހާ ދިމާއަކުން ކުރިމަތިވާ ނުރައްކާ ތަކުން ދިފާއު ވުމުގެ ހައްގު އިޒްރޭލް އަށް އޮތްކަން އެމެރިކާގެ ރައީސް ޓްރަމްޕް ތަކުރާރު ކުރެއްވި ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
އިޒްރޭލްގެ އިސް އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ ދެ ބޭފުޅުންގެ މެދުގައި ދެކެވުނު ވާހަކަ ތަކުގައި، އީރާންގެ ނިއުކްލިއާ މަޝްރޫއު އުވާލުމަށް ޓްރަމްޕް ކުރައްވާ ޑިމާންޑުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ނަތަންޔާހޫ އަށް ދެއްވާފައިވާ ކަމަށެވެ. އަދި އީރާނުގެ ބިމުން ހުރިހާ ޔުރޭނިއަމްއެއް ބޭރު ކުރުމަށާއި، މި ޝަރުތުތައް ފުރިހަމަ ނުވާ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް އެ އޮފިޝަލް ހާމަ ކުރެއްވި އެވެ.
މީގެ އިތުރުން، ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުމާ ގުޅޭ ގޮތުން ވެވޭ ފަހުމުނާމާގެ މަޝްވަރާ ތަކާއި، ހައްލު ނުވެ ހުރި މައްސަލަ ތަކުގައި އެކުލަވާލާ ފައިނަލް އެއްބަސްވުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެމެރިކާ އިން ދަނީ އިޒްރޭލްއާ ހިއްސާ ކުރަމުންނެވެ.
މި މަޝްވަރާ ތަކުގެ ތެރޭގައި ނަތަންޔާހޫ ވަނީ ލުބުނާން ފަދަ ގައުމު ތަކުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މިނިވަންކަން އިޒްރޭލް އަށް އޮންނަން ޖެހޭނެ ކަމަށް ބާރު އަޅުއްވާފަ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެކަމަށް ފުރިހަމަ އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފަ އެވެ.
މަސްދަރު: އެޖެންސީސް





