Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް ޓްރަމްޕް އަންގަވައިފި

ޓްރަމްޕް ވިދާޅުވި ގޮތުގައި މަޝްވަރާތައް ކުރިއަށްދާ އިރު، އީރާން އާއެކު އެމެރިކާގެ ގުޅުން މާ ފަންނީ އަދި މާ ނަތީޖާ ހޯދޭ ގޮތަކަށް ވެއްޖެ. ނަމަވެސް އޭނާ އިތުރަށް ވިދާޅުވީ، ދެ ފަރާތުން ވެސް ވަގުތު ނަގައި ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެއްވެސް ގޯހެއް ވެގެން ނުވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2026 | ހޯމަ 05:22
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި، އަވަސް އަރުވާލައިގެން އެއްބަސްވުމަކަށް ނުދިޔުމަށް އެމެރިކާގެ މަންދޫބުންނަށް އަންގަވާފައިވާ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް ޓްރޫތު ސޯޝަލްގައި ލިޔުއްވި ގޮތުގައި އީރާންގެ ބޯޓު ތަކަށް ހޮރްމޫޒް ކަނޑު އޮޅީގައި އެމެރިކާ އިން ކުރިމަތި ކުރަމުންދާ ހުރަސްތައް، އެއްބަސްވުމެއް ހަދައި ސޮއި ކުރެވޭ ހިސާބަށް ދާން ދެން ފުރިހަމަ ބާރުގައި ދެމި އޮންނާނެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މަޝްވަރާތައް ކުރިއަށްދާ އިރު، އީރާން އާއެކު އެމެރިކާގެ ގުޅުން މާ ފަންނީ އަދި މާ ނަތީޖާ ހޯދޭ ގޮތަކަށް ވެއްޖެ އެވެ. ނަމަވެސް އޭނާ އިތުރަށް ވިދާޅުވީ، ދެ ފަރާތުން ވެސް ވަގުތު ނަގައި ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެއްވެސް ގޯހެއް ވެގެން ނުވާނެ ކަމަށެވެ.

އޭގެ ކުރީ ދުވަހު ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމަށް ސުލްހައިގެ އެއްބަސްވުމެއްގެ މަތިން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއް އެމެރިކާ އާއި އީރާންއާ ދެމެދު ޤާއިމު ކުރުމުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ.  ހަނގުރާމައިގެ ކުރިން މި ކަނޑު އޮޅި އަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މުހިންމު ކަނޑު އޮޅި އެކެވެ. ނަމަވެސް، ކަނޑު އޮޅި ބަންދު ކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ދަނީ އެކަމުގެ ގެއްލުންތައް ދައްކަމުންނެވެ. 

މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން ފެށި ހަނގުރާމަ ނިންމުމަށް އެއްބަސްވުމަށް އައުމުގެ އުންމީދު ވަނީ ކޮންމެ ވެސް ވަރަކަށް ބޮޑުވެފަ އެވެ.  އާދިއްތަ ދުވަހު ޓްރަމްޕް ވިދާޅުވި އެއްބަސްވުމަކީ މަޝްވަރާ ކުރަމުންދާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއް ތޯ، ނުވަތަ އެއަށްވުރެ ގިނަ ގޮންޖެހުން ތަކެއް ހުރި ފައިނަލް ސުލްހަ އެއްބަސްވުމެއްތޯ ސާފު ނުވާ ކަމަށެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

24 މެއި 2026

އެއްވެސް ނިންމުމެއް ނިންމާނީ ރޫހީ ލީޑަރުގެ ހުއްދައާ އެކު: އީރާންގެ ރައީސް

24 މެއި 2026
އެއްވެސް ނިންމުމެއް ނިންމާނީ ރޫހީ ލީޑަރުގެ ހުއްދައާ އެކު: އީރާންގެ ރައީސް
24 މެއި 2026

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި

24 މެއި 2026
ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި
24 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު

24 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު
24 މެއި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު

24 މެއި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު
24 މެއި 2026

އީރާން އެއްބަސްވުމުގެ ބޮޑު ބައެއް ނިމިއްޖެ: ޓްރަމްޕް

24 މެއި 2026
އީރާން އެއްބަސްވުމުގެ ބޮޑު ބައެއް ނިމިއްޖެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު