Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެއްވެސް ނިންމުމެއް ނިންމާނީ ރޫހީ ލީޑަރުގެ ހުއްދައާ އެކު: އީރާންގެ ރައީސް

އީރާންގެ ސަރުކާރުން ނިންމާ އެއްވެސް ނިންމުމަކީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮނިގަނޑުގެ ބޭރުން، އަދި އެންމެ މަތީ ވެރިޔާގެ ހުއްދަ ނެތި ނިންމާނެ ނިންމުމެއް ނޫން ކަމަށް ޕެޒެޝްކިއާން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މެއި 2026 | އާދީއްތަ 12:26
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ގެޓީ އިމޭޖަސް

އެމެރިކާ އާއެކު އީރާން އިން އެއްވެސް އެއްބަސްވުމަކަށް، ނުވަތަ އެއްވެސް ނިންމުމެއް ނިންމާނީ އެ ޤައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ހުއްދަ ލިބިގެން ކަމަށް، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ. 

އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ރައީސް ޕެޒެޝްކިއާން ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެދޭ ފަދަ އެއްވެސް ބަޔާނެއް، ނުވަތަ ދިރާސާއެއް ނެރުމަކީ ހަގީގަތުގައި ދުޝްމަނުންނަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އެފަދަ އަމަލު ތަކަކީ ޤައުމަށް ލިބޭ ގެއްލުމަކަށް ވެގެން ދާނެ ކަމަށް ވެސް ޕެޒެޝްކިއާން ފާހަގަ ކުރެއްވި އެވެ.

އީރާންގެ ސަރުކާރުން ނިންމާ އެއްވެސް ނިންމުމަކީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އޮނިގަނޑުގެ ބޭރުން، އަދި އެންމެ މަތީ ވެރިޔާގެ ހުއްދަ ނެތި ނިންމާނެ ނިންމުމެއް ނޫން ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ. ޤައުމު ހިންގުމުގައި ބޭނުން ވަނީ އެއް ނިންމުމަކަށް ތަބާވުމާއި، އެންމެން ގުޅިގެން އެ ނިންމުން ތަކަށް ކިޔަމަން ތެރިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ޕެޒެޝްކިއާން އިތުރަށް ވިދާޅުވީ ބައިނަލްއަޤުވާމީ މައިދާނުގައި، ޚާއްސަކޮށް އެމެރިކާއާ އެކު ކުރެވޭ މުއާމަލާތް ތަކުގައި އީރާން އިން ގެންގުޅޭނީ އެއް ސިޔާސަތެއް ކަމަށެވެ. އަދި ޤައުމުގެ ސިޔާދަތާއި، މަސްލަހަތު ހިމާޔަތް ކުރުމުގައި އެންމެ މަތީ ވެރިޔާގެ އިރުޝާދަކީ އެންމެ މުހިންމު އަސާސް ކަމުގައި ވެސް ޕެޒެޝްކިއާން ފާހަގަ ކުރެއްވި އެވެ.

އީރާންގެ ރައީސް ޕެޒެޝްކިއާން މިހެން ވިދާޅުވެފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމުކޮށް، ދެ ޤައުމުގެ ދެ މެދުގައި އެއްބަސްވުމެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ވަގުތެއްގަ އެވެ. އަދި އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެމެރިކާގެ އޮފިޝަލުން ބުނަމުން އަންނަ ވަގުތެއްގަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީއިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

24 މެއި 2026

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި

24 މެއި 2026
ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި
24 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު

24 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު
24 މެއި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު

24 މެއި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު
24 މެއި 2026

އީރާން އެއްބަސްވުމުގެ ބޮޑު ބައެއް ނިމިއްޖެ: ޓްރަމްޕް

24 މެއި 2026
އީރާން އެއްބަސްވުމުގެ ބޮޑު ބައެއް ނިމިއްޖެ: ޓްރަމްޕް
24 މެއި 2026

60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އާއި އީރާންއާ ދެމެދު އައު ހުށަހެޅުމެއް

24 މެއި 2026
60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އާއި އީރާންއާ ދެމެދު އައު ހުށަހެޅުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު