Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިސަލް ނަސީމް

ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން: ފައިސަލް ނަސީމް

ގެސްޓްހައުސް ވިޔަފާރީގައި ދިވެހިންނަށް ފުރުސަތުތައް ފަހިވާނޭހެން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި. ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ވެސް ވަނީ އިލްތިމާސްކޮށްފަ. އެހެންކަމުން މި ސިނާއަތް ހިމާޔަތްކުރުމަށް މާލީ އިދާރާތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން އެ ފަރާތްތަކުން ފާހަގަކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 މެއި 2026 | އަންގާރަ 06:36
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެއެމްވީ

މި ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގެސްޓް ހައުސްގެ ވިޔަފާރީގައި ދިވެހީން ކުރިއަރުވަން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ގެސްޓްހައުސް ވިޔަފާރީގައި އެންމެ ބޮޑަށް ކުރިއަރާފައިވާ މާލެ އަތޮޅު މާފުއްޓަށް އެމަނިކުފާނު ވަނީ މިފަހުން ޒިޔާރަތް ކުރައްވާފަ އެވެ. 

އެ ޒިޔާރަތަށް ފަހު ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރީގައި އެތައް ސަތޭކަ ކޮޓަރިއާ އެކު، މާފުށި އެދަނީ އިގްތިސާދު ވަރުގަދަ ރަށަކަށް ބަދަލުވަމުން ކަމަށެވެ.

ފައިސަލް ވިދާޅުވީ އެރަށުން ދައުލަތަށް އެތައް މިލިޔަން ޑޮލަރެއް ޓެކްސްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް އަންނަނީ ލިބެމުން ކަމަށާ މާފުއްޓަކީ، ގެސްޓް ހައުސްގެ ވިޔަފާރިން ރާއްޖޭގެ ރަށް ތަކަށް އިގްތިސާދީ ކުރި އެރުންތައް ގެނެވޭނެ ކަމުގެ ޔަގީންކަން ހާމަކޮށްދިން ރަށެއް ކަމަށެވެ.  

‏އެހެންކަމުން ގެސްޓް ހައުސްގެ މި ވިޔަފާރީގައި ދިވެހީން ކުރިއަރައި ދިޔުމަށްޓަކައި ފުރުސަތުތައް ފަހިކޮށް، ވިޔަފާރި ހިންގުމަށް ފަސޭހަ ވާނޭ ގޮތަށް ސަރުކާރުން ސިޔާސަތުތައް ބައްޓަން ކޮށްދޭން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ. 

މި ހީނަރުކަމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމަށްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އެޖެންޓުންނަށެވެ. މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ގިނަ އަދަދެއްގެ ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު އޮތްކަން މަޓާޓޯއާއި އެންއެޗްޖީއޭއެމްއިން ވަނީ ހާމަކޮށްފަ އެވެ.

އެހެންކަމުން، ސަރުކާރާއި މާލީ އިދާރާތައް ގުޅިގެން މި ސިނާއަތް ހަމައަކަށް އެޅުވުމަށްޓަކައި ކުއްލި އެހީގެ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމިއްޔާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފައިސަލް ނަސީމްމަޓާޓޯގެސްޓްހައުސް ވިޔަފާރިފަތުރުވެރިކަން

އިތުރަށް ކިޔާލަން

24 މެއި 2026

ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް

24 މެއި 2026
ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް
22 މެއި 2026

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟

22 މެއި 2026
ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟
22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
20 މެއި 2026

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

20 މެއި 2026
ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް
19 މެއި 2026

ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

19 މެއި 2026
ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު