Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަތުރުވެރިކަމަަށް ބޮޑު ގެއްލުން

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟

22 މެއި 2026 | ހުކުރު 13:49

ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެތީ މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެ އަދަދުތަކަކީ ސަރުކާރުން ބަލައިގަންނަ ހިސާބުތަކެއް ނޫން ކަމަށް ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 22 މެއި 2026 | ހުކުރު 13:49
ވިލާ ޕާކް މޯލްޑިވްސް ގައި ފަތުރުވެރިންތަކެއް ބައިސްކަލު ދުއްވަނީ

ވިލާ ޕާކް މޯލްޑިވްސް ގައި ފަތުރުވެރިންތަކެއް ބައިސްކަލު ދުއްވަނީ | ވިޒިޓް މޯލްޑިވްސް

ދިވެހި މުސްކުޅި ބަހެއްގައި އޮވެ އެވެ. ނުބީހެންޏާ ކަނޑާ ހަމައެވެ. މިހެން ބުނެ އުޅެނީ ދޯނި އެއްވެސް ތަނަކު ނުބީހެއްޏާ، އެ ދޯނި އެ އޮތީކަނޑުގައި އޮންނަ އިރު އޮންނާނޭ ގޮތަށް ކަމަށް ބުނުމުގެ ގޮތުންނެވެ. މި ބަސް ބުނެ އުޅެނީ އެއީ ފަޅެއްގައި އޮތަސް ނޫނީ  ފަޅެއްގައި  އޮތަސް ނުބީހޭ ކަމުގައި ވަނީނަމަ، އެ ދޯނި ކަނޑުގައި އޮތުމާއި، އޮޑިއަށް ވާނީ ހަމަ އެއްވަރެއް ކމަށް ބުނުމަށް ބުނާ ބަހެކެވެ.

ދިވެހިން މި ބަސް ބޭނުންކޮށް އުޅެނީ  ކަމެއް ވުން ކިތަންމެ ގާތްވެފައި، އެކަމެއް ނުވެ ދިޔުމުން، އެކަމާ މެދު ފަރުވާލެއް ނެތްކަން ހާމަކޮށްދޭ މާނައެވެ.  މިއީ ރާއްޖޭގެ އިގްތިސާދާއި މެދު ސަރުކާރުން އަމަލުކުރާ މޭރުމެވެ. ޚާއްސަކޮށް ފަތުރުވެރިކަމާއި މެދުގަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާ ރަތް ރަނގަބީލު އަޅާ އިރު ސަރުކާރަށް ވަރިހަމަ އެވެ. އެ ދާއިރާގެ ވަޒީފާތައް ގެއްލެމުން ދާ އިރު މާބޮޑު ކަމަކަށް ނުހަދަ އެވެ. އަދި ހޮޓެލްތަކާއި ރިސޯޓްތައް ރެއަކަށް ދޫކުރާ ނިސްބަތް އިންތިހާ އަށް ދަށް ވާ އިރު އެކަން އެއީ ނުވާކަމަކަށް ހަދައިގެން ސަރުކާރުން ތިބީ އެކަން ވަންހަނާކޮށް ސިއްރުކޮށްގެންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ހަގީގީ ހާލަތު ރައްޔިތުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން ފޮރުވަމުން ސަރުކާރުން ދަނީ ފަހަރުގައި ލިބިދާނެ ހުތުރު ނަމަކަށް ވިސްނާފައި ކަމަށް ވެދާނެ އެވެ. އެކަމަކު ދާއިރާގެ އާރުކާޓީ އިން ސަލާމަތަށް އެދި އާދޭސްކުރަނީ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވެދާނެތީ ސަރުކާރުގެ އެހީއަށް ޖަމިއްޔާ ޖަމާއަތްތަކުން އެދުނެވެ. އެ އަޑު ވެސް ސަރުކާރަކަށް ނީވުނެވެ. އެ އަދަދާއި ގުޅުވައިގެން ސީދާ އެހީތެރިކަމެއް ދިނުމަށް ވިސްނާފައި ނެތް ކަމަށް ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ސާފުކޮށް ވިދާޅުވި އެވެ.

ތަފާސްހިސާބަށް ބެލިޔަސް ސަރުކާރުގެ ލަވަޔާއި ނަމްބަރުތަކާއި ދިމަ އެއް ނުވެ އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ މާޗް އަދި އޭޕްރީލް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މެއި މަހުގެ ތެރޭގައިވެސް މި ހީނަރުކަން ދެމިއޮތްއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ ކުރިމަގުގެ ބުކިންތައްވެސް ހުރީ ވަރަށް ދަށްކޮށެވެ.

މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްއަށާއި، ވަޒީފާތަކުގެ އިތުރުން މުޅި ގައުމީ އިގްތިސާދުގެ ހަމަޖެހުމަށް ބޮޑު ނުރައްކާތަކެއް ކުރިމަތިވަމުންދާކަން އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ. ނަމަވެސް ސަރުކާރުން މި ކަންކަމުގެ ސީރިއަސްކަން ގަބޫލުކުރުމުގެ ބަދަލުގައި، ސިނާއަތުގެ ފަރާތްތަކުން ދެމުންދާ އަދަދުތައް ދޮގުކޮށް، ހަގީގީ ހާލަތު ފޮރުވަމުން ދަނީ ކަމަށް ސިނާއަތުގެ ތެރޭގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. ތެޅިގަންނާނީ މުޅި އޮޑި ފަރަށް އެރީމަ ނޫނީ ތަނަކަށް ބީއްސާލީމަތޯ އެވ؟. ފަތުރުވެރިކަމުގެ ދޮރާށި ބަންދު ނުވަނީސް ދާއިރާ ނުރަކައްލަށް ހުށަހެޅޭކަން ގަބޫލު ނުކުރެވެނީބާ އެވެ؟

މުހައްމަދު އަމީންމޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޓް ޓުއާ އޮޕަރޭޓާސްނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްފަތުރުވެރިކަންޑަބްލިއު މޯލްޑިވްސް

އިތުރަށް ކިޔާލަން

22 މެއި 2026

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު
21 މެއި 2026

ރާއްޖެއިން ތާއީދުކުރަނީ ވަންޗައިނާ ޕޮލިސީއަށް، ޓައިވާނަކީ ޗައިނާގެ ސަރަހައްދުގެ ބައެއް: ފޮރިން މިނިސްޓްރީ

21 މެއި 2026
ރާއްޖެއިން ތާއީދުކުރަނީ ވަންޗައިނާ ޕޮލިސީއަށް، ޓައިވާނަކީ ޗައިނާގެ ސަރަހައްދުގެ ބައެއް: ފޮރިން މިނިސްޓްރީ
20 މެއި 2026

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

20 މެއި 2026
ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް
19 މެއި 2026

ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

19 މެއި 2026
ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް
19 މެއި 2026

ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް!

19 މެއި 2026
ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް!
18 މެއި 2026

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

18 މެއި 2026
ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި
18 މެއި 2026

ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު

18 މެއި 2026
ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު
11 މެއި 2026

ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟

11 މެއި 2026
ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟
10 މެއި 2026

ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ

10 މެއި 2026
ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ
05 މެއި 2026

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް