Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް

11 މެއި 2026 | ހޯމަ 05:54

ކުރީގެ ނައިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، އާންމު ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަނުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކަށް ފުރުސަތު ދޭންޖެހޭ ކަމަށް. ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ވިޔަފާރިވެރިންގެ މަޝްވަރާ ހޯދުމަށާއި، ފައިދާނުވާ ކުންފުނިތައް އުވާލައި ކަންކަން ދަންނަ މީހުންނާ މަސައްކަތްތައް ހަވާލުކުރުމަށް އެމަނިކުފާނު ގޮވާލެއްވި. އަދި އަސާސީ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށްވެސް ފައިސަލް ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 11 މެއި 2026 | ހޯމަ 05:54
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތްކަން މިހާރު ހާމަވެފައިވާ ކަމަށާއި، ގާނޫނު އަސާސީގެ އިތުރުން އެހެނިހެން ކަންކަމަށް މިސަރުކާރުން ގެނެސްފައިވާ ބަދަލުތައް ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ބަދަލު ކުރަންޖެހޭކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މިހާރު ގެންނަ ބަދަލުތައް ހުއްޓާލައި، ރައްޔިތުންނަށް ފައިދާ ކުރާނެ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކުގެ މެންޑިޑޭޓްތައް އެއްނުކޮށް އެ ބައެއްގެ މަސައްކަތް ކުރުމަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، މަސައްކަތް ކުރަން ދަންނަ މީހުންނާ ކަންކަން ހަވާލު ކުރަން ޖެހޭ ކަމަށެވެ. މިގޮތަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން އަމަލު ނުކުރާނަމަ ގައުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން ފައިސަލް ވިދާޅުވީ ސަރުކާރުން ވިޔަފާރިވެރިންނާ ބައްދަލު ކުރަން ޖެހޭ ކަމަށާއި، އެމީހުންގެ ބައިވެރިވުމާއެކު މިހާރު ގައުމަށް ދަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ ކަމަށެވެ. ވިޔަފާރިވެރިންނަކީ ގައުމުގެ އިގްތިސާދަށް ފައިސާ ގެންނަ ބަޔަަކަށްވާއިރު، މައްސަލަތައް ހައްލު ކުރުމުގައި އެމީހުންގެ ދައުރު ވަރަށް ބޮޑުކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ވިޔަފާރީގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށާއި، ވިޔަފާރިތައް ކުރިއެރުވުމުގެ ފުރުސަތު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ފަރާތުން ފެންނަމުންދަނީ އެމަންޒަރު ނޫން ކަމަށާއި، ގައުމުގެ ކަންކަން ރަނގަޅު ކުރަން ބޭނުންވާ ކަމަށްވާނަމަ އެ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ ކުންފުނިތައް ސަރުކާރުން އުފައްދާފައިވާ ކަމަށާއި، ފައިދާ ނުވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ ކަމަށެވެ. 

ދިވެހި ވިޔަފާރިވެރިން، ދިވެހީން ކުރިއެރުވުމަށް މަސައްކަތް ކުރާ ކަމަށްވަންޏާ އަޅުގަނޑުމެން ފުރުސަތުތައް ދޭން އެބަ ޖެހޭ ތެދެއްތޯ. ދިވެހި ކުންފުނިތަކަށް. އަޅުގަނޑުމެންނަށް މިފެންނަނީ ސަރުކާރުގެ ކުންފުނިތަކުގައި ހުރިހާ މަސައްކަތްތަކެއް މިއޮތީ. ފަޅު ހިއްކަން ވިޔަސް ގޮނޑުދޮށް ހިމާޔަތް ކުރަން ވިޔަސް، ބަނދަރު ހެދުމުގެ ކަންތަކަށް ވިޔަސް، ޕޫލް އެޅުން، ހޮސްޕިޓަލް އެޅުން، މަގު ހެދުން، ވަކި ކަމެއް ނޫން. އެމްއޭސީއެލް ނޫނީ ރޯޑް ޑިވަލޮޕްމަންޓް، އެމްޓީސީސީ. އެގޮތަކަށް ގައުމު ކުރި ނާރާނެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ފައިސަލް ވިދާޅުވީ މިހާރު މިގައުމުގައި އަސާސީ ކާބޯތަކެއްޗާއި، ބޭސް ލިބުމުގައި ވަރަށް ދަތިވެ، ރައްޔިތުންގެ ދިރިއުޅުން އުދަނގޫ ވެފައިވާ ކަމަށެވެ. މި ހާލަތު ބަދަލު ކުރަން ޖެހޭ ކަމަށާއި، ރަނގަޅު ގޮތުގައި ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ ރުހުން ބޭނުންވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ނަސީމްޤާނޫނުއަސާސީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

10 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި
10 މެއި 2026

ރާއްޖެ އަކީ 30 އިންސައްތަ އަަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް މުއިއްޒުގެ ގައުމެއް ނޫން: ކުރީގެ ރައީސް ނަޝީދު

10 މެއި 2026
ރާއްޖެ އަކީ 30 އިންސައްތަ އަަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް މުއިއްޒުގެ ގައުމެއް ނޫން: ކުރީގެ ރައީސް ނަޝީދު
09 މެއި 2026

ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟

09 މެއި 2026
ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟
09 މެއި 2026

ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން

09 މެއި 2026
ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން
07 މެއި 2026

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި

07 މެއި 2026
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި
07 މެއި 2026

ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

07 މެއި 2026
ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
06 މެއި 2026

އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން

06 މެއި 2026
އީޝާ ފުލުހަށް ހާޒިރު ކުރީ ހަތަރު ފަރާތުން މަގު ބަންދުކޮށްގެން، ފުލުހުން ދަނީ ނޫސްވެރިންނަށް ވެސް ހުރަސް އަޅަމުން
06 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

06 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ
06 މެއި 2026

ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ

06 މެއި 2026
 ރަސްމާދޫ ފެން ޕްލާންޓްގެ 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ވަނީ މަސައްކަތް ހުއްޓާލާ ވީރާނާވާން ދޫކޮށްލާފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް