Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން

ފަތުރުވެރިން މަދުވުމުން ސަރުކާރަށް ވުރެ ބޮޑަށް އޭގެ އަސަރު ކުރަނީ މުޅި ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް: ޝާޒް

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 150،000 އަށް ވުރެ ބޮޑުތަނުން މަދުވެފައިވާއިރު، މި ކްރައިސިސް މެނޭޖްކުރުމަށް ސަރުކާރުން އަމަލީ މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން މަޓާޓޯއިން ވަނީ ފާޅުކޮށްފަ. ފަތުރުވެރިން މަދުވުމުގެ ސަބަބުން އިގްތިސާދަށް ލިބޭ ގެއްލުމުގެ އަސަރު ގެސްޓްހައުސްތަކާއި، ކުދި ވިޔަފާރިތަކުގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތަށް ބަރޯސާވާ އާއިލާތަކަށް އިންތިހާއަށް ކުރަމުންދާކަން އެ ޖަމިއްޔާއިން ފާހަގަކުރޭ. އެހެންކަމުން، މި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ޖަމިއްޔާތަކުން މިހާރު ވަނީ ގޮވާލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 މެއި 2026 | އާދީއްތަ 09:52
މަޓާޓޯގެ ނައިބު ރައީސް ޝާޒް ވަލީދު

މަޓާޓޯގެ ނައިބު ރައީސް ޝާޒް ވަލީދު | ސްކްރީން އިމޭޖް

ފަތުރުވެރިން މަދުވުން އެކަމުގެ އަސަރު ސަރުކާރަށް ވުރެ ބޮޑަށް ކުރާނީ މުޅި އެ ސިނާއަތަށް ބަރޯސާވެގެން ތިބޭ އެތައް އާއިލާތަކަށް ކަމަށް ރިސޯޓް ލައިފް މޯލްޑިވްސްގެ ވެރިޔާ އަދި މަޓާޓޯގެ ނައިބު ރައީސް ޝާޒް ވަލީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާޒް ވިދާޅުވީ މި ދައްކަނީ 150،000 އަށް ވުރެ ގިނަ އަދަދެއްގެ ޓޫރިސްޓުން މަދުވެގެން އެ ވާހަކަ ކަމަށެވެ. އަދިވެސް މި ކްރައިސިސް މެނޭޖްކުރާކަށް މި ސަރުކާރުން އެއްވެސް ކަހަލަ ކަމެއް ކުރާތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިއަދު ޕްރެސް ރިލީޒްތަކާ މީޑިއާގައި އެ ބޭފުޅުން ދައްކަވާ ވާހަކަތައް ފެންނަމުންދާ ކަމަށާ ނަމަވެސް މި މައްސަލައަށް ހައްލެއް ހޯދުމަށް އަމަލީ ސިފައެއްގައި މަސައްކަތް ކުރާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރު ވިސްނަވާ 150،000 ފަތުރުވެރިން މިދިޔަ ޕީރިއަޑެއްގައި ރާއްޖެއަށް ދުވާލަކު އެރައިވަލް ތެރެއިން މަދުވެގެން ދާ ކަމަށް ވާނަމަ އެ ބާރު ކުރަނީ ދިވެހިރާއްޖޭގެ އިގްތިސާދަށް. މަނިޓަރީ އަށް ހުރިހާ ގެއްލުމެއް އެ ވަނީ. މި ފަތުރުވެރިންނަށް ބަރޯސާވެގެން އެބަތިބޭ އެތައް އާއިލާތަކެއް. މިދެންނެވީ މިސާލަކަށް މާފުއްޓަށް ބަލާލިއަސް އަދި ކައިރީގައި ގެސްޓްހައުސްތައް ހިންގާ ރަށްތަކަށް ބަލާލިއަސް އަދި ގެސްޓް ޝޮޕްތައް ހިންގާ ކުދިކުދި، މެދު އަދި އެންމެ ކުދި ވިޔަފާރި ކުރާ މީހާ އަށް، އައްޑުއަތޮޅު ބޮނޑި، ބޮޑި ހަދާ މީހާ އަށް ވެސް މީގެ އިފެކްޓް އެބަ ކުރޭ. ވާގޮތަކީ އެއާޕޯޓަށް ބޮނޑި ގަނެގެން ގެސްޓުން އެބަ ގެންދޭ ބޭރަށް. އެ ބޮނޑިކޮޅު ގަންނާނެ މީހާ ނެތީމާ ކިހިނެއްތޯއޭ އެ ބޮނޑިކޮޅު ހަދާނީ. 
ރިސޯޓް ލައިފް މޯލްޑިވްސްގެ ވެރިޔާ އަދި މަޓާޓޯގެ ނައިބު ރައީސް ޝާޒް ވަލީދު

ޝާޒް ވިދާޅުވީ މި ކަންކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާ އެތައް އާއިލާތަކެއް އެބަތިބި ކަމަށެވެ. އެގޮތުން ސިނާއަތުގައިވާ ކުދިކުދި ކަންކަމަށް ބަރޯސާވާ ބައެއް އާއިލާތަކަށް ކަރަންޓު ބިލުވެސް ދެއްކޭނެ ގޮތެއް މިއަދު ނެތް ކަމަށާ ފަތުރުވެރިން މަދުވުމުން އެތައް ގޭބިސީއަކަށް އަސަރު ކުރަމުންދާ ކަމަށެވެ. 

އޭގެ އިތުރުން އެހެން ސިނާއަތްތަކަށް ބަލާއިރު ދަނޑުވެރިކަމުގެ ސިނާއަތަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާކަމަށާ ދަނޑުވެރިން ރިސޯޓުތަކަށް ފޮނުވާ މުދާތައް ވެސް ނުވިކޭއިރު ލިބެމުންދަނީ ހުސް ގެއްލުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އެރި ބުރޫތަކާއެކު، ރާއްޖެ ޒިޔާރަތްކުރަމުންދާ ފަތުރުވެރިންގެ އިންސައްތަ އަދިވެސް ދަށަށް ދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ  ތަފާސްހިސާބުތަކުން ވެސް ވަނީ ދައްކާފަ އެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ.

ޝާޒް ވަލީދުރިސޯޓް ލައިފް މޯލްޑިވްސްމަޓާޓޯފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟

ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން-ނުބީހެންޏާ ކަނޑާއި ހަމަ؟

22 މެއި 2026
ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

ފަތުރުވެރިކަމުގެ ހާލަތު ގޯސް، މިއީ ނެތް ކަމެއް ކަމަށް ހަދާ ނަމަ ހާލަތު ވާނީ ގޯސް: އަމީރު

22 މެއި 2026
ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

20 މެއި 2026
ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

19 މެއި 2026
ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

18 މެއި 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު