Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމަށް ލިބޭ ގެއްލުން

ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބެލެވޭތީ ސިނާއަތް ސަލާމަތްކުރުމަށް މަޓާޓޯއާއި ގެސްޓްހައުސް އެސޯސިއޭޝަނުން ސަރުކާރުގެ އެހީތެރިކަމަށް އެދުނު. މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ލޯނު ދެއްކުން ފަސްކުރުމާއި ޓެކުހުގެ ލުއިތަކެއް ދިނުމަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 19 މެއި 2026 | އަންގާރަ 13:09
ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ19.05.2026

ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ19.05.2026 | ރައީސް އޮފީސް

ފަތުރުވެރިކަމަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިވެދާނެތީ ސަރުކާރުގެ އެހީއަށް ޖަމިއްޔާ ޖަމާއަތްތަކުން އެދުނު ނަމަވެސް،  އެ އަދަދާއި ގުޅުވައިގެން ސީދާ އެހީތެރިކަމެއް ދިނުމަށް ވިސްނާފައި ނެތް ކަމަށް ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ ދާދިފަހުން އެދިފަ އެވެ.

Advertisement - newsAdvertisement

މި ދެ ޖަމިއްޔާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފަތުރުވެރިން އަންނަ މިންވަރަށާއި ބުކިންތަކަށް އައި ބަދަލުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއްވާ ކަމަށް ޖަމިއްޔާތަކުން ބުނި ނަމަވެސް އެ އަދަދު އައި ގޮތް އެއްވެސް ގޮތަކަށް ސާފު ނުވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ އަދަދުތައް އައި ގޮތް ބެލުމަށް ވުޒާރާގެ ބައެއް ޑިޕާޓްމަންޓްތަކަށް އަންގާފައިވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އެ އަދަދާއި ގުޅޭ ގޮތުން އެހީތެރިކަން ނުދިން ނަމަވެސް އެހެނިހެން ގޮތް ގޮތުން ރައްޔިތުންނަށް ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

" ކޮންމެ ފަދަ ނަމްބަރެއް ވެސް ޖެހިވެސް ދާނެ. އެއީ އަޅުގަނޑުމެން އެންޑޯސް ކުރާ އަދަދުތަކެއް ނޫން. އެ އަދަދާއި ގުޅުވައިގެން އެހީތެރިކަމެއް ދޭން ސަރުކާރުގެ ތެރެއިން މަސައްކަތް ނުކުރަން." ވަޒީރު ވިދާޅުވި އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ މާޗް އަދި އޭޕްރީލް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި މެއި މަހުގެ ތެރޭގައިވެސް މި ހީނަރުކަން ދެމިއޮތްއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ ކުރިމަގުގެ ބުކިންތައްވެސް ހުރީ ވަރަށް ދަށްކޮށެވެ. މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްއަށާއި، ވަޒީފާތަކުގެ އިތުރުން މުޅި ގައުމީ އިގްތިސާދުގެ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަން އެ ޖަމިއްޔާތަކުން ފާހަގަކުރެ އެވެ.

މަޓާޓޯފަތުރުވެރިކަންޑަބްލިއު މޯލްޑިވްސްޓުއަރިޒަމް މިނިސްޓަރ

އިތުރަށް ކިޔާލަން

19 މެއި 2026

ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް!

19 މެއި 2026
ނޫސްވެރިންނަށް ކުރިމަތިވަމުންދާ ފިއްތުންތަކާ ދެކޮޅަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ޚަބަރު ފެތުރުން މެދުކަނޑާލައި "ބްލެކްއައުޓް"އަކަށް!
18 މެއި 2026

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

18 މެއި 2026
ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި
18 މެއި 2026

ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު

18 މެއި 2026
ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު
10 މެއި 2026

ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ

10 މެއި 2026
ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ
05 މެއި 2026

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު