Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިސަލް ނަސީމް

މުޅި ގައުމު މިދަނީ ނެތެމުން، ފަނާވަމުން، ގާނޫނުން ލިބޭ މިނިވަންކަމާއި ހައްގަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން: ކުރީގެ ނައިބު ރައީސް ފައިސަލް

ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން މި ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ. މަލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލެމުން ދާތީ، އެކަން ހުއްޓުވުމަށް ރައްޔިތުން އެކަތިގަނޑަކަށްވެ ނުކުންނަން ޖެހޭ ކަމަށް. އެހެންކަމުން، ރައްޔިތުންގެ ބާރުތައް ދިފާއުކުރުމަށްޓަކައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުން ހޮވުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 މެއި 2026 | އަންގާރަ 08:17
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެއެމްވީ

މި ދިވެހިރާއްޖެ މި ދަނީ އެއްކޮށް ނެތެމުން، ފަނާވަމުން ކަމަށާއި ގާނޫނުން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ މިނިވަންކަމާއި ހައްގުތަކަކީ ހަމަ ހުރެލާފައި ޖަހައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރޭ މާލޭގައި ބޭއްވި، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ސޯބެގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެތައް ބައެއްގެ މިންނެތް މަސައްކަތުން ހޯދާފައިވާ ހުރިހާ ބާރަކާ ހުރިހާ ހައްގެއް މިއަދު އެއްކޮށް ބީވެގެން ގޮސްފައިވާ ކަމަށެވެ. 

ފައިސަލް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި އެންމެ ބޮޑު ގުރުބާނީ އެއްވީ ރައްޔިތުން ކަމަށެވެ. ރައްޔިތުން ގެލެރީގައި ތިބެގެންނާއި ބޭރުގައި ތިބެގެންނާއި ރަށްރަށުގައި ތިބެގެންނާއި މާލޭ އައިސްގެން ވެފައިވަނީ އަގު ނުކުރެވޭނެ ގުރުބާނީ އެއް ކަމަށާ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރު ކޮށްދިން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.  

އަޅުގަނޑުމެން ހޯދި ހުރިހާ ބާރުތަކެއް ހޯދި ހުރިހާ ހައްގުތަކެއް އެއްކޮށް ބީވެގެން މިދަނީ. މުޅި ގައުމު އެއްކޮށް ނެތެމުން، ފަނާވަމުން މި ދަނީ. އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށް ގޮވާލަން އޮތީ ގެއްލިގެން ދާ ކޮންމެ ދުވަހަކީ ގެއްލިގެންދާ ހައްގުތަކެއް. ގެއްލިގެންދާ މިނިވަން ކަމެއް. އެހެންވީމާ މިއަދު އަޅުގަނޑު ދަންނަވަން އޮތީ މުޅި ރައްޔިތުން އެއްކޮށް ނިކުންނަން އެބަ ޖެހެއޭ. ހަގީގަތަކީ ހުރިހާކަމެއް އޮތީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައި. ކަމެއް ގޯސްވުމުން، އެބަދަލު ކުރާ ގޮތް އޮވޭ. އެހެންވީމާ އަޅުގަނޑުމެންނަށް މިއަދު ހަމަ މަޖުބޫރު. ހިތަދޫ އުތުރުދާއިރާ އަށް އަޅުގަނޑުމެން ސޯބެ މި އިންތިޚާބު ކުރަނީ، އައްޑޫ ރައްޔިތުން މި އިންތިޚާބު ކުރަނީ މި މަސައްކަތަށް އިތުރު ހިއްވަރެއްލައި، މި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ނަމަވެސް މިއަދު ހުރިހާ ހައްގެއް ނިގުޅައިގަނެ، ޖަހައިގަންނަމުން ދާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން މިއަދު އެއްކޮށް ގެއްލިއްޖެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.  ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބީދައިފާ ހައްގުތަކާއި މިނިވަންކަމަކީ ހަމަ ހުރެފަ ޖަހައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ފައިސަލް ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. 

ފައިސަލް ވިދާޅުވީ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަތުމަށްޓަކައި މި ސަރުކާރުން މަސައްކަތް ކުރާއިރު ރައްޔިތުން ނުކުމެ މިކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. 

ފައިސަލް ނަސީމްހިތަދޫ އުތުރުއައްޑޫޤާނޫނުއަސާސީ

އިތުރަށް ކިޔާލަން

19 މެއި 2026

މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައިފިން، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން: ކުރީގެ ރައީސް ނަޝީދު

19 މެއި 2026
 މި ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވައިފިން، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން: ކުރީގެ ރައީސް ނަޝީދު
19 މެއި 2026

އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު

19 މެއި 2026
އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު
18 މެއި 2026

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

18 މެއި 2026
މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ
18 މެއި 2026

އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު

18 މެއި 2026
އަތޮޅު އޮފީސްތައް އުފައްދައި ގަސްތުގައި ގާނޫނާ ޚިލާފުވެއްޖެ! އެ މީހުން ގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު
17 މެއި 2026

މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

17 މެއި 2026
މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު
15 މެއި 2026

މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން

15 މެއި 2026
މަޖިލީހުން ގާނޫނެއް ފާސްކޮށްގެން ނޫނީ އަނގަބަންދުކުރުމުގެ އަމުރުތައް ނުނެރެވޭ، މިހާރު އޮތް އަމުރު ގާނޫނުއަސާސީއާ ހިލާފު: އަލީ ހުސައިން
13 މެއި 2026

ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން

13 މެއި 2026
 ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން
11 މެއި 2026

ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

11 މެއި 2026
ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު
11 މެއި 2026

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް

11 މެއި 2026
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް
11 މެއި 2026

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު