Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

މި އަހަރުގެ މެއި މަހުގެ ފުރަތަމަ 13 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.7 އިންސައްތަ ވަނީ ދަށްވެފަ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 859,687 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 5.5 އިންސައްތަ މަދު އަދަދެއް. ފަތުރުވެރިން އަންނަ މިންވަރު މިގޮތަށް ދަށްވުމަކީ ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 މެއި 2026 | ހޯމަ 06:47
މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޑްރޯމްގައި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންތަކަށް ފަތުރުވެރިންގެ ލަގެޖު ޕޯޓަރުން ގެންދަނީ

މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޑްރޯމްގައި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންތަކަށް ފަތުރުވެރިންގެ ލަގެޖު ޕޯޓަރުން ގެންދަނީ | ގެޓީ އިމޭޖަސް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އެރި ބުރޫތަކާއެކު، ރާއްޖެ ޒިޔާރަތްކުރަމުންދާ ފަތުރުވެރިންގެ އިންސައްތަ އަދިވެސް ދަށަށް ދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެ މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 66،700 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 58،251 ފަތުރުވެރިންނެވެ. މިއީ 12.7 އިންސައްތައިގެ ދަށްވުމެކެވެ. 

Advertisement - newsAdvertisement

އޭގެ އިތުރުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 909،474 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މި އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 859،687 ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 5.5 އިންސައްތަ ދަށް އަދަދެކެވެ. 

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 839،620 ފަތުރުވެރިންނާއި، ވިޔަފާރި ބޭނުންތަކަށް އައި 6،259 މީހުންގެ އިތުރުން ކްރޫޒްލައިނާތަކުން އައި 13،808 ފަސިންޖަރުންނެވެ. މިއަހަރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައިވަނީ 6،464 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނާ އަޅާބަލާއިރު ވެސް ދަށް އަދަދެކެވެ. 

2025 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،838 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. 

ރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ ފަތުރުވެރިކަން ކަމަށްވެފައި، ފަތުރުވެރިން އަންނަ މިންވަރަށް އަންނަ މިފަދަ ބަދަލުތަކަކީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ. 

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުންދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ކުއްލި އެހީތެރިކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަނީ އެދިފަ އެވެ.

މެދު އިރުމަތިޓޫރިޒަމް މިނިސްޓްރީފަތުރުވެރިކަން

އިތުރަށް ކިޔާލަން

18 މެއި 2026

ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު

18 މެއި 2026
ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު
16 މެއި 2026

ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި

16 މެއި 2026
ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސެންސް ހިފަހައްޓައިފި
10 މެއި 2026

ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ

10 މެއި 2026
ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ
05 މެއި 2026

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު
05 މެއި 2026

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

05 މެއި 2026
ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު