Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި: ޝާޒް

ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން ދާއިރާގެ ތަޖުރިބާކާރުން ދަނީ ފާޅުކުރަމުން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 20 މެއި 2026 | ބުދަ 12:43
މަޓާޓޯގެ ނައިބު ރައީސް ޝާޒް ވަލީދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 20.05.2026

މަޓާޓޯގެ ނައިބު ރައީސް ޝާޒް ވަލީދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ 20.05.2026 | ސްކްރީން އިމޭޖް

ރާއްޖޭގެ ޓުއަރިޒަމް އަށް ބަރަކަށް ފަހު ބަރެއް ވެއްޓެމުން ގޮސް މިހާރު އޮތީ އެންމެ ފުލުގައި ކަމަށް ރިސޯޓް ލައިފް މޯލްޑިވްސްގެ ވެރިޔާ އަދި މަޓާޓޯގެ ނައިބު ރައީސް ޝާޒް ވަލީދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން  ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މުޅި ދުނިޔެ އަށް މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ކުރާ އިރު އެ ކަމުގެ އެންމެ ބޮޑު އަސަރެއް ކުރާ އެއް ސިނާއަތަކީ ފަތުރުވެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ. ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާ ކިޔާ ނަމަ ރާއްޖޭގެ ބައެއް ހޮޓެލްތައް 22 ޑޮލަރަށް ވިއްކާ ހިސާބަށް ހާލަތު ގޯސްވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް އެއިން އެެއްވެސް ކަމަކަށް ސަމާލުކަން ސަރުކާރުން ދެމުން ނުދާ ކަމަށް ޝާޒް ވިދާޅުވި އެވެ.

"މި ބޭފުޅުން އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ކަމެއް ކުރާހެންނެއް. ފަތުރުވެރިކަން ފުނޑިގެން މި ދަނީ. ދެން އިތުރުފުޅުހައްދަވައިގެންނެއް އަޅުގަނޑުމެންނަކަށް މީގެ ތެރެއަކު ކެތްކޮށްގެނެއް ނުތިބެވޭނެ. މިކަން ރަނގަޅު ކުރަން މަސައްކަތް ކުރަން އެބަ ޖެހޭ." ޝާޒް ވިދާޅުވި އެވެ.

ޝާޒް ވިދާޅުވީ އަހަރު ފެށުނު އިރު ފަތުރުވެރިކަމުގެ ދާއިރާ އަށް ލިބުނު 20%ގެ ކުރިއެރުން މިހާރު ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާ ކަމަށެވެ.  އަދި މިހާރު ރިސޯޓްތަކަށް ގޮތް ހުސްވެގެން ރިސޯޓްތަކުގެ އަގު ވަރަށް ބޮޑަށް ދަށް ކުރަމުންދާ ކަމަށް ޝާޒް ވަނީ ފާހަގަކުރައްވާފަ އެވެ. ދައުލަތަށް އެކަމުގެ ހިސާބުތައް ސާފުކޮށް އެނގެން އޮތް އިތު ކަންކަން އޮޅުވާލާ ސަބަބާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދާ ވަރަށް ގައުމުގެ އިގްތިސާދު ދަށް ވެގެންދާނެ ކަމަށް ވެސް ޝާޒް ވަނީ ވިދާޅުވެފަ އެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވަމުންދާތީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޖަމިއްޔާ ޖަމާއަތްތަކުން ލަފާކުރެ އެވެ. އަދި އެކަމުގެ ސީރިއަސްކަން ހާމަކޮށް ސަރުކާރުގެ އެހީތެރިކަމަށް ވެސް އެ ޖަމިއްޔާ ޖަމާއަތްތަކުން އެދިފައިވެ އެވެ. 

އެހެންނަމަވެސް އެ އަދަދުތަކާއި މެދު ސަރުކާރުން ވަނީ ސުވާލު އުފައްދާފަ އެވެ. ރާއްޖޭގެ ފަތުރުވެރިކަން މި ހިސާބަށް ދަށް ވުމުގެ ފަހަތުގައި ވެސް ވަނީ ސަރުކާރުގެ ސިޔާސަތެއް ނެތުމުގެ މައްސަލަ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ރިސޯޓް ލައިފް މޯލްޑިވްސްމަޓާޓޯޝާޒް ވަލީދުމެދުއިރުމަތީ ސުލްހަފަތުރުވެރިކަން

އިތުރަށް ކިޔާލަން

19 މެއި 2026

ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

19 މެއި 2026
ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް ބެލެވޭތީ ސަރުކާރުގެ އެހީއަށް އެދުނު ނަމަވެސް އެ އަދަދާއި ގުޅުވައިގެން އެހީ ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް
18 މެއި 2026

ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި

18 މެއި 2026
ފަތުރުވެރިކަން އަދިވެސް ދަނީ ދަށަށް، ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 5.5 އިންސައްތް ދަށުގައި
18 މެއި 2026

ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު

18 މެއި 2026
ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު
10 މެއި 2026

ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ

10 މެއި 2026
ފަތުރުވެރިކަމުގެ ސިނާޢަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާތީ، ސިނާއަތް ސަލާމަތްކުރަން ކުއްލި އެހީއަށް އެދިއްޖެ
05 މެއި 2026

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު