Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026 | ހޯމަ 08:20

ފައިސަލް ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގައި އަދުލުއިންސާފުގެ ބާރަކީ މުޅިން ވަކިން އޮންނަ ބާރެއް ކަމަށާއި، މި ބާރުގެ ތެރެއަށް ރައީސްގެ އެއްވެސް ރޯލެއް އޮވެގެން ނުވާނެ ކަމަށް. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް، މުޅި އަތޮޅަކުން ވޯޓުލައިގެން މެންބަރުން ހޮވާ ގޮތަށް އިންތިޚާބީ ނިޒާމު ބަދަލުކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައި. މިފަދަ އިސްލާހީ ބަދަލުތައް ގެނައުމުގެ ފުރުސަތު މިހާރުގެ ސަރުކާރަށް މަޖިލީހުގެ ތެރެއިން އެބައޮތްކަން ފައިސަލް ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 11 މެއި 2026 | ހޯމަ 08:20
ޖޭއެސްސީގެ މެންބަރަކަށް ބަންޑާރަ ނައިބު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ޖޭއެސްސީގެ މެންބަރަކަށް ބަންޑާރަ ނައިބު އައްޔަން ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. | ރައީސް އޮފީސް

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި އަދުލުއިންސާފުގެ ބާރަކީ މުޅިން ވަކިން އޮންނަ ބާރެއް ކަމަށާއި، މި ބާރުގެ ތެރެއަށް ރައީސްގެ އެއްވެސް ރޯލެއް އޮވެގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ކަމަށާއި، ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެކަން ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދުލްއިންސާފުގެ ބާރަށް ބަލާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ދެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ކަމަށާއި، މިކަން ބަދަލު ކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ އަދުލްއިންސާފުގެ ބާރުގެ ތެރޭގައި ރައީސްގެ އެއްވެސް ރޯލެއް އޮވެގެން ނުވާނެ ކަމަށާއި، މިކަން ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. އަދި ޖޭއެސްސީ އަށް މިނިވަން މެންބަރުން އަންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޖޭއެސްސީ މި އޮންނަނީ. އެއީ ސިޔާސީ މީހުން އެތިބި. ޖޭއެސްސީގައި ސިޔާސީ މީހުން. އަދުލުއިންސާފު ގާއިމުކުރުމުގެ ބާރަކީ މުޅިން ވަކި އޮތް ބާރެއް. ގާނޫނުއަސާސީ ކަނޑައެޅިފައި އޮތީ. މި ތިން ބާރުގެ ތެރެއިން. އެހެންކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާގެ ރޯލެއް އަދުލުއިންސާފު އެ ބާރުގެ ތެރެއަށް އެއްވެސް ގޮތަކަށް ވަންނަން އޮންނާކަށް ނުޖެހޭނުންތޯ. ޖޭއެސްސީގެ އެ ފޯމޭޝަން ބަދަލުކުރަން އެބަޖެހޭ. އިންޑިޕެންޑެންޓް ބަޔަކު އަންނަން އެބަޖެހޭ. މަޖިލީހުގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކުން ވެސް އައްޔަން ކުރެވެންވީ، އާއްމުންގެ ތެރެއިން އެކަމަށް އެކަށޭނަ ވަކި ޝަރުތުތަކެއް އޮވޭ ތެދެއްތޯ. އެކަމަށް އެކަށޭނަ ރަނގަޅު ބަޔަކު އަންނަން އެބަޖެހޭ. އެއްގޮތަކަށްވެސް މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަން ރައީސާއި، އެޓަރނީ ޖެނެރަލާ، އެހެންގޮސްފައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންނާ، ކިހިނެއްތޯ ރައްޔިތުން ގަބޫލުކުރާނީ؟
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

އަދުލްއިންސާފަކީ ވަކި މީހަކަށް އޮންނަ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އަދުވެރިކަން ގައުމުގައި ގާއިމް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިފަދަ ބަދަލުތައް މިސަރުކާރަށް ގެނެވޭނެ ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވެސް ގިނަ ރައްޔިތުން ބަލައިގަންނަ މެންބަރުން އަންނަން ޖެހޭ ކަމަށެވެ.

މިހާރު މަޖިލިސް މި އޮތް ގޮތުން ގެންނަން ބޭނުންކަމަށްވަންޏާ ސަރުކާރުން މިހާރު ކަންތައް ކުރެވޭނެ. ރައްޔިތުންގެ މަޖިލީހުގެ އަދަދު އަޅުގަނޑު ގަބޫލުކުރަނީ ހަމަ 60 ހަކަށް މެންބަރުންނަށް ނޫނީ ޕާޓީތަކުގައި މަޝްވަރާއެކު އެ އެއްބަސްވެ އަދަދަކަށް މަދުކުރަން އެބަޖެހޭ. އެއާއެކު މުޅި އަތޮޅުން ވޯޓުލައިގެން ކުރީގައި އޮންނަ ގޮތަށް އެބަޖެހޭ މެންބަރުން ހޮވަން. އޭރުން އަޅުގަނޑުމެންނަށް ލިބޭނެ މާ ގާބިލު މެންބަރުން އެނގޭތޯ. އަދި ރައްޔިތުން، ރައްޔިތުންގެ މަޖިލީހަށް އަންނަންޖެހެނީ ވީހާވެސް ބޮޑަށް ރައްޔިތުން ބަލައިގަންނަ މީހުން އަންނަންޖެހެނީ. އެހެންވީމާ، އެ ފުރުސަތު ވެސް ވަރަށް ބޮޑަށް ބޮޑުވެގެން އެބަދޭ. މިގޮތަށް ގިނަ ބަޔަކު ވޯޓުލައިގެން ހޮވާނީ ރަނގަޅު މީހުން ތެދެއްތޯ. މިހާރު މި އޮންނަ ގޮތުން 300 އެއްހާ ވޯޓުން ވެސް ރައްޔިތުން ތަމްސީލުކުރުމަށްޓަކައި މެންބަރަކު ހޮވިދާނެ އެ ދާއިރާތަކަށް ގިނަ މީހުން ލައިފި ކަމަށް ވަންޏާ. އެހެންވީމާ އެ ބަދަލު އަޅުގަނޑަށް ހީވަނީ މިހާރު މި އެބައޮތް ނޫންތޯ، މިހާރުގެ ވެރިކަން ކުރާ ޕާޓީއަށް އެ ބަދަލުތައް، އެ އިސްލާހުތައް ގެނެވެން އެބައޮތް މަޖިލީހުގެ ތެރެއިން. އެހެންކަމަށްވަންޏާ، ހަމަ އެކަން ކުރަންވީނޫންތޯ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

މީގެ އިތުރުން ހާގީގީ މާނައިގައި ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ގައުމުގެ ހުރިހާ ކަމެއް ކުރިއަށްދާނަމަ މައްސަލަތަކަށް ހައްލު ލިބި ގައުމަށް ހަމަޖެހުން ލިބޭނެކަން ފައިސަލް ފާހަގަކުރެއްވި އެވެ. 

ފައިސަލް ނަސީމްޖުޑީޝަލް ސަރވިސް ކޮމިޝަންޤާނޫނުއަސާސީރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

11 މެއި 2026

މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

11 މެއި 2026
މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ
11 މެއި 2026

މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް

11 މެއި 2026
މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް
11 މެއި 2026

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން ހުށަހެޅި ގަރާރު ކޮމިޓީއަށް

11 މެއި 2026
އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން ހުށަހެޅި ގަރާރު ކޮމިޓީއަށް
10 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި
10 މެއި 2026

ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

10 މެއި 2026
ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް
09 މެއި 2026

މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް

09 މެއި 2026
މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް
09 މެއި 2026

ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟

09 މެއި 2026
ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟
09 މެއި 2026

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒް އަވަހާރަވެއްޖެ

09 މެއި 2026
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒް އަވަހާރަވެއްޖެ
06 މެއި 2026

2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ

06 މެއި 2026
2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ
06 މެއި 2026

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް