Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ސިޓީ

ފުވައްމުލައް ޑައިވަރުން އެކުލަވާލި ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވިތާ އަހަރު ދުވަސް ވަނީ، އަދިވެސް ގެޒެޓެއް ނުކުރޭ: ކުރީގެ ރައީސް ނަޝީދު

ފުވައްމުލައް ސިޓީގެ ޑައިވަރުން އެކުލަވާލާފައިވާ "ކޯޑް އޮފް ކޮންޑަކްޓް" ސަރުކާރަށް ފޮނުވިތާ އަހަރަކާ ގާތްވެފައިވާއިރު، އެ އުސޫލު އަދިވެސް ގެޒެޓްކޮށްފައި ނުވާތީ ނަޝީދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. ޑައިވިންގެ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި މި އުސޫލު ވީހާވެސް އަވަހަށް އާންމުކުރުމަށް ގޮވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ބޭނުންވާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 18 މެއި 2026 | ހޯމަ 04:00
ބޮޑު ބަދަލު ކެންޕޭނަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑީއާތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޓަވިއު ދެއްވަނީ.

ބޮޑު ބަދަލު ކެންޕޭނަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑީއާތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޓަވިއު ދެއްވަނީ. | ރާއްޖެއެމްވީ

ފުވައްމުލައް ސިޓީގެ ޑައިވަރުން އެކުލަވާލައި، ސަރުކާރަށް ފޮނުވާފައިވާ ޑައިވިންއާ ގުޅިގެން އަމަލު ކުރަން ޖެހޭ ''ކޯޑް އޮފް ކޮންޑަކްޓް'' ވީހާ ވެސް އަވަހަށް ގެޒެޓް ކޮށް އާއްމު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. 

ބޮޑު ބަދަލު ކެންޕޭނަށް ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މީޑީއާތަކަށް ދެއްވި އިންޓަވިޔުއެއްގައި ނަޝީދު ވިދާޅުވީ ފުވައްމުލައް ސިޓީ އަކީ ފަތުރުވެރިކަމަށް މަޝްހޫރު މަގުބޫލު މަންޒިލެއް ކަމަށެވެ. މި ސިނާއަތުގައި ފުވައްމުލައް އިތުރަށް ކުރިއަރަމުންދާއިރު، ޚާއްސަ ގޮތެއްގައި ޑައިވިންއަށް ދާ މީހުންގެ ވަރަށް މަގުބޫލު  މަންޒިލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ފުވައްމުލަކުގައި ހަރަކާތްތެރިވާ ގާބިލް ހުރިހާ ޑައިވަރުންގެ ބައިވެރިވުމާއެކު، އެކުލަވާލި ޑައިވް ކުރުމުގައި  އަމަލު ކުރަން ޖެހޭ ''ކޯޑް އޮފް ކޮންޑަކްޓް'' ސަރުކާރަށް ފޮނުވާފައިވާ ކަމަށާއި، މިހާރު އަހަރެއް ވާން ކައިރިވެފައިވާ ކަމަށެވެ. 

ނަމަވެސް އަދިވެސް އެ އުސޫލު ގެޒެޓް ކޮށް އާއްމު ނުކުރާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވީހާވެސް އަވަހަކަށް މި އުސޫލު ގެޒެޓް ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. 

އެނގިވަޑައިގަންނަވާނެ މިހާރު ފުވައްމުލަކީ ޓުއަރިޒަމްގެ ވަރަށް މަޝްހޫރު މަގުބޫލު މަންޒިލެއް. ޚާއްސަ ގޮތެއްގައި ޑައިވިންއަށް ދާ މީހުން ވަރަށް ބޮޑަށް ފުވައްމުލަކަށް މަގުބޫލުކަން މިއޮތީ އުފެދިފައި. ފުވައްމުލަކުގެ ޑައިވަރުން ހުރިހާ އެންމެން އެކުގައި ވަނީ ކޯޑު އޮފް ކޮންޑަކްޓެއް ހަދާފައި. އެވަނީ ގެޒެޓް ކުރަން ސަރުކާރަށް ފޮނުވާފައި. ފޮނުވިތާ މިހާރު ވަރަށް ގިނަ ދުވަސް އަހަރަކާ ގާތް ކުރަނީ. އެހެންނަމަވެސް އަދިވެސް ގެޒެޓް ވެގެން ނާދޭ. މިހާރު މި ޑައިވިން ކަންތަކުގައި ދިމާވާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން އަދި އެފަދަ ކަންކަން ހުއްޓުމަކަށް ގެނެވޭނީ ވެސް ރަނގަޅު އަމަލުކުރަން ވީ އުސޫލުތަކެއް އެންމެންގެ މެދުގައި ގާއިމް ކުރެވިގެން. ފުވައްމުލަކުގެ ހުރިހާ ޑައިވަރުން ވެސް އެކުގައި ޑައިވް ސެންޓަރުތައް އެކުގައި މިވަނީ ކޯޑު އޮން ކޮންޑަކްޓެއް ހަދާފައި. އެހެންވީމަ އެ ކޯޑް އޮފް ކޮންޑަކްޓް އަވަހަށް ގެޒެޓް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ފުވައްމުލައް ސިޓީގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމަށް އެސިޓީގެ ރައްޔިތުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، މި މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ނަމަވެސް އެކަށީގެންވާ ގޮތުގައި ސަޕޯޓު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވެސް ނަޝީދު ވަނީ ފާޅު ކުރައްވާފަ އެވެ.

ފުވައްމުލައް ސިޓީމުހައްމަދު ނަޝީދުސުލޫކީ ގަވާއިދުޑައިވިންބޮޑު ބަދަލު ކެންޕޭންފަތުރުވެރިކަން

އިތުރަށް ކިޔާލަން

17 މެއި 2026

ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

17 މެއި 2026
ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!
17 މެއި 2026

މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު

17 މެއި 2026
މާ ހައިބަތު ބޮޑު ކަރާމާތެއް ލިބިގެންވާ ރައީސްއެއް ހުރުމަކުން ނުފުދޭ: ފައްޔާޒު
17 މެއި 2026

ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު

17 މެއި 2026
ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު
16 މެއި 2026

ސްޓާފް ސާޖެންޓް މަހުދީގެ ކަށު ނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި

16 މެއި 2026
ސްޓާފް ސާޖެންޓް މަހުދީގެ ކަށު ނަމާދު މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގައި
16 މެއި 2026

އިޓަލީގެ ޑައިވަރުން ހޯދަން އުޅުނު ސިފައިންގެ މީހަކު ނިޔާވެއްޖެ

16 މެއި 2026
އިޓަލީގެ ޑައިވަރުން ހޯދަން އުޅުނު ސިފައިންގެ މީހަކު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު