Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އެއްބަސްވުމުގެ ބޮޑު ބައެއް ނިމިއްޖެ: ޓްރަމްޕް

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ދެ ގައުމުގެ ދެ މެދުގައި އެކުލަވާލެވޭ ފަހުމުނާމާގެ ދަށުން ބައިނަލްއަގުވާމީ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލެވޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މެއި 2026 | އާދީއްތަ 06:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އާއެކު ގާއިމުކުރާ ސުލްހައިގެ އެއްބަސްވުމުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އީރާނުގެ ރަސްމީ ނޫސް އެޖެންސީއެއް ކަމަށްވާ ފާރްސް ނިއުސް އެޖެންސީ އިން ވަނީ ޓްރަމްޕްގެ މި ވާހަކަފުޅު ތަކަށް އިންކާރު ކޮށް ފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ދެ ގައުމުގެ ދެ މެދުގައި އެކުލަވާލެވޭ ފަހުމުނާމާގެ ދަށުން ބައިނަލްއަގުވާމީ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލެވޭނެ ކަމަށެވެ. މި ކަނޑުއޮޅި ބަންދު ކުރުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުން ތަކެއް އަރާފައި އެވެ. ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރަން ޖެހުނީ މިއަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.

އެހެން ނަމަވެސް، މި އެއްބަސްވުމުގައި އިތުރަށް ހިމެނޭ ކަންތައްތަކާ ބެހޭ އެއްވެސް ތަފްސީލެއް ރައީސް ޓްރަމްޕް ހާމަ ކުރައްވާފައި ނުވެ އެވެ. ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އީރާނުގެ ފާރްސް ނިއުސް އެޖެންސީ އިން އާދިއްތަ ދުވަހުގެ ހެނދުނު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެއްބަސްވުމުގެ ދަށުން ކަނޑުއޮޅި ބެލެހެއްޓުމުގެ ފުރިހަމަ ބާރު އޮންނާނީ އީރާން އަށެވެ. 

ފާރްސް ނިއުސް އެޖެންސީ އިން އިތުރަށް ބުނެފައި ވަނީ، ކަނޑު އޮޅި ހުޅުވާލުމާ ގުޅޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅު ތަކަކީ ހަގީގަތާ ޚިލާފު ވާހަކަ ތަކެއް ކަމަށެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެ މެދުގައި ކުރިއަށްދާ މަޝްވަރާ ތަކުގައި ކަނޑުއޮޅީގެ ކޮންޓްރޯލް އޮންނާނެ ފަރާތަކާ މެދު ބޮޑެތި ޚިޔާލު ތަފާތުވުން ތަކެއް ހުރިކަން ވަނީ ހާމަވެފައި އެވެ.

ހޮރްމޫޒް ކަނޑު އޮޅި އަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް ބޭރު ކުރުމަށް ބޭނުން ކުރާ އެންމެ މުހިންމު އެއް މަގު ކަމަށްވާތީ، މި ތަނުގެ ސަލާމަތީ ކަންކަމާއި ކޮންޓްރޯލާ މެދު އުފެދިފައިވާ މައްސަލަ އަކީ ބައިނަލްއަގުވާމީ މުޖުތަމައުން ނުހަނު ކަންބޮޑުވުމާ އެކު ބަލަމުންދާ މައްސަލަ އެކެވެ.

އެމެރިކާ އިން ބޭނުން ވަނީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރަށް ފުރިހަމަ މިނިވަންކަން އޮތުމެވެ. ނަމަވެސް އީރާން އިން އަދިވެސް ބާރު އަޅަމުން ދަނީ އެ ސަރަހައްދުގެ ސިޔާދަތީ ބާރު އެ ގައުމަށް އޮންނަން ޖެހޭނެ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްހޮރްމޫޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

24 މެއި 2026

ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް

24 މެއި 2026
ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް
24 މެއި 2026

60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އާއި އީރާންއާ ދެމެދު އައު ހުށަހެޅުމެއް

24 މެއި 2026
60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އާއި އީރާންއާ ދެމެދު އައު ހުށަހެޅުމެއް
23 މެއި 2026

ޓްރަމްޕްއާ އޮތް ގުޅުން ގޯސްވެފައި ވަނިކޮށް، ފިރިކަލުންގެ ޞިއްޙަތަށްޓަކައި ކަމަށް ވިދާޅުވެ ގެބާޑް އިސްތިއުފާ ދެއްވައިފި

23 މެއި 2026
ޓްރަމްޕްއާ އޮތް ގުޅުން ގޯސްވެފައި ވަނިކޮށް، ފިރިކަލުންގެ ޞިއްޙަތަށްޓަކައި ކަމަށް ވިދާޅުވެ ގެބާޑް އިސްތިއުފާ ދެއްވައިފި
23 މެއި 2026

އީރާން އަށް ހަމަލާ ދިނުމަށް އެމެރިކާ އިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

23 މެއި 2026
އީރާން އަށް ހަމަލާ ދިނުމަށް އެމެރިކާ އިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
23 މެއި 2026

އެމެރިކާ ދެކެވާ ލޯތްބެއްގެ ބޮޑު ކަމުން، ދަރިފުޅުގެ ކައިވެނީގައި ބައިވެރި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

23 މެއި 2026
އެމެރިކާ ދެކެވާ ލޯތްބެއްގެ ބޮޑު ކަމުން، ދަރިފުޅުގެ ކައިވެނީގައި ބައިވެރި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު