Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އަށް ހަމަލާ ދިނުމަށް އެމެރިކާ އިން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ސީބީއެސް އިން ބުނީ ވައިޓް ހައުސްގެ ތަރުޖަމާން އައްނާ ކެލީ ވިދާޅުވެފައި ވަނީ، އެއްބަސްވުމުގެ މައްސަލައިގައި އީރާން އިން ގޮތެއް ނުނިންމައިފި ނަމަ، ދެން ކުރިމަތި ވާނެ ކަންކަން ޓްރަމްޕް ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މެއި 2026 | ހޮނިހިރު 06:28
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އިރާންއާ ދެކޮޅަށް އައު ހަމަލާ ތަކެއް ދިނުމުގެ ވިސްނުން އެމެރިކާ އިން ގެންގުޅެމުން އަންނަ ކަމަށް އެމެރިކާގެ މީޑިއާ ތަކުން ހުކުރު ދުވަހު ރިޕޯޓު ކޮށްފި އެވެ.

ސީބީއެސް އަދި އެކްސިއޯސް ނޫސް ތަކުން މި ރިޕޯޓުތައް ނެރުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ދަރިކަލުންގެ ކައިވެނީގެ ރަސްމިއްޔާތަށް މި ހަފްތާ ބަންދުގައި ނުދާނެ ކަމަށް އިއުލާން ކުރިތާ ގަޑިއެއްހާ އިރު ފަހުންނެވެ. ޓްރަމްޕް މި ނިންމުން ނިންމީ ސަރުކާރާ ގުޅޭ ހާލަތްތަކާއި، އެމެރިކާ އަށް އޭނާ ލޯބިވާތީ ކަމަށް އޭނާ ވިދާޅުވެފައި އެވެ.

މި މުހިންމު ދަނޑިވަޅުގައި އެމެރިކާގެ ވެރި ރަށް ވޮޝިންޓަން ޑީސީގައި ހުންނަން ޖެހޭ ކަމަށާއި، ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ހުންނަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކްސިއޯސް އަދި ސީބީއެސް ނޫހުން ވެސް ބުނީ އައު ހަމަލާ ތަކެއް ދިނުމާ ގުޅޭ ފައިނަލް ނިންމުމެއް އަދި ނުނިންމާ ކަމަށެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު، މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޕާކިސްތާން އިން ވަނީ އެ ގައުމުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ވެރިޔާ އީރާން އަށް ފޮނުވައި، އެއްބަސްވުމުގެ މަސައްކަތް ކުރިއަށް ގެންދަމުން ކަމަށް ބުނެފައިވެ އެވެ. އޭއެފްޕީ އިން މި ރިޕޯޓުތަކާ ގުޅިގެން ވައިޓް ހައުސްއާ ސުވާލު ކުރުމުން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. 

ސީބީއެސް އިން ބުނީ ވައިޓް ހައުސްގެ ތަރުޖަމާން އައްނާ ކެލީ ވިދާޅުވެފައި ވަނީ، އެއްބަސްވުމުގެ މައްސަލައިގައި އީރާން އިން ގޮތެއް ނުނިންމައިފި ނަމަ، ދެން ކުރިމަތި ވާނެ ކަންކަން ޓްރަމްޕް ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށެވެ. 

ވައިޓް ހައުސް އިން ހުކުރު ދުވަހު ވަނީ ޓްރަމްޕްގެ ހަފްތާ ބަންދުގެ ޕްލޭން ތަކަށް ބަދަލު ގެނެސް، ނިއު ޖާސީގައި ހުންނަ ގޮލްފް ރިސޯޓަށް ޓްރަމްޕް ނުދާނެ ކަމަށާއި، ވޮޝިންޓަންގައި ހުންނަވާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ނިއު ޔޯކް ސްޓޭޓް އަށް ކުރި ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެން، ޓްރަމްޕް ނޫސްވެރިންނާ ވެސް ވާހަކަ ދައްކަވާފައި ނުވެ އެވެ. އެހެން ނޫން ނަމަ، އެނބުރި ވަޑައިގެން ޓްރަމްޕް ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވަ އެވެ. ދެ މަސްދަރަކާ ހަވާލާދީ އެކްސިއޯސް އިން ބުނެފައި ވަނީ، އީރާންގެ މައްސަލައިގައި ފާއިތުވި ދެ ދުވަހު ޓްރަމްޕް ހުންނެވީ ވަަރަށް ނުރުހުންވެ ވަޑައިގެންފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

23 މެއި 2026

އެމެރިކާ ދެކެވާ ލޯތްބެއްގެ ބޮޑު ކަމުން، ދަރިފުޅުގެ ކައިވެނީގައި ބައިވެރި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

23 މެއި 2026
އެމެރިކާ ދެކެވާ ލޯތްބެއްގެ ބޮޑު ކަމުން، ދަރިފުޅުގެ ކައިވެނީގައި ބައިވެރި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
23 މެއި 2026

އެމެރިކާގެ ހުށަހެޅުން އީރާން އިން ދިރާާސާ ކުރަމުން ދަނިކޮށް، ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އެ ޤައުމަށް ވަޑައިގެންފި

23 މެއި 2026
އެމެރިކާގެ ހުށަހެޅުން އީރާން އިން ދިރާާސާ ކުރަމުން ދަނިކޮށް، ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އެ ޤައުމަށް ވަޑައިގެންފި
22 މެއި 2026

ޕޮލެންޑަށް އިތުރު 5،000 ސިފައިން ފޮނުވަން ޓްރަމްޕް ނިންމަވައިފި

22 މެއި 2026
ޕޮލެންޑަށް އިތުރު 5،000 ސިފައިން ފޮނުވަން ޓްރަމްޕް ނިންމަވައިފި
22 މެއި 2026

އީރާނަށް ހަމަލާ ދިނުމަށް އިރާގުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް އޮޕަރޭޓް ކުރިކަން ފަޅާ އަރައިފި

22 މެއި 2026
އީރާނަށް ހަމަލާ ދިނުމަށް އިރާގުގައި އިޒްރޭލުން ސިއްރު އަސްކަރީ މަރުކަޒެއް އޮޕަރޭޓް ކުރިކަން ފަޅާ އަރައިފި
22 މެއި 2026

އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރަށް ނުފޮނުވުމަށް ރޫހީ ލީޑަރު އަމުރު ކުރައްވައިފި

22 މެއި 2026
އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރަށް ނުފޮނުވުމަށް ރޫހީ ލީޑަރު އަމުރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު