Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި

ނިއު ޔޯކް ޕޯސްޓް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަލް ސާދީ ވަނީ އިވަންކާ ޓްރަމްޕް އަވަހާރަ ކޮށްލާނެ ކަމަށް ބުނެ "ވައުދު" ވެފައި. އަދި އޭނާގެ އަތުން ފްލޮރިޑާގައި ހުންނަ އިވަންކާގެ ގޭގެ ބްލޫޕްރިންޓް ނުވަތަ ޗާޓެއް ފެނިފައިވާ ކަމަށް ވެސް، އެކި އެކި މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މެއި 2026 | އާދީއްތަ 09:49
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އޭނާގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އޭނާގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް އަވަހާރަ ކޮށްލަން، އީރާންއާ ގުޅުން އޮތް އެޖެންޓަކު މަސައްކަތް ކުރި ކަމަށް ނިއު ޔޯކް ޕޯސްޓުން ރިޕޯޓު ކޮށްފި އެވެ. 

ނިއު ޔޯކް ޕޯސްޓުގައި ބުނެފައި ވަނީ، އީރާންގެ ގުދުސް ފޯސްގެ ކުރީގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާގެ ބަދަލު ހިފުމުގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް އަވަހާރަކޮށްލަން އިރާނާ ގުޅުން އޮންނަ އޭޖެންޓަކު ރާވަމުން ދިޔަ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އެ ނޫހުން އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، އިވަންކާ އަވަހާރަ ކޮށްލުމަށް ރާވަމުން ދިޔައީ އިރާގަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މުހައްމަދު ބާގިރު ސާދު ދާއޫދު އަލް ސާދީ ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ނިއު ޔޯކް ޕޯސްޓް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަލް ސާދީ ވަނީ އިވަންކާ ޓްރަމްޕް އަވަހާރަ ކޮށްލާނެ ކަމަށް ބުނެ "ވައުދު" ވެފައި އެވެ. އަދި އޭނާގެ އަތުން ފްލޮރިޑާގައި ހުންނަ އިވަންކާގެ ގޭގެ ބްލޫޕްރިންޓް ނުވަތަ ޗާޓެއް ފެނިފައިވާ ކަމަށް ވެސް، އެކި އެކި މަސްދަރުތަކާ ހަވާލާދީ އެ ނޫޙުން ވަނީ ބުނެފަ އެވެ.

މި ރޭވުމަކީ 2020 ވަނަ އަހަރު ބަޣުދާދު އަށް އެމެރިކާ އިން ދިން ޑްރޯން ހަމަލާއެއްގައި ސުލައިމާނީ އަވަހާރަ ކޮށްލުމާ ގުޅިގެން، ޓްރަމްޕްގެ އާއިލާ އަށް އަމާޒުކޮށް ހިންގަން އުޅުނު އަމަލެއް ކަމަށް ބެލެވެ އެވެ.

އެމެރިކާގައި ހުންނަ އިރާގު އެމްބަސީގެ ކުރީގެ ޑެޕިއުޓީ މިލިޓަރީ އެޓޭޗޭ، އިންތިފާޟް ގަންބަރު ނިއު ޔޯކް ޕޯސްޓަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ސުލައިމާނީ އަވަހާރަ ކޮށްލި ފަހުން އިވަންކާ ޓްރަމްޕް މަރާލާނެ ކަމަށް އަލް ސާދީ ދައްކާފައިވާ ވާހަކަތައް އަޑު އިވިފައިވާ ކަމަށެވެ. މީގެ އިތުރުން، އިވަންކާ އާއި އޭނާގެ ފިރިކަލުން ޖެރާޑް ކުޝްނާގެ ގެކޮޅު ހުންނަ ފްލޮރިޑާގެ ސަރަހައްދު ފެންނަ މެޕެއް، އަރަބި ބަހުން ލިޔެފައިވާ އިންޒާރަކާ އެކު އަލް ސާދީ ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އަލް ސާދީ ތުރުކީ އިން ހައްޔަރު ކޮށްފައި ވަނީ މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާ ވަނީ އެމެރިކާއާ ހަވާލު ކޮށްފަ އެވެ. އޭނާގެ މައްޗަށް ޔޫރަޕް އާއި އެމެރިކާގައި ދީފައިވާ، އަދި ދޭން އުޅުނު 18 ހަމަލާއެއްގެ ތުހުމަތު ކުރެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ އަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި ހިޒްބުالله އާ ގުޅުން އޮންނަ އެޖެންޓެއް ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

މީގެ އިތުރުން، ނެދަލެންޑްސްގެ ވެރި ރަށް އަމްސްޓެރްޑަމް އާއި، އިނގިރޭސިވިލާތުގެ ލަންޑަން އާއި، ކެނެޑާގެ ޓޮރޮންޓޯ އަދި ބެލްޖިއަމްގައި އެމެރިކާ އާއި ޔަހޫދީންގެ އަމާޒު ތަކަށް ދީފައިވާ ހަމަލާތަކާ ވެސް އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އަލް ސާދީ ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށާއި، ހަނގުރާމަވެރި ސެލްތަކާ ގުޅުން ބޭއްވުމަށްޓަކައި، ދީނީ ދަތުރުތައް ރާވައިދޭ އެޖެންސީއެއްގެ ނިވާފަތްގަނޑު ބޭނުން ކޮށްފައިވާ ކަމަށް ވެސް ނިއު ޔޯކް ޕޯސްޓު ގައި ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން، އެމެެރިކާގެ ރިޔާާސީ ގަނޑުވަރު ވައިޓް ހައުސްގެ ބަހެއް ހޯދުމަށް ނިއު ޔޯކް ޕޯސްޓް އިން ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވެ އެވެ. އަދި އަލް ސާދީގެ ވަކީލު ވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އެ ނޫހުން ބުނެ އެވެ. އަލް ސާދީ މިހާރު ހުރީ ބްރޫކްލިންގެ މެޓްރޯޕޮލިޓަން ޑިޓެންޝަން ސެންޓަރުގައި އެކަހެރިކޮށް ބަންދު ކޮށްފައި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާއީރާންއީރާން-އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިވަންކާ ޓްރަމްޕްޖަރެޑް ކުޝްނަރ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު

އެމެރިކާ އާއި އީރާންއާ ދެމެދު އަލުން މަޝްވަރާތައް ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް: ޕާކިސްތާންގެ ބޮޑު ވަޒީރު

24 މެއި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން މާނަހުރި ކުރިއެރުން ތަކެއް ލިބިއްޖެ: ޕާކިސްތާންގެ ފޮރިން މިނިސްޓަރު

24 މެއި 2026
އީރާން އެއްބަސްވުމުގެ ބޮޑު ބައެއް ނިމިއްޖެ: ޓްރަމްޕް

އީރާން އެއްބަސްވުމުގެ ބޮޑު ބައެއް ނިމިއްޖެ: ޓްރަމްޕް

24 މެއި 2026
ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް

ވައިޓް ހައުސް ކައިރީގައި އަނެއްކާ ވެސް ބަޑީގެ ހަމަލާ ތަކެއް

24 މެއި 2026
60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އާއި އީރާންއާ ދެމެދު އައު ހުށަހެޅުމެއް

60 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް، އެމެރިކާ އާއި އީރާންއާ ދެމެދު އައު ހުށަހެޅުމެއް

24 މެއި 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު