Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެމެރިކާ ދެކެވާ ލޯތްބެއްގެ ބޮޑު ކަމުން، ދަރިފުޅުގެ ކައިވެނީގައި ބައިވެރި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ސަރުކާރުގެ ކަންކަން ހުރި ގޮތުންނާއި، އެމެރިކާ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން، މި ވަގުތު ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި މަޑު ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މެއި 2026 | ހޮނިހިރު 06:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އޭނާގެ ދަރިފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއާ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އޭނާގެ ދަރިފުޅު ޑޮނަލްޑް ޓްރަމްޕް ޖޫނިއާ. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިފުޅު، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި ޕާމް ބީޗްގެ ސޯޝަލައިޓް ބެޓީނާ އެންޑަސަން ކުރާ ކައިވެނީގެ ހަފުލާގައި ބައިވެރިވެ ވަޑައި ނުގެންނެވޭނެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.

ޓްރަމްޕް ވިދާޅުވީ ދަރިފުޅުގެ ކައިވެނީގެ ހަފުލާ އަށް ވަޑައި ނުގެންނެވީ ސަރުކާރުގެ މުހިންމު މަސައްކަތް ތަކެއްގައި ވެރި ރަށް ވޮޝިންޓަންގައި މަޑު ކުރައްވަން ޖެހިވަޑައި ގަތުމުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރިފުޅު ޑޮން ޖޫނިއާ އާއި ޓްރަމްޕް އާއިލާގެ އައު މެންބަރަކަށް ވާން އުޅޭ ބެޓީނާގެ ކައިވެނީގައި ބައިވެރިވުމަށް ވަރަށް ބޮޑަށް ބޭނުން ފުޅުވި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކަންކަން ހުރި ގޮތުންނާއި، އެމެރިކާ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން، މި ވަގުތު ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި މަޑު ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ހަފުތާ ބަންދުގައި ބަހާމަސްގެ ކުޑަ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކައިވެނީގެ ހަފުލާއާ ގުޅޭ ގޮތުން ސީއެންއެން އިން ރިޕޯޓު ކޮށްފައި ވަނީ، މިއީ ވަރަށް އަމިއްލަ އަދި ކުޑަ ހަފުލާއެއް ކަމަށެވެ. ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދަރިފުޅު ޑޮން ޖޫނިއާ، އޭނާ އެ ހަފުލާ އަށް ވަޑައިގަތުމަށް ބޭނުންވި ނަމަވެސް، މި ވަގުތަކީ އީރާނުގެ މައްސަލަ ފަދަ ބައިނަލްއަގުވާމީ ބޮޑެތި ކަންތައް ތަކެއް ހިނގަމުންދާ ވަގުތެއް ކަމުން ކައިވެންޏަށް ވަޑައި ގަތުމަށް ވަގުތު ތަން ނުދެނީ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލް އިން ފެބްރުއަރީ 28 ވަނަ ދުވަހު އީރާންއާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށްޓަކައި، ޕާކިސްތާން އިން މެދުވެރިއެއްގެ ދައުރު އަދާ ކޮށްގެން ކުރިއަށް ގެންދާ ޑިޕްލޮމެޓިކް މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން މިހާރު ދަނީ ބައިވެރި ވަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަނީ ބޮޑެތި ލޮޅު ންތަކެއް އަރައިފަ އެވެ.

އެމެރިކާގެ ރައީސް ރައީސް ޓްރަމްޕް ކުރިން ނިންމަވައިގެން ހުންނެވީ، ނިއު ޔޯކްގައި އޮތް އިވެންޓަކަށް ފަހު ހުކުރު ދުވަހުގެ ރޭ ނިއު ޖާޒީގެ ބެޑްމިންސްޓާގައި ހުންނަ އޭނާގެ ގޮލްފް ކުލަބުގައި މަޑު ކުރެއްވުމަށެވެ. ނަމަވެސް ހުކުރު ދުވަހު އާންމުކުރި އައު ތާވަލުގައިވާ ގޮތުން އޭނާ ވަނީ އަނބުރާ ވައިޓް ހައުސް އަށް ވަޑައިގަންނަވާ ގޮތަށް ނިންމަވާފައި އެވެ.

މިއީ ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އެންގޭޖްވި ތިން ވަނަ ފަހަރެވެ. އޭނާ ކުރިން ކައިވެނި ކޮށްގެން އުޅުނީ ކުރީގެ މޮޑެލް އަދި އެކްޓްރެސް ވެނެސާއާ އެވެ. 12 އަހަރުވީ އެ ކައިވެންޏަށް ފަސް ދަރިން ލިބިފައިވާ އިރު، ވެނެސާ ވަނީ 2018 ވަނަ އަހަރު ވަރިވާން ހުށަހަޅާފައި އެވެ. އޭގެ ފަހުން އެމެރިކާގެ ޓީވީ ޝަޚްސިއްޔަތެއް ކަމަށްވާ ކިމްބާލީ ގިލްފޮއިލްއާ އެންގޭޖްވި ނަމަވެސް، 2024 ވަނަ އަހަރު އެ ދެމީހުން ވަނީ ވަކިވެފަ އެވެ. ޑޮން ޖޫނިއާގެ ކައިވެންޏާ ގުޅޭ ގޮތުން އޭނާގެ ތަރުޖަމާނު އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާވައިޓް ހައުސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޑޮނަލްޑް ޓްރަމްޕް ޖޫނިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އިންޑިއާ އަށް ވަޑައިގެންފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އިންޑިއާ އަށް ވަޑައިގެންފި

23 މެއި 2026
އެމެރިކާގައި ޗައިނާގެ ސިއްރު ޕޮލިސް ސްޓޭޝަނެއް ހިންގި މީހަކު ކުށްވެރި ވެއްޖެ

އެމެރިކާގައި ޗައިނާގެ ސިއްރު ޕޮލިސް ސްޓޭޝަނެއް ހިންގި މީހަކު ކުށްވެރި ވެއްޖެ

23 މެއި 2026
އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރަށް ނުފޮނުވުމަށް ރޫހީ ލީޑަރު އަމުރު ކުރައްވައިފި

އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރަށް ނުފޮނުވުމަށް ރޫހީ ލީޑަރު އަމުރު ކުރައްވައިފި

22 މެއި 2026
އީރާންގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާ އަށް ގޮސްފި: ޓްރަމްޕް

އީރާންގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާ އަށް ގޮސްފި: ޓްރަމްޕް

21 މެއި 2026
ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

20 މެއި 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު