Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ

13 މެއި 2026 | ބުދަ 05:27

ގާޑިއޯލާ ބުނީ، ސިޓީ އަށް ޕްރެޝަރު އެބަ އޮތް ކަމަށާއި އެކަމަށް ބަދަލެއް ނާންނަ ކަމަށް އެގޮތުން ގާޑިއޯލާ ބުނީ މީގެ އެއް ދުވަސް ކުރިން، ނުވަތަ ދެ ދުވަސް ކުރިން، ނުވަތަ ދެ ހަފުތާ އަދި ހަފުތާ ތަކެއް ކުރިން ސިޓީ އަށް އޮތް ޕްރެޝަރު މިއަދު ވެސް އެބަ އޮތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2026 | ބުދަ 05:27
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގު ރޭހުގައި މެންޗެސްޓަރ ސިޓީ އަށް ވަރަށް ބޮޑު ޕްރެޝަރެއް އޮތް ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނެފައި ވަނީ، ލީގުގައި ސިޓީ އިން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ލީގުގައި ސިޓީ އާއި އާސެނަލްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ޕެލަސް މެޗުން މޮޅުވުމަކީ ސިޓީ އަށް ކޮންމެހެން މަޖުބޫރުވެފައިވާ ކަމެކެވެ.

ގާޑިއޯލާ ބުނީ، ސިޓީ އަށް ޕްރެޝަރު އެބަ އޮތް ކަމަށާއި އެކަމަށް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން ގާޑިއޯލާ ބުނީ މީގެ އެއް ދުވަސް ކުރިން، ނުވަތަ ދެ ދުވަސް ކުރިން، ނުވަތަ ދެ ހަފުތާ އަދި ހަފުތާ ތަކެއް ކުރިން ސިޓީ އަށް އޮތް ޕްރެޝަރު މިއަދު ވެސް އެބަ އޮތް ކަމަށެވެ. އެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އެއްވެސް ކަމެއް ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ، ކުރަން އޮތް މަސައްކަތަށް ފޯކަސް ކޮށްގެން، ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެއާ އެކު އޭނާ ބުނީ، މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އަށް އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވޭ ކަމަށެވެ. ސިޓީ އިން އަދި ވެސް ދަނީ "ފައިޓް" ކުރަމުން ކަމަށާއި، ޕެލަސް މެޗު އިންތިހާ އަށް މުހިންމު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. 

ޕެލަސްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެ ޓީމަކީ އަބަދު ވެސް އުނދަގޫ ޓީމެއް ކަމަށެވެ. މިހާރު ވަކިން ޕެލަސް އަކީ އުނދަގޫ ޓީމަކަށް ވާނެ ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުމުގައި ގިނަ ކަންތައްތަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ގާޑިއޯލާ ބުންޏެވެ. ނަމަވެސް ސިޓީ އިން މަސައްކަތް ކުރާނީ އެ ޓީމުގެ ފެންވަރުގައި ކަމަށާއި، ސިޓީ އިން ބޭނުން ވަނީ މެޗުން މޮޅުވުން ކަަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ލީގު ތާވަލްގައި ސިޓީ އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 35 މެޗުން 74 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އާސެނަލް އަށް ލިބެނީ 79 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށް އާސެނަލްއާ ދެެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ އެވެ. 

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ

18 އޯގަސްޓު 2026
ސިޓީ އިން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މަރެސްކާ އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި
17 އޯގަސްޓު 2026

ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
ސިޓީ ބަލިކޮށް، އާސެނަލް އިން ކޮމިއުނިޓީ ޝީލްޑު ކާމިޔާބުކޮށްފި
10 އޯގަސްޓު 2026

ގާޑިއޯލާ އިޓަލީއާ ހަވާލު ނުވީ، އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ: މަލްޑިނީ

10 އޯގަސްޓު 2026
ގާޑިއޯލާ އިޓަލީއާ ހަވާލު ނުވީ، އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ: މަލްޑިނީ
08 އޯގަސްޓު 2026

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި

08 އޯގަސްޓު 2026
ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި
25 ޖުލައި 2026

ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ

25 ޖުލައި 2026
ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ބުރަކަށީގެ އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު
07 ޖޫން 2026

ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ

07 ޖޫން 2026
ބާސެލޯނާ އިން ފުރުސަތު އެބަ އޮތް، ގޮތް ނިންމާނީ އެންމެ ރަނގަޅު ކުލަބެއް ބެލުމަށް ފަހު: ސިލްވާ
02 ޖޫން 2026

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި

02 ޖޫން 2026
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން މިލްނާ އިއުލާން ކޮށްފި
26 މެއި 2026

10 އަހަރަށް ފަހު ގާޑިއޯލާ ސިޓީއާ ދުރަށް، އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް!

26 މެއި 2026
10 އަހަރަށް ފަހު ގާޑިއޯލާ ސިޓީއާ ދުރަށް، އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް