Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: ގާޑިއޯލާ

އެވަޓަން މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އަބަދު ވެސް މެޗަކުން ބަލިވުމަށް ވުރެ، އެއްވަރުވުމަކީ ވެސް ރަނގަޅެއް ކަމަށް. ނަމަވެސް، ސިޓީ އިން އެވަޓަންއާ ދެކޮޅަށް ނިކުތީ މޮޅުވާން އަޒުމު ކަނޑައަޅައިގެން ކަމަށާއި، އަބަދު ވެސް ސިޓީގެ ވިސްނުމުގައި އޮންނާނީ މެޗު ތަކުން މޮޅުވުން ކަމަށް ގާޑިއޯލާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2026 | ބުދަ 05:17
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ. | ރޮއިޓާސް

މެޗަކުން ބަލިވުމަށް ވުރެ، އެ މެޗެއް އެއްވަރުވެގެން ނިމުމަކީ ރަނގަޅު ކަމެއް ކަމަށާއި، އެންމެ ފަހު ވަގުތާ ޖެހެންދެން މެންޗެސްޓަރ ސިޓީ އިން މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. 

ގާޑިއޯލާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ، އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށް، ފައިދާ ނެގުމުގެ ފުރުސަތު ސިޓީ އަށް އޮތެވެ. ނަމަވެސް މެޗު އެއްވަރުވުމުން، މިވަގުތު ފައިދާ އޮތީ އާސެނަލް އަށެވެ.

އެވަޓަން މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އަބަދު ވެސް މެޗަކުން ބަލިވުމަށް ވުރެ، އެއްވަރުވުމަކީ ވެސް ރަނގަޅެއް ކަމަށެވެ. ނަމަވެސް، ސިޓީ އިން އެވަޓަންއާ ދެކޮޅަށް ނިކުތީ މޮޅުވާން އަޒުމު ކަނޑައަޅައިގެން ކަމަށާއި، އަބަދު ވެސް ސިޓީގެ ވިސްނުމުގައި އޮންނާނީ މެޗު ތަކުން މޮޅުވުން ކަމަށް ގާޑިއޯލާ ބުންޏެވެ. އެވަޓަންއާ ދެކޮޅަށް ސިޓީ އިން ދައްކައި ދިނީ އެ ޓީމުގެ ފެންވަރު ކަމަށާއި، ސިޓީ އިން އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރު ކުރި ކަމަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ، ސިޓީ އިން ލަނޑު ޖަހަން ވަރަށް ގިނަ ފުރުސަތު ތަކެއް ހޯދި ކަމަށާއި، އެވަޓަން އަށް ވުރެ ރަނގަޅަށް ސިޓީ އަށް ކުޅެވުނު ކަމަށެވެ. އެވަޓަން މެޗަކީ ރަނގަޅެއް ގޮތުގައި ސިޓީ އިން ދެކޭނެ ކަމަށާއި، އެ މެޗުން ފިލާވަޅު ތަކެއް ހޯދާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެއާ އެކު ގާޑިއޯލާ ބުނީ، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ސިޓީ އިން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށާއި، ހިތްވަރު ދޫކޮށް ނުލާނެ ކަމަށެވެ. 

އެވަޓަންއާ އެއްވަރުވެ، ލީގުގެ ތާވަލްގެ ދެ ވަނައިގައި ސިޓީ އޮތީ 34 މެޗުން 71 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އާސެނަލް އެއް ވަަނައިގައި އޮތީ، 35 މެޗުން 76 ޕޮއިންޓާ އެކު އެވެ. މިހާރު ސިޓީ އިން މެޗުގެ އަދަދު ހަމަކުރާއިރު ވެސް، އާސެނަލް އަށް ދެ ޕޮއިންޓުގެ ލީޑެއް އޮންނާނެ އެވެ. ލީގުގައި ސިޓީ އަށް ބާކީ ހަތަރު މެޗު އޮތްއިރު، އާސެނަލް އަށް އޮތީ ތިން މެޗެވެ. 

ލީގުގައި ސިޓީ އަށް ދެން އޮތީ ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗާއި، ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗު އަދި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

05 މެއި 2026

އެވަޓަންއާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު

05 މެއި 2026
އެވަޓަންއާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު
06 އެޕްރީލު 2026

ސީޒަން ނިމުމާ އެކު ސިޓީ ދޫކޮށްލާނެކަން ސިލްވާ އެ ކުލަބަށް އަންގައިފި

06 އެޕްރީލު 2026
ސީޒަން ނިމުމާ އެކު ސިޓީ ދޫކޮށްލާނެކަން ސިލްވާ އެ ކުލަބަށް އަންގައިފި
05 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

05 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް
31 މާރިޗު 2026

އެއްބަސްވުން ހަމަވުމުން، ސިޓީ ދޫކޮށްލަން ސިލްވާ ވިސްނަނީ

31 މާރިޗު 2026
އެއްބަސްވުން ހަމަވުމުން، ސިޓީ ދޫކޮށްލަން ސިލްވާ ވިސްނަނީ
23 މާރިޗު 2026

އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

23 މާރިޗު 2026
އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި
22 މާރިޗު 2026

ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

22 މާރިޗު 2026
ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ
18 މާރިޗު 2026

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026
ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް
15 މާރިޗު 2026

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

15 މާރިޗު 2026
ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު
14 މާރިޗު 2026

ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

14 މާރިޗު 2026
ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް
12 މާރިޗު 2026

ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

12 މާރިޗު 2026
ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު