Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ

އެވަޓަންއާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު

މިހާރު ސިޓީ ދެ ވަނައިގައި އޮތީ 34 މެޗުން 71 ޕޮއިންޓާ އެކު. ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އާސެނަލް އެއް ވަަނައިގައި އޮތީ 76 ޕޮއިންޓާ އެކު. މިހާރު ސިޓީ އިން މެޗުގެ އަދަދު ހަމަކުރާއިރު ވެސް، އާސެނަލް އަށް ދެ ޕޮއިންޓުގެ ލީޑެއް އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2026 | އަންގާރަ 04:24
އެވަޓަން މެޗު އެއްވަރުވުމުން ސިޓީގެ ކުޅުންތެރިން މާޔޫސްވެފައި.

އެވަޓަން މެޗު އެއްވަރުވުމުން ސިޓީގެ ކުޅުންތެރިން މާޔޫސްވެފައި. | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ލީގު ތާވަލްގެ އެއް ވަަނައިގައި އޮތް އާސެނަލްއާ ދެެމެދު ފަރަގު ކުޑަ ކުރަން އޮތް ފުރުސަތު މެންޗެސްޓަރ ސިޓީ އިން ނަގާލައިފި އެވެ.

އެވަޓަންގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރު ވެގެންނެވެ. މެޗުގައި ސިޓީ އިން ލީޑު ހޯދާފައި ވަނިކޮށް، ފަހަތުން އަރައި އެވަޓަން އިން ލީޑު ވެސް ނެގި އެވެ. ނަމަވެސް، އިތުރު ދެ ލަނޑު ޖަހައިގެން ސިޓީ އިން ނަތީޖާ ހަމަހަމަ ކުރި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ ޖެރެމީ ޑޮކޫ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގެ 68 ވަނަ މިނެޓުގައި އެވަޓަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ތިއާނޯ ބެރީ އެވެ. އޭގެ ފަސް މިނެޓު ފަހުން  ޖޭކް އޯބްރަޔަން ވަނީ އެވަޓަންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިދީފަ އެވެ.

އެވަޓަން އިން ދެ ވަނަ ލަނޑެއް ޖެހުމަށް ފަހު، 81 ވަނަ މިނެޓުގައި ތިން ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ވެސް ކުރި އެވެ. އެ ލަނޑު އެވަޓަން އަށް ޖަހައިދިނީ ބެރީ އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އާލިން ހާލަންޑު ވަނީ ލަނޑު ޖަހައި ސިޓީ އަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޑޮކޫ ވަނީ ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. 

މެޗުން މޮޅުވެ އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮތެވެ. މިހާރު ސިޓީ ދެ ވަނައިގައި އޮތީ 34 މެޗުން 71 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އާސެނަލް އެއް ވަަނައިގައި އޮތީ 76 ޕޮއިންޓާ އެކު އެވެ. މިހާރު ސިޓީ އިން މެޗުގެ އަދަދު ހަމަކުރާއިރު ވެސް، އާސެނަލް އަށް ދެ ޕޮއިންޓުގެ ލީޑެއް އޮންނާނެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއެވަޓަންމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

04 މެއި 2026

ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

04 މެއި 2026
ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި
03 މެއި 2026

ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި

03 މެއި 2026
ފުލަމް އަތުން މޮޅުވެ، އާސެނަލް އިން ލީޑު ނަގައިފި
28 އެޕްރީލު 2026

ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި

28 އެޕްރީލު 2026
ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި
06 އެޕްރީލު 2026

ސީޒަން ނިމުމާ އެކު ސިޓީ ދޫކޮށްލާނެކަން ސިލްވާ އެ ކުލަބަށް އަންގައިފި

06 އެޕްރީލު 2026
ސީޒަން ނިމުމާ އެކު ސިޓީ ދޫކޮށްލާނެކަން ސިލްވާ އެ ކުލަބަށް އަންގައިފި
05 އެޕްރީލު 2026

ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް

05 އެޕްރީލު 2026
ލިވަޕޫލް ބަލިކޮށް ސިޓީ ސެމީ ފައިނަލް އަށް
31 މާރިޗު 2026

އެއްބަސްވުން ހަމަވުމުން، ސިޓީ ދޫކޮށްލަން ސިލްވާ ވިސްނަނީ

31 މާރިޗު 2026
އެއްބަސްވުން ހަމަވުމުން، ސިޓީ ދޫކޮށްލަން ސިލްވާ ވިސްނަނީ
23 މާރިޗު 2026

އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

23 މާރިޗު 2026
އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި
22 މާރިޗު 2026

ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

22 މާރިޗު 2026
ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ
22 މާރިޗު 2026

އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް

22 މާރިޗު 2026
އެވަޓަން އަތުން ޗެލްސީ އަށް ލަދުވެތި ބައްޔެއް
22 މާރިޗު 2026

ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން

22 މާރިޗު 2026
ބްރައިޓަން އަތުން ބަލިވެ، ލިވަޕޫލް އަށް ހާސްކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު