Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ލިބުނީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން، އެކަމަކު ޓީމާ މެދު ފަޚުރުވެރިވަން: އާޓެޓާ

އެތުލެޓިކޯ މެޗުގައި ލިބުނީ އާސެނަލް އެންމެ ބޭނުންވި ނަތީޖާ ނޫން ކަމަށާއި، އާސެނަލް ބޭނުންވީ އެ މެޗުން މޮޅުވާން ކަމަށް އާޓެޓާ ބުނި. މެޗު އެއްވަރުވި ނަަމަވެސް، އަދި ވެސް އާސެނަލްގެ އަމިއްލަ އަތް މަތީގައި ބާރު އޮތް ކަމަށް އާޓެޓާ ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އެޕްރީލު 2026 | ބުރާސްފަތި 07:00
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ، އެންމެ ބޭނުންވި ނަތީޖާ ނޫން ކަމަށާއި، އެހެން ނަމަވެސް އާސެނަލްގެ ކުޅުންތެރިންނާ މެދު ފަޚުރުވެރިވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. 

އާޓެޓާ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗު އެއްވަރު ވެގެން ނިމުނުއިރު، އާސެނަލް އިން ލީޑު ނަގާފައި ވަނިކޮށް އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައިގެންނެވެ.

އާޓެޓާ ބުނީ އެ މެޗަކީ ވަރަށް ފޯރި ގަދަ މެޗަކަށް ވެގެން ދިޔަ ކަމަށާއި، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް އަކީ ޚާއްސަ މެޗެއް ކަމަށެވެ. އާޓެޓާ ބުނީ އާސެނަލް އިން ރަނގަޅަށް ކުޅެ، ލަނޑު ޖަހައިގެން ލީޑު ނެގި ކަމަށެވެ. ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން އާސެނަލް އަށް ކޮންމެ ވރސް ވަރެއްގެ ދޫ ތަކެއް ދެެވުނު ކަމަށް އާޓެޓާ ފާހަގަ ކުރި އެވެ. 

މީގެ އިތުރުން އާޓެޓާ ބުނީ އާސެނަލްގެ ކުޅުންތެރިންނާ މެދު އޭނާ ފަޚުވެރިވާ ކަމަށެވެ. އާސެނަލް އިން ފާއިތުވި ކޮންމެ މެޗެއްގައި ވެސް ވަރަށް ގިނަ ޕްރެޝަރާ ކުރިމަތިލިކަން ފާހަގަކޮށް އޭނާ ބުނީ، މިއީ އާސެނަލް އަށް ސީޒަންގެ އެންމެ މުހިންމު ވަގުތު ކޮޅު ކަމަށެވެ. މިހާތަނަށް އާސެނަލްގެ ކުޅުންތެރިން ކުރި މަސައްކަތް އަދި ދެއްކި ހިތްވަރާ މެދު އިންތިހާ އަށް ހިތްހަމަ ޖެހޭކަން ފާހަގަކޮށް އާޓެޓާ ބުނީ، ބައެއް މޮޅެތި ޓީމުތައް މިހާ ހިސާބަށް ނާންނަ ކަމަށެވެ. 

އެތުލެޓިކޯ މެޗުގައި ލިބުނީ އާސެނަލް އެންމެ ބޭނުންވި ނަތީޖާ ނޫން ކަމަށާއި، އާސެނަލް ބޭނުންވީ އެ މެޗުން މޮޅުވާން ކަމަށް އާޓެޓާ ބުންޏެވެ. މެޗު އެއްވަރުވި ނަަމަވެސް، އަދި ވެސް އާސެނަލްގެ އަމިއްލަ އަތް މަތީގައި ބާރު އޮތް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އަމިއްލަ ދަނޑުގައި ދެ ވަނަ ލެގަށް ނިކުންނާނީ އަލުން ހިތްވަރުކޮށް، ނަތީޖާ ނެރެ، ފައިނަލް އަށް ދިޔުމުގެ އަޒުމުގައި ކަަމަށެވެ. އާޓެޓާ ބުނީ އާސެނަލް ހިތްވަރު ކުރާނެ ކަމަށާއި، ނަތީޖާ ނެރެން ހިތްވަރު ލާނެ ކަމަށެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގުން މޮޅުވެ، އާސެނަލް އަށް މުބާރާތުގެ ފައިނަލްގެ ފުރުސަތު ހޯދޭނެ އެވެ.

އާސެނަލްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

30 އެޕްރީލު 2026

ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ

30 އެޕްރީލު 2026
ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ
08 އެޕްރީލު 2026

ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

08 އެޕްރީލު 2026
ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި
05 އެޕްރީލު 2026

ސައުތެމްޓަން އަތް ދަށުގެ އާސެނަލް ކަޓައިފި

05 އެޕްރީލު 2026
ސައުތެމްޓަން އަތް ދަށުގެ އާސެނަލް ކަޓައިފި
24 މާރިޗު 2026

ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި

24 މާރިޗު 2026
ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި
23 މާރިޗު 2026

އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

23 މާރިޗު 2026
އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު