Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އާޓެޓާ ހުރީ ޔަޤީންކަމާ އެކު، އެދުނީ ސަޕޯޓަރުން ސާބިތުކަމާ އެކު ތިބުމަށް!

އާޓެޓާ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގަށް ފަހު، އާސެނަލްގެ ފުރިހަމަ ފޯކަސް އޮތީ ފުލަމް މެޗަށް ކަމަށް. އެގޮތުން އޭނާ ބުނީ، އާސެނަލް އޮތީ ވާދަވެރި ކުޅުމަކަށް ބޭނުންވެފައި ކަމަށާއި، އާސެނަލް އޮތީ މޮޅުވުމުގެ ރޫހުގައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 05:43
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ. | ރޮއިޓާސް

މި ސީޒަންގައި އާސެނަލް އިން ހާސިލު ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށާއި، ޓީމާ މެދު ޔަޤީންކަން އޮތް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ، ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

އާޓެޓާ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގަށް ފަހު، އާސެނަލްގެ ފުރިހަމަ ފޯކަސް އޮތީ ފުލަމް މެޗަށް ކަމަށެވެ. އެގޮތުން އޭނާ ބުނީ، އާސެނަލް އޮތީ ވާދަވެރި ކުޅުމަކަށް ބޭނުންވެފައި ކަމަށާއި، އާސެނަލް އޮތީ މޮޅުވުމުގެ ރޫހުގައި ކަމަށެވެ. ހަމަ އެއާ އެކު، އާސެނަލްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކެތްމެދުވެފައި ތިބި ކަމަށާއި، އެކަމަށް "ފެން ބޮވައިގެންފައި" ތިބި ކަމަށް ވެސް އާޓެޓާ ބުނެފައިވެ އެވެ.

މީގެ އިތުރުން އާޓެޓާ ވަނީ، އާސެނަލްގެ ސަޕޯޓަރުން ޓީމާ އެކު ދެމި ތިބުމަށް ވެސް އެދިފަ އެވެ. އޭނާ ބުނީ ސީޒަންގެ މިހާތަނަށް އައިއިރު، ސަޕޯޓަރުންގެ ފަރާތުން ފެނުނު ރޫހާއި، ހިތްވަރު އަދި ޓީމަށް ދިން ސަޕޯޓު ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ދިނުމަށް އެދޭ ކަމަށެވެ. ކުޅުންތެރިންނެކޭ އެއްވަރަށް، އާސެނަލްގެ ސަޕޯޓަރުން ވެސް ބޭނުން ވަނީ ކާމިޔާބު ކަމަށާއި، އެކަން ހާސިލު ކުރުމަށް ކުޅުންތެރިންނާއި ސަޕޯޓަރުން އެކުގައި ތިބެން ވާނެ ކަމަށް އާޓެޓާ ބުންޏެވެ.

ފުލަމްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ފުލަމްގެ ކޯޗު މާކޯ ސިލްވާ އަންނަނީ ވަރަށް ރަނގަޅު މަސައްކަތް ތަކެއް ކުރަމުން ކަމަށެވެ. އާޓެޓާގެ ނަޒަރުގައި ސިލްވާ އަކީ، މިވަގުތު ޕްރިމިއާ ލީގުގައި މަސައްކަތް ކުރަމުން އަންނަ ކޯޗުންގެ ތެރެއިން އެންމެ މޮޅު އެއް ކޯޗެވެ. ޚާއްސަކޮށް އޭނާގެ އިރުޝާދުގެ ދަށުން ފުލަމް ރާވާލާފައި އޮންނަ ގޮތާއި، އެ ޓީމުގެ ކުޅުމާއި، އަދި އިދިކޮޅު ޓީމުތަކަށް ކުރިމަތިވާ އުނދަގޫ ތަކަކީ އަބަދު ވެސް ފާހަގަވާ ކަމެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފުލަމްއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމު އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 34 މެޗުން 73 ޕޮއިންޓާ އެކު އެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، ދެ ވަނައިގައި ވާދަވެރި މެންޗެސްޓަރ ސިޓީ އަށް 70 ޕޮއިންޓު ލިބޭއިރު، ދެ ޓީމުގެ ދެ މެދުގައި ލީގުގެ ވާދަވެރިކަން ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.

އާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ލިބުނީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން، އެކަމަކު ޓީމާ މެދު ފަޚުރުވެރިވަން: އާޓެޓާ

ލިބުނީ އެންމެ ބޭނުންވި ނަތީޖާއެއް ނޫން، އެކަމަކު ޓީމާ މެދު ފަޚުރުވެރިވަން: އާޓެޓާ

30 އެޕްރީލު 2026
ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ

ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި އާސެނަލް އެއްވަރު ވެއްޖެ

30 އެޕްރީލު 2026
ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

08 އެޕްރީލު 2026
ސައުތެމްޓަން އަތް ދަށުގެ އާސެނަލް ކަޓައިފި

ސައުތެމްޓަން އަތް ދަށުގެ އާސެނަލް ކަޓައިފި

05 އެޕްރީލު 2026
ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި

ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި

24 މާރިޗު 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު