Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، މަޖިލީހަށް ބޭނުންވަނީ ސަރުކާރު ޒިންމާދާރުކުރުވައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ މެންބަރުން ކަމަށް. ޕީއެންސީގެ ޓިކެޓް ދިނުމުގައި އަމަލުކުރި ގޮތަށް ފާޑުވިދާޅުވަމުން، ސޯބެ ވަނީ އައްޑޫގެ ތަރައްގީއަށް އިސްކަންދީގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 10:00
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން ކަމަށާއި، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާބިޔާބު ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ސޯބެ ވިދާޅުވީ، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބު ކޮށްދީފި ކަމަށްވާނަމަ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް އަނެއްކާ ވެސް ސަރުކާރުގެ ޕާޓީ ޕީއެންސީގެ މެންބަރު އިންތިޚާބު ކޮށްފި ކަމަށްވާނަމަ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި އެއްވެސް އެއްޗެއް ވިދާޅުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭގޮތުން ވެސް ސުވާލު ނުކުރާނެ ކަމަށެވެ. 

މީގެ އިތުރުން ސޯބެ ވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވި ކުރީގެ މެންބަރު މުހައްމަދު ސިނާންގެ އަތުން ޓިކެޓް އަތުލުމަށް ފަހު، އެ ދާއިރާގެ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އަށް ޓިކެޓު ދޭން އެ ޕާޓީން ނިންމި ނިންމުމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. 

އޭނާ ވިދާޅުވީ މީހެއްގެ ހައްގެއް އަތުލުމަށްފަހު އެހެން މީހުންގެ ހައްގުތައް ހޯދައިދިނުދެވޭނެ ކަމަށެވެ. 

ދެން އެ ބުނަނީ މިހާރުވެސް ބުނަނީ މިނިސްޓަރުން ކައިރީގައި ވެސް އާދޭސްކުރަން ދާ ވާހަކަ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރެވޭ މީހާއަކީ އެއީކީ ކޮންމެހެން އާދޭސްކުރަން ދާން ޖެހޭ މީހެއް ނޫން. އަޅުގަނޑުގެ އިންތިޚާބު ވެއްޖެއްޔާމުން އަޅުގަނޑު ހަމަ އަޅުގަނޑުގެ އަޑު އިވޭނެ. އަޅުގަނޑު ވަކާލާތު ކުރާނެ. ދެން އަޅުގަނޑާ ވާދަކުރާ މީހާ، އެއީކީ އެނގިވަޑައިގަންނަވާނެ މިދިޔަ އިންތިޚާބުތަކުގައި ތިން ފަހަރަށް ތިން އިންތިޚާބެއްގައި ބަލިވެފައި ހުރީ. އަލަށް ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޮތީ ބަލިވެފައި. ކައުންސިލް އިންތިޚާބުގައި، މިދިޔަ ކައުންސިލް އިންތިޚާބުގައި ވާދަކޮށް ހަމަ ޕީއެންސީން ބަލިވެފައި އޮތީ. ދެން މިހާރު ދާދި އިހަށް ދުވަހު ޕީއެންސީން ބޭއްވި ޕްރައިމަރީ. ޕްރައިމަރީގަ ބަލިވީ ދެން ބޮޑުކޮށް. ވޯޓުލީ މީހުންގެ ހަމަ ޢަދުލުން ހަމަ ބޮޑުތަނުން ބަލިވެފައި އޮއްވާ އަނެހެން އަޅުގަނޑަށް މާނަ ކުރެވެނީ އަދި އަޅުގަނޑު އަޑު އަހަނީވެސް ރަށުގެ ގިނަ ބަޔަކު އެ ވާހަކަ ދައްކާ އަޑު. މި ސިނާން އަށް ހަމަ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ވަރަށް ވަރަށް ވަރުގަދަ އަށް މަސައްކަތް ކޮށްގެން އޭނަ އިންތިޚާބު ޕްރައިމަރީ ކާމިޔާބުކޮށް ޓިކެޓް ލިބުނީމަ ޓިކެޓް ފޭރިގަތީއޭ. ދެން މީހެއްގެ ހައްގެއް ހޯދާފަ ފޭރިގެންފަ އިން މީހަކު ދެން އެހެން މީހުންގެ ހައްގެއް ހޯދާދިނުމަށް ވަކާލާތު ކުރާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.
އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) 

އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަން ފާހަގަކުރައްވައި ސޯބެ ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށާއި، ސަރުކާރަށް އެއްބާރުލުން ދޭނެ ކަަމަށެވެ. 

މި ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރައްޏެއް އޮވެ، އެ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން އޭނާ ގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. 

ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

އަބްދުﷲ ސާދިގުހިތަދޫ އުތުރުއެމްޑީޕީޕީއެންސީމުޙައްމަދު ސިނާންއައްްޑޫ ސިޓީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

18 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

ތިނަދޫ ސިޓީ ފިޔަވައި، 4 ސިޓީ އަށް ވެސް ޑެޕިއުޓީ މޭޔަރުން އިންތިޚާބު ކޮށްފި!

17 މެއި 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު