Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭއެސްސީ

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

ޖޭއެސްސީގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވީ، އޭނާއާ ގުޅޭ ސުލޫކީ މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދަނިކޮށް. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ މައްސަލައެއް ވަކި ގޮތަކަށް ނިންމުމަށާއި އިންތިޚާބެއްގައި ވަކި ބަޔަކަށް ވޯޓު ދިނުމަށް ބާރުއެޅި ކަމަށް ބުނާ އޯޑިއޯއެއްގެ މައްސަލަ. ޔަޒްމީދަކީ މީގެ ކުރިން އޭސީސީގެ މެންބަރުކަން ކުރައްވާފައިވާ، ނަމަވެސް ޝަރުއީ ދާއިރާގެ ތަޖުރިބާ ނެތް ބޭފުޅެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 18 މެއި 2026 | ހޯމަ 18:11
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރަކަށް ޔަޒްމީދު މުހައްމަދު އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - 23 ފެބްރުއަރީ 2025

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރަކަށް ޔަޒްމީދު މުހައްމަދު އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - 23 ފެބްރުއަރީ 2025 | ރައީސް އޮފީސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އައްޔަންކުރައްވާފައިވާ މެންބަރެވެ.

Advertisement - newsAdvertisement

ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޔަޒްމީދުގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލައެއް ޖޭއެސްސީން އައީ ބަލަމުންނެވެ. އެ މައްސަލައަކީ ވަކި ގޮތަކަށް ޖިނާއީ މައްސަލައެއް ނިންމުމަށާއި، ކައުންސިލް އިންތިހާބުގައި ވަކި ގޮތަކަށް ވޯޓު ދިނުމަށް އޭނާ އިރުޝާދުދޭ ކަމަށް ބުނާ އޯޑިއޯއަކާ ގުޅިގެން ބަލަން ފެށި މައްސަލައެކެވެ.

މި ފަހުން ސޯޝަލް މީޑިއާގައި ލީކުވެފައިވާ އެ އޯޑިއޯގައި، ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދޭ އަޑާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބަޔަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހަމައަށް މައްސަލަ ނުގޮސް ސަލާމަތްވެވިދާނެ ކަމަށް ބުނާ އަޑު އިވެ އެވެ. ޔަޒްމީދު އިސްތިއުފާ ދެއްވީ މި މައްސަލައިން ސަލާމަތްވުމަށް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމަށް އިންތިހާބުކުރީ 23 އޮކްޓޫބަރު 2024 ގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔަޒްމީދު އެ ކޮމިޝަނަށް ފުރަތަމަ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ކުރިން އެ މަގާމުގައި ހުންނެވި ތަޖުރިބާކާރު ވަކީލު މުހައްމަދު ސަމީރު ވަކިކުރެއްވުމަށް ފަހުގައެވެ.

ޔަޒްމީދަކީ މީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުކަން ވެސް ކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޔަޒްމީދަކީ ޝަރުއީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ.

ރައީސްގެ މެންބަރުގެ ގޮތުގައި ޔަޒްމީދު ޖޭއެސްސީއަށް އައްޔަންކުރެއްވި ދަނޑިވަޅަކީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދިޔަ ދަނޑިވަޅެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންޔަޒްމީދު މުހައްމަދުޕީޕީއެމް/ޕީއެންސީއެންޓި ކޮރަޕްޝަން ކޮމިޝަންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

18 މެއި 2026

އީޝާއަށް ދައުވާކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ޕީޖީ

18 މެއި 2026
އީޝާއަށް ދައުވާކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ޕީޖީ
18 މެއި 2026

ވަކި ސަބަބެއް ނާާންގާ ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފި

18 މެއި 2026
ވަކި ސަބަބެއް ނާާންގާ ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފި
17 މެއި 2026

އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟

17 މެއި 2026
 އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟
16 މެއި 2026

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

16 މެއި 2026
ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން
16 މެއި 2026

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟

16 މެއި 2026
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު: މިއީ އަންނަ ރުޅިއަކުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ދައްކާ ވާހަކައެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު