Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން މިނިސްޓްރީ

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

ރައީސް މުއިއްޒު، ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގައި އުޅޭ ދިވެހީންނަށް ފުލުހުން މެދުވެރިކޮށް ބިރުދެއްކި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައި. މިކަމާ ގުޅިގެން ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ބުނީ، ރައީސް ބައިވެރިވެވަޑައިގެންނެވި ރިސެޕްޝަނަށް އެއްވެސް ފަރާތަކުން ދިއުން ހުއްޓުވުމަށް ލަންކާގެ އެއްވެސް އިދާރާއެއްގައި އެދިފައިނުވާ ކަމަށް. ނަމަވެސް، ބައެއް ދިވެހީންގެ ބަޔާން ފުލުހުން ނަގާފައިވާ ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 21 މެއި 2026 | ބުރާސްފަތި 07:38
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސްރީ ލަންކާ އަށް ވަޑައިގެންނެވުމުގެ ތެރެއިން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ސްރީ ލަންކާ އަށް ވަޑައިގެންނެވުމުގެ ތެރެއިން. | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ސަރުކާރަށް ފާޑުކިޔާ ދިވެހީންނަށް ލަންކާ ފުލުހުން މެދުވެރިކޮށް ބިރު ދައްކާފައިވާ ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު ލަންކާ ފުލުހުންނާއި، އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައި-ކޮމިޝަން މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. 

މި މައްސަލައާ ގުޅިގެން އަމިއްލަ ފަރާތަކުން ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި ބުނެފައިވަނީ، ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ލަންކާގައި ހުންނަ ރާއްޖޭގެ ހައި-ކޮމިޝަނުން މައުލޫމާތު ސާފު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހައި-ކޮމިޝަނުން މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގައި ރައީސް ބައިވެރިވެވަޑައިގެންނެވި ރިސެޕްޝަނަށް އެއްވެސް ފަރާތަކުން ދިޔުމަށް ހުރަސް އެޅުމަށް ނުވަތަ އެފަދަ އެއްވެސް ކަމަކަށް ހައި-ކޮމިޝަނުގެ ފަރާތުން ލަންކާގެ ޕޮލިސްގައި ނުވަތަ އެހެން އިދާރާއެއްގައި ވެސް އެދިފައިނުވާ ކަމަށް ބުނެފައިވެ އެވެ. 

ފޮރިން މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި އާމިނަތު ރަނާ ހުސެއިން ޝިހާމް ސޮއި ކުރައްވައި ފޮނުވާފައިވާ ޖަވާބުގައި އިތުރަށް ބުނީ، ހުށަހަޅާފައިވާ މައްސަލައިގައި ލަންކާގައި ރައީސް ބައިވެރިވެވަޑައިގެންނެވި ރިސެޕްޝަނަށް ނުދިއުމަށް ލަންކާ ފުލުހުން މަޖުބޫރުކޮށް ބަޔާން ނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާތީ އެކަމާގުޅޭ މައުލޫމާތު ލަންކާގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދައުވަތަކަށް، ރައީސް މުއިއްޒު އެގައުމަށް މިމަހުގެ 3ން 6 ށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވި އެވެ. މިދަތުރުފުޅުގައި ދިވެހިންނާއި ބައްދަލުކުރާ ދުވަހު އާންމުންގެ ހުރި ކަންބޮޑުވުންތަކާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފާނެ ކަމަށް ބެލެވޭ ދިވެހީން ރައީސްގެ ބައްދަލުވުމަށް ނުދިއުމަށް އަންގާ ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހީން ދިރިއުޅޭ ތަންތަނަށް ލަންކާގެ ފުލުހުން ފޮނުވައިގެން ބިރު ދެއްކި ކަމަށް ބުނާ މައްސަލަ ފެންމަތިވެގެން ދިޔަ އެވެ. އަދި މިމައްސަލަ ސަރުކާރުން ބަލާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) 7 މެއި 2026 ގައި ވިދާޅުވެފައިވެ އެވެ. 

މުންދު ވިދާޅުވީ، ސަރުކާރުން ނުވަތަ ރައީސް އަންގަވައިގެން ވަކި ބަޔަކު ރައީސްގެ ބައްދަލުވުމަށް އައުމަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

ސްރީލަންކާފޮރިން މިނިސްޓްރީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

18 މެއި 2026

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
18 މެއި 2026

އީޝާއަށް ދައުވާކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ޕީޖީ

18 މެއި 2026
އީޝާއަށް ދައުވާކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ޕީޖީ
18 މެއި 2026

ވަކި ސަބަބެއް ނާާންގާ ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފި

18 މެއި 2026
ވަކި ސަބަބެއް ނާާންގާ ރައީސް މުޢިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކޮށްފި
17 މެއި 2026

އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟

17 މެއި 2026
 އެކަށީގެންވާ ތަމްރީނެއް، ވަސީލަތެއް ނެތި ސިފައިން "ރިސްކަކަށް" ހުށަހެޅުން: ރައީސް ޒިންމާ ނަންގަވަން ނުޖެހޭނެތޯ؟
16 މެއި 2026

ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން

16 މެއި 2026
ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ: ކުރީގެ ތިން ރައީސުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު