Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ އިތުބާރު

ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

މި އަހަރު ނިމުމުގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން، އެ ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވިދާޅުވެފައި. އަބްދުއްރަޙީމްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން މައްސަލައެއް ހުށަހަޅައިފިނަމަ ވޯޓަށް އެހުން ނޫން ގޮތެއް ގާނޫނުއަސާސީގެ ދަށުން ނޯންނާނެ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މެއި 2026 | އާދީއްތަ 08:23
ކުރީގެ ރައީސް މުހައްމަދު ނަޝީދު "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ | އެމްޑީޕީ

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމަށް ފާސް ކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެފައިވާތީ އެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

މި އަހަރު ނިމުމުގެ ކުރިން މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކޮށްގެން ވެރިކަން ބަދަލުކުރާނެ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.  އެގޮތުން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް މި އަހަރު ތެރޭ ވައްދާނެ ކަމަށާއި، އަދި، އެ މައްސަލަ ވައްދާނީ ޕީއެންސީ މެމްބަރުންގެ ވެސް ސޮޔާ އެކުކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އެ ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެ އަބްދުއްރަޙީމް ވަނީ ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރައްވާނެ މެންބަރެއް މަޖިލީހަށް ބޭނުންވެސް ނުވާކަމަށް ވިދާޅުވެފައެވެ.

ޕީއެންސީގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެންގެވޭނެ ކަމަށާއި، އެ ފުރުސަތުވެސް ނުދެއްވާނެކަމަށެވެ. އަދި ނަނާ ހުވަފެން ނުދެކުމަށް އަބްދުއްރަޙީމް ވަނީ ގޮވާލައްވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ،  މަޖިލީހުގެ ތިންބައިކުޅައެއްބައި މެންބަރުން ހުށަހެޅުމުން ވޯޓަށް އެހުން ނޫން ގޮތެއް ނޯންނާނެ ކަމަށާއި، އެއީ ރާއްޖޭގެ ގާނޫނުއަސާސީގެ އެންމެ ބޮޑު ހަމަ ކަމަށެވެ.

 

ޑރ. މުޙައްމަދު މުޢިއްޒުއަބްދުއްރަހީމް އަބްދުﷲކުރީގެ ރައީސް މުހައްމަދު ނަޝީދު20 ވަނަ ރައްޔިތުންގެ މަޖިލީސްޕީއެންސީޤާނޫނުއަސާސީ

އިތުރަށް ކިޔާލަން

23 މެއި 2026

ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު

23 މެއި 2026
ސިފައިންގެ ޑައިވަރުންގެ ކެޕޭސިޓީއާ އިކުއިޕްމަންޓު ނެތްކަން ސިފައިން ރައީސް އަރިހުގައި ވިދާޅެއް ނުވޭ، ވިދާޅުވި ނަމަ ފެސިލިޓޭޓް ކޮށްދޭނަން: މުންދު
22 މެއި 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި

22 މެއި 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި
22 މެއި 2026

އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ

22 މެއި 2026
އެމްޑީޕީ މިއަދު ހޭލައިފި، ޕާޓީގެ ވިސްނުން ބަދަލުވާތަން ފެނޭ: މާރިޔާ
21 މެއި 2026

ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު

21 މެއި 2026
ރައީސް މުއިއްޒު އަކީ ބޭވަފާތެރި އެއް، ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނާނެ ކަމެއް ނޫން: ނަޝީދު
21 މެއި 2026

މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި: ފައްޔާޒް

21 މެއި 2026
މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު