Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޙާލު ދެރަވެގެން ހޮސްޕިޓަލް އަށް ގެންދިޔަ ފާގަސަން މިހާރު ރަނގަޅު ކަމަށް ބުނެފި

ޕްރެސް އެސޯސިއޭޝަން އަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައި ވަނީ، އުމުރުން 84 އަަހަރުގެ ފާގަސަންގެ ޙާލު މިހާރު ރަނގަޅު ކަމަށް. އަދި ޑޮކްޓަރުން ވެސް ފާގަސަން ބަލާފައި ކަމަށާއި، މާ ބޮޑު މައްސަލައެއް ފާހަގަވާން ނެތް ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2026 | އަންގާރަ 04:19
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން.

މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން. | ރޮއިޓާސް

މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ ޙާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓު ކުރި ނަމަވެސް، މިހާރު އޭނާގެ ޙާލު ރަނގަޅު ކަމަށް މީީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.

ފާގަސަންގެ ޙާލު ދެރަވެފައި ވަނީ، އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި މެޗު ފެށުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ބަަލަން ފާގަސަން ހުއްޓައި، އޭނާގެ ޙާލު ދެރަވުމުން ވަގުތުން ވަނީ ހޮސްޕިޓަލް އަށް ގެންގޮސްފަ އެވެ. 

ޕްރެސް އެސޯސިއޭޝަން އަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައި ވަނީ، އުމުރުން 84 އަަހަރުގެ ފާގަސަންގެ ޙާލު މިހާރު ރަނގަޅު ކަމަށެވެ. އަދި ޑޮކްޓަރުން ވެސް ފާގަސަން ބަލާފައި ކަމަށާއި، މާ ބޮޑު މައްސަލައެއް ފާހަގަވާން ނެތް ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ފާގަސަންގެ ޙާލު ދެރަވެފައި ވަނީ، ޔުނައިޓެޑުގެ ދަނޑުގައި މެހެމާނުންނާ ބައްދަލު ކުރަމުން ގެންދަނިކޮށެވެ. ދަނޑުގައި ތިބި ބައެއް ސަޕޯޓަރުން އަދި މެޗު ބަލަން އައިސް ތިބި ފަރާތްތަކާ ފާގަސަން ވާހަކަ ދައްކާ މަންޒަރު ފެންނަ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. ފާގަސަން އަކީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އާއި، ރަށުން ބޭރުގައި ކުޅޭ ގިނަ މެޗު ތަކެއް ބަލަންދާ، އެ ޓީމުގެ ލެޖެންޑެކެވެ. 

މީގެ އިތުރުން ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ ޙާލު ދެރަވުމާ އެކު، އެންމެ ފުރަތަމަ ފާގަސަން އަށް ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައި ވަނީ ދަނޑުގައި ހުންނަ ރޫމެއްގަ އެވެ. ނަމަވެސް، އިތުރު ފަރުވާ އަށް އޭގެ ފަހުން ފާގަސަން ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. 

ޔުނައިޓެޑުގެ ކޯޗު މައިކަލް ކެރިކް ބުނެފައި ވަނީ، މެޗު ފެށުމުގެ ކުރިން އޭނާ އަށް ޚަބަރު ލިބުނު ކަމަށާއި، އެކަމާ ވަރަށް ދެރަވި ކަމަށެވެ. ކެރިކް އަކީ ޔުނައިޓެޑަށް ފާގަސަން އިރުޝާދު ދިންއިރު، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ކުޅުންތެރިޔެކެވެ. ކެރިކް ބުނީ ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވެފައިވާއިރު، އެކަމުގެ ސަބަބުން ފާގަސަން އަށް އުފާވެރިކަން ލިބޭޏެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފާގަސަން އަކީ ޔުނައިޓެޑުގެ ކުޅުންތެރިންނާއި، ސަޕޯޓަރުންގެ މެދުގައި ވަރަށް ބޮޑު އިޙްތިރާާމް އަކާއި، ޤަދަރެއް އޮންނަ ލެޖެންޑެކެވެ. އޭނާ އަކީ ޔުނައިޓުޑުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ކޯޗެވެ.

މެންޗެސްޓަރ ޔުނައިޓެޑްއެލެކްސް ފާގަސަން

އިތުރަށް ކިޔާލަން

04 މެއި 2026

ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

04 މެއި 2026
ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި
28 އެޕްރީލު 2026

ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި

28 އެޕްރީލު 2026
ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި
31 މާރިޗު 2026

ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމައިފި

31 މާރިޗު 2026
ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމައިފި
29 މާރިޗު 2026

ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

29 މާރިޗު 2026
ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ
21 މާރިޗު 2026

ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

21 މާރިޗު 2026
ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު