Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑުން ގަދަ ޓީމު ތަކެއް ބަލިކޮށްފި، މިހުރީ ވަރަށް އުންމީދުގައި: ކެރިކް

ލިވަޕޫލް މެޗަށް ފަހު ވާހަަކަ ދައްކަމުން ކެރިކް ބުނެފައި ވަނީ، ޔުނައިޓެޑަށް މިއީ ވަރަށް ރަނގަޅު ވާދައެއް ކަމަށް. ޔުނައިޓެޑުން ވަރަށް ވަރުގަދަ ޓީމު ތަކެއް ބަލިކޮށްފައިވާ ކަމަށާއި، އެއީ ވަރަށް ޗެެލެންޖިން ކަމެއް ކަމަށް ވެސް ކެރިކް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2026 | އަންގާރަ 04:23
މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ މައިކަލް ކެރިކް.

މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ މައިކަލް ކެރިކް. | ރޮއިޓާސް

މެންޗެސްޓަރ ޔުނައިޓެޑުން އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު، ފާއިތުވި މެޗު ތަކުގައި ޔުނައިޓެޑުން ވަނީ ވަރުގަދަ ޓީމު ތަކެއް ބަލިކޮށްފައި ކަމަށާއި، ޓީމާ މެދު އުންމީދެއްގައި ހުރި ކަމަށް ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ މައިކަލް ކެރިކް ބުނެފި އެވެ. 

ޔުނައިޓެޑުގެ ކޯޗުކަމާ ކެރިކް ހަވާލުވެފައި ވަނީ އެ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ސީޒަންގެ ނިޔަަލަށް އޭނާ ޔުނައިޓެޑާ ހަވާލުވީ، އެ ޓީމުގެ ނަތީޖާ ރަނގަޅު ކުރުމަށެވެ. ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ލީގު ތާވަލްގެ އެއް ވަނައިގައި އޮތް އާސެނަލް އާއި ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ވެސް ބަލިކޮށްފަ އެވެ. މީގެ އިތުރުން އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ އެސްޓަން ވިލާ އާއި ޗެލްސީ ވެސް ބަލިކޮށްފަ އެވެ.

ލިވަޕޫލް މެޗަށް ފަހު ވާހަަކަ ދައްކަމުން ކެރިކް ބުނެފައި ވަނީ، ޔުނައިޓެޑަށް މިއީ ވަރަށް ރަނގަޅު ވާދައެއް ކަމަށެވެ. ޔުނައިޓެޑުން ވަރަށް ވަރުގަދަ ޓީމު ތަކެއް ބަލިކޮށްފައިވާ ކަމަށާއި، އެއީ ވަރަށް ޗެެލެންޖިން ކަމެއް ކަމަށް ވެސް ކެރިކް ބުންޏެވެ. އެކަން ފާހަގަކޮށް ކެރިކް ބުނީ، ޔުނައިޓެޑަށް ކުރަން ޖެހުނީ ފަސޭހަ ދަތުރެއް ނޫން ކަމަށެވެ.

މީގެ އިތުރުން ކެރިކް ބުނީ، ޔުނައިޓެޑުގައި އޭނާ މަސައްކަތް ކުރަމުން އަންނަނީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި، ޔުނައިޓެޑަށް އިރުޝާދު ދޭން ވަރަށް ލޯބި ކުރާ ކަމަށެވެ. މިވަގުތު ވެސް އޭނާ އަށް ހުރެވުނީ ވަރަށް ރަނގަޅު ހިސާބެއްގައި ކަމަށާއި، އޭނާ އަށް ކުރެވެނީ އުފާވެރި އިހުސާސް ތަކެއް ކަމަށް ވެސް ކެރިކް ބުންޏެވެ. 

ލީގުގައި ބާކީ ތިން މެޗު އޮއްވާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުން ޔުނައިޓެޑަށް ޖާގަ ލިބިފައިވާއިރު، މިއީ ދެ ސީޒަންގެ މެދު ކެނޑުމަކަށް ފަހު ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބުނު ފުރަތަމަ ފަަހަރެވެ. ކެރިކް ދެކޭ ގޮތުގައި ބާކީ ތިން މެޗު އޮއްވާ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ލިބުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީ އެކެވެ. 

ލީގުގައި މިހާތަނަށް ކުޅެފައިވާ 35 މެޗުން 64 ޕޮއިންޓު ހޯދައިގެން ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. ލީގުގައި ދެން ޔުނައިޓެޑަށް އޮތީ ސަންޑަލޭންޑް އާއި، ނޮޓިންހަމް ފޮރެސްޓު އަދި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ.

މެންޗެސްޓަރ ޔުނައިޓެޑްމައިކަލް ކެރިކް

އިތުރަށް ކިޔާލަން

05 މެއި 2026

ޙާލު ދެރަވެގެން ހޮސްޕިޓަލް އަށް ގެންދިޔަ ފާގަސަން މިހާރު ރަނގަޅު ކަމަށް ބުނެފި

05 މެއި 2026
ޙާލު ދެރަވެގެން ހޮސްޕިޓަލް އަށް ގެންދިޔަ ފާގަސަން މިހާރު ރަނގަޅު ކަމަށް ބުނެފި
04 މެއި 2026

ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

04 މެއި 2026
ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި
28 އެޕްރީލު 2026

ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި

28 އެޕްރީލު 2026
ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި
31 މާރިޗު 2026

ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމައިފި

31 މާރިޗު 2026
ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމައިފި
29 މާރިޗު 2026

ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

29 މާރިޗު 2026
ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު