Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ވިޔަފާރިތަކަށް މާލީ ލުއިތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި. މި މައްސަލައިގައި ފަތުރުވެރިން އަންނަ މިންވަރު 21 އިންސައްތަ ދަށްވެފައިވާކަން ފާހަގަކޮށް، ކޮވިޑް-19 ގެ ހާލަތެކޭ އެއްފަދައިން ލޯނުތަކަށް މޮރަޓޯރިއަމް ދިނުމާއި، ޓެކުހާއި ކުލި ދެއްކުމުގައި ލުއިތަކެއް ދިނުމަށް ވަނީ ހުށަހަޅާފަ. އަދި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް އޭޑީބީގެ ތަފާސްހިސާބުތަކާ ހަވާލާދީ މި މައްސަލައިގައި ބަޔާންކޮށްފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 05:08
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރައްޔިތުންގެ މަޖިލިސް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށްޓަކައި ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުން ނިންމައިފި އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލަ ބޭރު ކޮށްލާފައިވަނީ 33 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ބަލައިގަނެ، ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. 

Advertisement - newsAdvertisement

އެ މައްސަލައިގައި ބުނީ ހަނގުރާމައިގެ ސަބަބުން އަސްކަރީ ނުރައްކަލަށް ވުރެ ބޮޑަށް ދިވެހިރާއްޖެ އަށް އޮތީ އިގްތިސާދީ ނުރައްކަލެއް ކަމަށެވެ. އަދި ޔޫރަޕާ، ދިވެހިރާއްޖެ ގުޅުވައިދޭ ދަތުރުފަތުރުގެ މަގުތަކަށް އެޅޭ ހުރަސްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ މައި އިންޖީނު ކަމުގައިވާ ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހި، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށް ވެސް މައްސަލައިގައި ފާހަގަ ކޮށްފައި ވެ އެވެ. 

މެންބަރު މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ބުނީ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު 7000، އިން 4000 އާއި 5000 އާ ދެމެދަށް ދަށްވެ ދުވާލަކު 2000 ބުކިން ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 21 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. 

ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން ރިސޯޓްތަކާ ގެސްޓްހައުސްތަކަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވެ، ފަތުރުވެރިކަމުގެ ސިނާއަތުގެ ޚިދުމަތްތަކާ ސަރވިސް ޗާޖާއެކު ލިބޭ އާމްދަނީ އަށް ނޭދެވޭ އަސަރު ކޮށް، މުވައްޒަފުންނަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް އެ މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

އޭގެ އިތުރުން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއެކު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2025 ވަނަ އަހަރު 5.4 އިންސައްތައިގައި އޮތުމަށްފަހު 2026 ގައި 1 އިންސައްތަ އަށް ދަށްވާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފައިވާ ކަމަށް ވެސް މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ. 

މި ހާލަތު މިގޮތަށް ދެމިގެންދާނަމަ އިގްތިސާދަށް ލިބިގެންދާނެ ދާއިމީ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ފަތުވެރިކަމަށް ބަރޯސާވާ ވިޔަފާރިތަކަށް ސަރުކާރުން ލުއިތަކެއް ދީ، ވަކިން ޚާއްސަކޮށް ދައުލަތުގެ ބާރު ހިނގާ ދާއިރާތަކުގައި ވިޔަފާރިތަކުގެ ކޭޝް ފްލޯ ނުވަތަ ފައިސާގެ ދައުރުވުމަށް އެހީތެރިވެދޭނެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް މެންބަރު ވިދާޅުވި އެވެ. 

މައްސަލައިގައި ބުނީ ކޮވިޑް-19 ގެ ހާލަތުގައި ސަރުކާރުން އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިން ފަދައިން މިހާރު ކުރިމަތިވެފައިވާ އިގްތިސާދޯ ހީނަރުކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ވަގުތު އައިސްފައިވާ ކަމަށެވެ. 

އެ މައްސަލައިގައި ވަނީ ސަރުކާރުން އެހީތެރުވުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިދާނެ ފިޔަވަޅުތައް ވެސް ފާހަގަ ކޮށްފަ އެވެ. 

- މުވައްޒަފުންނަށް މުސާރަ ދިނުމަށާ ވިޔަފާރި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވޯކިން ކެޕިޓަލް ލޯނު ސްކީމެއް ތަންފީޒު ކުރުން ނުވަތަ އިންކަމް ސަޕޯޓް އެލަވަންސް އެއް ތައާރަފު ކުރުން

- އިންޓްރަސްޓް ފްރީ މޮރަޓޯރިއަމް ލޯނު ފަދަ އުސޫލެއް ތަންފީޒުކޮށް ފަތުރުވެރިކަމުގެ ދާއިރާ އާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުގެ އަސްލު ފައިސާ ދެއްކުން 6 މަސް ދުވަހަށް މެދުކަނޑާލުމުގެ ފުރުސަތު ދިނުމަށްފަހު އިންޓްރަސްޓް ރޭޓްތައް މަޑުމަޑުން ތައާރަފްކޮށް، ދައުލަތުގެ ބަޖެޓަށް ނުކަތާވަރުގެ ބުރައަކަށް ނުވާނެހެން ވިޔަފާރިތަކުގެ މާލީ ބުރަ ކުޑަކުރުމަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުން

- ބޭންކް އޮފް މޯލްޑިވްސް ފަދަ މުއައްސަސާތައް މެދުވެރިކޮށް ލުއި ލޯނުތައް މިހާރަާށްވުރެ އަވަހަށް އަދި ފަސޭހައިން ލިބޭނެ އިންތިޒާމުކޮށް ލޯނު އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ދިނުމާއި އެއް އަހަރާ ދެ އަހަރާ ދެމެދުގެ ގްރޭސް ޕީރިއަޑެއް ކަނޑައެޅުން

- ޔުޓިލިޓީ ސަބްސިޑީތައް ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކޮށް، ކަރަންޓާ ތެލުގެ ޚަރަދުތަކަށް ލުޔެއް ދިނުން

- ރިސޯޓުތަކުގެ ކުއްޔާ އެއާޕޯޓް ޗާޖުތަކާއި ލައިސަންސް ފީ ފަދަ ޚަރަދުތައް ވަގުތީ ގޮތުން ކުޑަކުރުން

- ޓޫރިޒަމް ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ފަދަ މުހިއްމު ފައިސާ ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން

އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. 

މައުރޫފް ޒާކިރުފަތުރުވެރިކަންރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް

ފައިނޭންސްގެ ކަންކަމެއް ނޭނގެ، ރަސްމާލެ މަޝްރޫއު އެއީ ކުރަން ޖެހޭ ކަމެއް، ވީހާވެސް އަވަހަށް ހިއްކައި އާބާދު ކުރަން ޖެހޭ: މުއްތަލިބް

04 މެއި 2026
އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހެޅި ބިލު ބޭރު ކޮށްލައިފި

04 މެއި 2026
ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

04 މެއި 2026
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026
ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް ހިނގައްޖެ

ރާއްޖޭގެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް ހިނގައްޖެ

03 މެއި 2026

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު