Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުން ކަންކަން ފޮރުވުން

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. ދައުލަތުގެ މާލީ ހާލަތު ގޯސްވެ ބޭންކުތަކަށް ދަތިވެފައިވަނީ ބޭކާރު ސިޔާސީ ވަޒީފާތައް އިތުރުކުރުމުން ކަމަށާއި، މި ހަގީގަތްތައް އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި. އަދި ގައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށްވެސް ނަޝީދު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 17:41
އެމްޑީޕީ ހަރުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ. | ރާއްޖެ އެމްވީ

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދިވެހިރާއްޖެ އާއި ދިވެހީން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކަމެއް ކުރައްވާކަށް ނޫޅުއްވާ ކަމަށާއި، އުޅުއްވަނީ ކަންކަމުގައި މަތިޖަހައި ކަންކަން ފޮރުވަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާ އިރު، ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް މީގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލައި، ކަންކަމުގައި މަތިޖަހައި ފޮރުވަން ކަމަށެވެ. ގައުމުގެ މާލީ ހާލަތު ގޯސްވަމުންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅޭ ހަބަރުން ބޭންކަށް ދަތިތަކެއް ހުރިކަން ސާފުވާ ކަމަށެވެ. މީގެ ކުރިން ލޯނު ދޫކުރާ ތަނެއްގެ ގޮތުގައި އޮތް ބޭންކުން މިއަދު ލޯނު ނަގަން ޖެހުނީ، ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި ބޭންކުގައި ހުރި ރައްޔިތުންގެ ފައިސާ ސަރުކާރަށް ނެގުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. މީގެ ސަބަބުން އާންމުންގެ ބޭންކް ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޙަޤީޤަތުގައި އެ ލޯނު އަނބުރާ ދައްކަން ސަރުކާރުން ކުރަންވީ ކަމަކީ، ބޭކާރު ޚަރަދު ކުޑަކުރުން. އެހެނެއްނު ހެއްދެވީ. މަސްދޯނިފަހަރު މަހަށް ނުފުރޭ މިންވަރަށް ރާއްޖޭގެ ރަށްތަކުގައި ތިބި ޒުވާނުން ސަރުކާރުގެ ކަމެއްނެތް މަގާމުތަކަށް ވައްދައި، އެ މީހުން އެ ތަންތަނުގައި އިށީނދެގެން އެބަ ތިބޭ ދިހަބާރަ ހާސް ރުފިޔާ، ކަމެއްނުކޮށް ތިބެ، ރަށުގައި ތިބެ ލިބޭތީ. މީގެ ހިތާމައަކީ ދިހަބާރަ ހާސް ރުފިޔާ އެއީ، ޙަޤީޤަތުގައި މީހަކަށް ދިރިއުޅުމަށް މިއަދު ބޭނުންވާ މިންވަރަށްވުރެ މާކުޑަ ޢަދަދެއް. އެބަ އެނގޭ، ކުއްޔަށް ނުލާ ވެސް، ރަށެއްގައި އުޅޭއިރުގައި، އަމިއްލަ ގެދޮރުގައި އުޅޭއިރުގައި ވެސް، ވިއްސަކަށް ހާސް ރުފިޔާ މަހެއްގެ މައްޗަށް އެބަ ޖެހެންޖެހޭ. މަހަށް ދިޔައިމަ ޖެހޭ. ވިހި ތިރީސް ހާސް ރުފިޔާ މަހެއްގެ މައްޗަށް ޖެހޭ. އެހެންނަމަވެސް، މި ރަށުގެ ޠަބީޢަތު ބަދަލުކޮށްލުމަށްޓަކައި ސަރުކާރުން ވަޒީފާތައް ދީ، އެއީ މަސައްކަތް ނުކުރާ ބަޔަކު ދިރިއުޅޭ ތަނަކަށް ހެދުމަށް ސަރުކާރުން މިދަނީ ބުރަ މަސައްކަތެއް ކުރަމުން. އެ ބޭފުޅުންނަށް ލަފާ މިވަނީ، އެ ބޭފުޅުންނަށް އިންތިޚާބުތައް ކާމިޔާބުކުރެވެން އޮތީ ދިވެހިންނަށް އޮޅުވާލައިގެން ކަމަށް.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ސިޔާސީ މަސްރަހަށް އަލިއަޅުވާލައްވަމުން ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް މިހާރު އޮތީ 30 އިންސައްތައިގެ ތާއީދު ކަމަށާއި، އެކަން ފަހުގެ އިންތިޚާބުތަކުން ސާފުވެފައިވާ ކަމަށެވެ. ރިޝްވަތާއި ނާޖާއިޒު ފައިދާ ދީގެން އިންތިޚާބުތައް ކާމިޔާބު ކުރަން އުޅުނު ނަމަވެސް، ދިވެހި ރައްޔިތުން މިހާރު ތިބީ ހޭލާ ކަމަށާއި، ސަރުކާރާއެކު އަނދަވަޅަކަށް ވެއްޓެން ރައްޔިތުން ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ބޭނުންވަނީ ބޮޑު ބަދަލެއް ކަމަށެވެ. އެއީ ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން، މީހާގެ ވިސްނުމާއި، އަހުލާގާއި، ސުލޫކަށް ގެންނަންޖެހޭ ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިފަދަ ބޮޑު ބަދަލެއް ދިވެހި މުޖުތަމައަށް ތައާރަފުކޮށްދެވޭނެ ހަމައެކަނި މުއައްސަސާއަކީ އެމްޑީޕީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މެދު އިރުމަތިޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ނަޝީދުއެމްޑީޕީފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން: މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވަނީ ކެނޑިނޭޅި މަސައްކަތްކުރި އާއްމު މެންބަރުންގެ ވޯޓަކުން: މީކާއިލް

05 މެއި 2026
ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ

ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ

05 މެއި 2026
ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

05 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު ބަލައި، އެމީހުންނަށް ފާރަލައި ބިރުދައްކާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

05 މެއި 2026
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް: ވަހީދު

04 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު