Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ކަޕް

ކޭންގެ ހެޓްރިކާ އެކު މޮޅުވެ، ބަޔާން އިން ޖަރުމަނު ކަޕް ކާމިޔާބު ކޮށްފި

އެންމެ ފަހުން އެ ޓީމުން ޖަރުމަނު ކަޕް ކާމިޔާބު ކޮށްފައި ވަނީ 2019/2020 ވަނަ ސީޒަންގައި. އަނެއްކޮޅުން މިއީ ބަޔާން އިން ޖަރުމަނު ކަޕް ކާމިޔާބު ކުރި 21 ވަނަ ފަހަރު ކަމަށްވާއިރު، އެ ޓީމަކީ އެންމެ ގިނައިން މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 މެއި 2026 | އާދީއްތަ 05:46
ބަޔާން އިން ޖަރުމަނު ކަޕްގެ ތަށި އުފުލާާލަނީ.

ބަޔާން އިން ޖަރުމަނު ކަޕްގެ ތަށި އުފުލާާލަނީ. | ރޮއިޓާސް

ޖަރުމަނު ކަޕްގެ ފައިނަލްގައި ސްޓަޓްގާޓްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ބަޔާން އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި ބަޔާން އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ބަޔާން އިން ރަނގަޅަށް ކުޅުނު މެޗުގައި، އެ ޓީމަށް ވަނީ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ބަޔާން އަށް ލީޑު ނަގައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އެއީ މައިކަލް އޮލައިސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ކޭން ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ކޭން އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލުއިސް ޑިއާޒް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބަޔާން އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކޭން ވަނީ މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ.

މޮޅާ އެކު ބަޔާން އިން ވަނީ ހަ އަހަރު ފަހުން ޖަރުމަނު ކަޕްގެ ތަށި އުފުލާލައިފަ އެވެ. އެންމެ ފަހުން އެ ޓީމުން ޖަރުމަނު ކަޕް ކާމިޔާބު ކޮށްފައި ވަނީ 2019/2020 ވަނަ ސީޒަންގަ އެވެ. އަނެއްކޮޅުން މިއީ ބަޔާން އިން ޖަރުމަނު ކަޕް ކާމިޔާބު ކުރި 21 ވަނަ ފަހަރު ކަމަށްވާއިރު، އެ ޓީމަކީ އެންމެ ގިނައިން މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމެވެ.  

މި ސީޒަންގައި ބަޔާން އިން ވަނީ ޖަރުމަނު ލީގުގެ އިތުރުން ޖަރުމަނު ކަޕް ކާމިޔާބު ކޮށްފަ އެވެ.

ޖަރުމަން ކަޕްބަޔާން މިއުނިކްހެރީ ކޭން

އިތުރަށް ކިޔާލަން

07 މެއި 2026

ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް

07 މެއި 2026
ބަޔާންގެ މައްޗަށް ކުރި ހޯދައި، ތަށި ދިފާއު ކުރަން ޕީއެސްޖީ އިން ފައިނަލް އަށް
06 މެއި 2026

ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ

06 މެއި 2026
ޕީއެސްޖީ އިން މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ޓީމަކީ ބަޔާން: އެންރީކޭ
29 އެޕްރީލު 2026

ދެ ވަނަ ލެގުން މޮޅުވެ، ފައިނަލަށް ދާން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ކޮމްޕެނީ

29 އެޕްރީލު 2026
ދެ ވަނަ ލެގުން މޮޅުވެ، ފައިނަލަށް ދާން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ކޮމްޕެނީ
29 އެޕްރީލު 2026

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

29 އެޕްރީލު 2026
ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި
08 އެޕްރީލު 2026

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު